މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިލިއާނާ.

17 އޮކްޓޯބަރ 2020 - 10:45

"އަންފެއާ އެންޑް ލަވްލީ" ކިޔާ ފިލްމަކަށް އިލިއާނާ ޑި ކްރޫޒާއި ރަންދީޕް ހޫޑާ ސޮއިކޮށްފި އެވެ.

މި ފިލްމަކީ ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ އިން ޕްރޮޑިއުސްކޮށް، ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ "މުބާރަކަން" އާއި "ސާންޑް ކީ އާނކް" ފަދަ ފިލްމުތަކުގެ ސްކްރީންރައިޓަރެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ "އަންފެއާ އެންޑް ލަވްލީ" ވާނީ އިލިއާނާ އާއި ރަންދީޕްގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އިލިއާނާގެ ކުރިއަށް އޮތް ފިލްމަކީ އަބީޝެކް ބައްޗަނާ އެކު ކުޅޭ "ދަ ބިގް ބުލް" އެވެ.

ރަންދީޕްގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.

"ނަޓްޚަޓް" މެލްބަން ފެސްޓިވަލަށް

ބަތަލާ ވިދިޔާ ބާލަން ކުޅެފައިވާ ކުރު ފިލްމު "ނަޓްޚަޓް" މި މަހު ވާޗުއަލްކޮށް ބާއްވާ މި އަހަރުގެ އިންޑިއަން ފިލްު ފެސްޓިވަލް އޮފް މެލްބަންގައި ޕްރިިމިއާކުރަން ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ ފެސްޓިވަލް ކުރިިއަށް ދާނީ މި މަހުގެ 23-30 އަށެވެ. އަދި ފެސްޓިވަލްގައި 17 ބަހަކުން ހަދާފައިވާ 60 އަށް ވުރެ ގިނަ ފިލްމު ވާދަކުރާނެ އެވެ. މެލްބަން ފިލްމު ފެސްޓިވަލަކީ އާންމުކޮށް ކޮންމެ އަހަރެއްގެ އޮގަސްޓްގައި ބާއްވާ އިވެންޓެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފެސްޓިވަލް ފަސްކޮށް، އެންމެ ފަހުން ވާޗުއަލްކޮށް ބާއްވަން ނިންމީ އެވެ.

މި ފެސްޓިވަލްގައި ވާދަކުރާ ވިދިޔާގެ "ނަޓްޚަޓް" އަކީ އޭނާ ރަށްފުށުގެ މައެއްގެ ރޯލް ކުޅެފައިވާ އެއްޗެކެވެ. ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމަކީ "ވީ އާ ވަން: އަ ގްލޯބަލް ފިލްމު ފެސްޓިވަލް" ގައި ޖޫން 2 ގައި ޔޫޓިއުބުން ވެސް ޕްރިމިއާކުރި ފިލްމެކެވެ. ޝާން ވިއާސް ޑައިރެކްޓްކުރި "ނަޓްޚަޓް" އަކީ ޖިންސީ ތަފާތު ކުރުންތަކާ ދެކޮޅަށް ހަދާފައިވާ ފިލްމެކެވެ.

ޝެފާލީ އަށް ދެވަނަ ކުރު ފިލްމެއް

ދާދި ފަހުން ކުރު ފިލްމަކުން ޑައިރެކްޝަނަށް ނުކުތް ބަތަލާ ޝެފާލީ ޝާހް އަނެއްކާ ވެސް ކުރު ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އޭނާގެ އަލަތު ފިލްމު ބެލުންތެރިންނަށް ގެނެސް ނުދެނީސް މަސައްކަތް ފެށި ދެވަނަ ފިލްމަކީ "ހެޕީ ބާތު ޑޭ މަންމީޖީ" އެވެ. ސަން ޝައިން ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ ފިލްމުގެ ސެޓިން ނަގާފައިވާ ފޮޓޯއެއް ވެސް ޝެފާލީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ޝެފާލީ އަކީ "ނަމަސްތޭ ލަންޑަން" އާއި "ސިންގް އިޒް ކިންގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަތު ވިޕުލް ޝާހްގެ އަންހެނުންނެވެ.

ޝެފާލީގެ އަލަތު ޑައިރެކްޝަނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އުޅުނު އަންހެން ޑޮކްޓަރެއްގެ މަރާ ގުޅޭ ގޮތުން ހަދާފައިވާ އެއްޗެކެވެ. އޭގެ ސްކްރީންޕްލޭ ލިޔެ، ކުޅުނީ ވެސް ޝެފާލީ އެވެ.

"ތައިޝް" ގެ ޓްރެއިލާ ދައްކާލައިފި

މި މަހުގެ 29 ގައި ޒީ5 އިން ޕްރިމިއާކުރާ ރިވެންޖް ތުރިލާ "ތައިޝް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ވަޒީރު" އާއި "ޑޭވިޑް" ފަދަ ޑާކް ފިލްމުތައް ގެނެސްދިން ބިޖޯއި ނަމްބިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންނަކީ ޕުލްކިތު ސަމްރާޓާއި ކްރިތީ ކަރްބަންދާ އާއި ހާޝްވަރުދަން ރާނޭ އާއި ޖިމް ސަރްބް އާއި ޓީވީ ބަތަލާ ސަންޖީދާ ޝެއިހެވެ.

އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކޮށްފައިވާ "ތައިޝް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޒޯ މޮރާނީ އާއި އަބިމަންޔޫ ސިންގް އާއި އަންކޫރް ރާތީ އަދި ސަލޯނީ ބަޓްރާ ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454