28 ސެޕްޓެމްބަރ 2019 - 16:02
އިންޑިއާގެ ސެލެބްރިޓީންނާ ބައްދަލުކުރައްވައި ފޮޓޯ ނެންގެވުމަކީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް އާ ކަމެއް ނޫނެވެ. ވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު ވެސް އޭނާ ވަނީ ބޮލީވުޑްގެ ގިނަ ތަރިންނާ އެކު ފޮޓޯ ނަންގަވައި ސޯޝަލް މީޑިއާ އަށް ދޫކޮށްލައްވައިފަ އެވެ.
ހިތްހަމަނުޖެހުނު ބަޔަކު ތިބި ނަމަވެސް އޭރު މާބޮޑު ފާޑުކިއުމެއް އަމާޒެއް ނުވެ އެވެ. އެކަމަކު ސެލެބްރިޓީންނާ އެކު މި ފަހުން މިނިސްޓަރު ފޭސްބުކާއި ޓުވިޓާގައި އާއްމު ކުރެއްވި ފޮޓޯތަކާ މެދު ނުރުހުންވެ ފާޑުކިއާފައިވެ އެވެ.
މިނިސްޓަރު ޒިންމާ އަދާނުކުރައްވައި ފެންނަނީ އަމިއްލަ ކަންކަމުގައި ބިޒީކޮށް އުޅުއްވާ މަންޒަރު ކަމަށް އެއް ބަޔަކު ބުނެފައިވެ އެވެ.
މަހުލޫފް ވިދާޅުވީ އިންޑިއާގެ ދަތުރަކީ އަމިއްލަ އަށް ހަރަދުކޮށްގެން ކުރެއްވި ދަތުރެއް ކަމަށާއި އެކަމަށް ކީ ފާޑުކިޔުންތަކުން ފެނުނީ ހަސަދަ އާއި ނަފުރަތު ކަމަށެވެ.
Yes, I like to meet & talk to great people including Leaders,Athletes & Artists.
— Ahmed Mahloof (@AhmedMahloof) September 28, 2019
They become great after so much sacrifice & hard work.Meeting & listening them is an opportunity to learn.
So as it’s me spending on my private trips, little worried to see the hatred and jealousy.
އޭނާ ވިދާޅުވީ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ލީޑަރުންނާއި އެތުލީޓުންނާއި އާޓިސްޓުންނާ ބައްދަލުކޮށް އެ މީހުންނާ ވާހަކަ ދެއްކުމަކީ އެ މީހުން އެ ހިސާބަށް ދާން ކުރި ބުރަ މަސައްކަތާއި ގުރުބާނީން އެއްޗެހިތަކެއް ދަސްވާން ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމަށެވެ.
Pls stop this. Don’t waste our tax money on these kind of shitty trips. We know you are still in-matured, running after reel heros. You are disturbing their privacy aswell. We all know they will give appointments when they hear there is a minister from maldives to meet them.
— hshaks (@hShauKatt) September 26, 2019
މަހުލޫފް މި ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރެއިން އެކްޓަރު އަމީތާބް ބައްޗަން އާއި ސުނިލް ޝެޓީ އާއި ކޮމެޑީ އެކްޓަރު ޖޯނީ ލީވާ އާއި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަޕިލް އާއި އެ ޝޯގެ ބައިވެރިއެއް ކަމަށްވާ ކޮމީޑީއަން/އެކްޓަރު ކުރުންޝާ އަބީޝެކާއި ޖޯނީގެ ދަރިފުޅު އަދި ކޮމީޑިއަން ޖެމީ ލީވާއާ ބައްދަލުކޮށް ފޮޓޯ ނަންގަވައި ޓްވީޓް ކުރައްވާފައިވެ އެވެ.
As a Maldivian I'm ashamed to see one of our Ministers cosying up to some Indian filmstars like a puppy and taking selfies with them. WE don't need Sunil Shetty or Amithab or Johnny Lever. This is beyond embarassing. @MJameelAhmed @AhmedMahloofhttps://t.co/QZtwaPQmeb
— Mohamed Bushree (@MohamedBushree2) September 28, 2019
އަމީތާބާ އެކު ނެންގެވި ފޮޓޯގެ ޓްވީޓްގައި މަހްލޫފް ވިދާޅުވީ އިންޑިއާގެ ރިއަލިޓީ ޝޯތައް ރާއްޖެ އަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ސުނިލް ޝެޓީއާ އެކު ނެންގެވި ފޮޓޯއާ އެކު ވިދާޅުވީ ރާއްޖޭގައި ސިއްހަތާއި ފިޓްނެސް ދާއިރާއަށް ސުނިލް އެހީ ހޯދިދާނެ ކަމަށެވެ.
Felt really good to meet a young and energetic minister @AhmedMahloof from the beautiful country #Maldives Thank you for visting #India 🇮🇳🙏😊 https://t.co/zxNWdGUMUI
— Kapil Sharma (@KapilSharmaK9) September 27, 2019
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިންޑިއާގެ އެކިއެކި ސެލެބްރިޓީންނާ ބައްދަލުކުރެއްވުމުގެ އިތުރުން އައިފާ އެވޯޑްގައި ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާން
30 September 2019
ރައީސް ޔާމީނަށް މަލާމަތްކުރި މީހެއް މި މަހުލޫފަކީ. އެމަނިކުފާނަށް މީނަ ގޮވިހާ އެއްޗެއް މީނަޔާ ލާއުގުޅިގެން ދާތަން މިފެންނަނީ. މީނަގެ ފޮނިކަމާ ބޮޑާކަން ވަރަށްވެސް މަތީ ހަރުފަތަށް އަރައިފި. ލަދުން ބޯހަލާކު ވާވަރުވެއްޖެ.
މުހައްމަދު25
30 September 2019
ހީކުރިކަހަލަ މީހެއްނޫ ތި މަހްލޫފުއަކީ، އެއައްވުރެ ބޮޑާ ކިބުރުވެރިމީހެއް މަގާމުލިބުނުފަހުން ،އަދީބް ބުރޯ އުޅޭހެން އިސްރާފްކުރުން ނޫކަމެއް ނުކުރޭ ...ވަބާއެއް މިއީ ، ޒުވާން ޖީލް ހަލާކުކުރާ...
ހޭޓް ސިޔާސީ
29 September 2019
ކަންދައްކަން ހުރިހާވެސް ކަމެއް މިކުރަނީ، ކޮބައިތޯ މިނިސްޓަރ މި އެންމެންނާ ބައްދަލަު ކުރުމުގެ ބޭނުމަކީ؟ އެކަން ހާމަ ކުރައްވާ. އެއީ ރައްޔިތުން އެދޭގޮތް. ކަންތައް ކުރާގޮތް ހާމަ ކުރެއްވުން. ތިބާ ކުރާ މަސައްކަތް ރަނގަޅުގޮތުގައި ކުރާނަމަ ރަނގަޅު. އެކަމަކު އަމިއްލަ އެދުން މާބޮޑުހެންހީވަނީ. މިނިސްޓަރަކަށްވެހުރެ ޒިންމާދާރުވާންވެސް އެބަޖެހޭ ދަސްކުރަން. ތިބާޔަށް ހެޔޮވިސްނުން ދެއްވާށި.
އަލިފުބާ
29 September 2019
މިނިސްޓަރަކަށް ނުވަތަ ކުރީގެ މެމްބަރަކަށް ނުވިނަމަ މަހްލޫފަށް އެމީހުންގެ ގެދޮރު ހުޅުވައި ސަލާމް ކުރާނެތަ؟ މީހުން ހަސަދަވެރިވަނީއޭ ބުނާއިރު ތިމާ ގޭގައޮއްވާ އެމީހުންނާ ބައްދަލުކުރަން ފުރުސަތު ދޭނެތޯ ވިސްނާލުން ރަނގަޅު.
12450
29 September 2019
ވަރަށް ޖޯކު ދެން ރާއްޖޭގެ މިނިސްޓަރަކު މިހާ ޓޯއީ ވީމަ. މިނިސްޓަރުންވާންޖެހޭނެ ވަރަށް ޓަފް ބަޔަކަށް އަސްލު. ސެލްފީ ނަގާހިތުން މިވަރު ނުވިޔަސް އޯކޭވާނެ
މަލްޑީވިއަންޓް
29 September 2019
ބުނާތީ އަޑުއެހީމެވެ. ވެރިކަމުގައި ހުރީ ޢުމަރު ބުނު ޢަބްދުލްއަޒީޒު ފަދަ ބޭކަލެކެވެ. ދެންފަހެ އެބޭކަލެއްގެ ވަޒީރުން މިފަދަ ގޮތަކަށް، ދައުލަތުގެ މަތީ މަޤާމުގައި ތިބެމެ އުޅުއްވާން ވެއްޖެ ނަމަ ނަޒާހަތްތެރިކަމާއި، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބިކަމުގެ ހެއްކަކީ ކޮބައިބާވައެވެ؟ މިހިރީއަކީ ހަމަހިލާ އިސްވެ ދެންނެވުނު ބޭކަލެއްގެ ވަޒީރުންނަށް އުޅުއްވަން ކެރިވަޑައިގަންނަވާނެ ގޮތެއް ނޫނެވެ!
އިންޑިއާރާއްޖެ
29 September 2019
މަހުލޫފު އެއުޅެނީ އުޅެންވާގޮތަޢް، ތިތާނެތްތަ ދިވެހިރާއްޖޭގަ ވަރިމަދުކުރަން ކޮންސަލްޓެންސީ ދެވޭވަރުގެ ތަރިއެއް؟ ދިވެހިރާއްޖޭގަ މިހާރުވެސް ތަޅާފޮޅުން މިއޮށްވަރަށްއޮށްވާ ތިބައްދަލުކުރީ ބޮލީވުޑުގެ ފިލުމުތަކުގަ އެންމެ ތަޅާފޮޅާ މީހައާ!
އިބިރިހިންބެއްޔާ
29 September 2019
އެދެން އެވަރު ކަމެއްތަ؟ މުމްބާއީގެ ރަގަޅު ހޮޓަލަކަށް ކަޅެއް ޖަހާލަންވަނަސް ތިކަންކުރެވޭނެ.
ރަށުމީހާ
29 September 2019
ސާބަސް މިނިސް މަހުލުގް ތިގޮތުގާ ސާބިތުވެހުރުމަށް އެދެން
ޢެހެންތަ ހީވަނީ
29 September 2019
ދިވެހިންގެނަމުގަ ވާހަކަދައްކައިގެން އިންޑިޔާގެ މަސްހޫރުހެންހީވާބަޔަކާއި އެކު ހިލޭ އެއްވެސް އަގެއް ނުދައްކައި އެމީހުނާއެކު ފޮޓޯ ނަގައި އެބައެއްގެ އަތުން ލިބުނުހާހަދިޔާތަށް ދިވެހިރައްޔިތުންނަށް ހަދިޔާތަކުން ބައިނޭލީމަ ހަސަދަލީ ދުތަ