ވިޔަފާރި / އެމްއެމްއޭ

ރާއްޖޭގައި ބޮޑު ފްރޯޑެއް، މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފި!

އެމްއެމްއޭ: ފްރޯޑް ހިންގާތީ ސަމާލުވުމަށް ވަނީ އެދިފައި--

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ބޮޑު ފްރޯޑް ސްކޭމެއް ރާއްޖޭގައި ހިންގަމުންދާތީ، އެ ކަމަށް ސަމާލުވާން މަރުކަޒީ ބޭންކުން މިރޭ އެދިއްޖެ އެވެ.

އެ ކަން ހިންގާ މީހުންގެ ނަން އެ އިދާރާ އިން އަދި އާންމު ނުކުރި ނަމަވެސް އެ ކުންފުންޏާ މެދު ފިޔަވަޅުން އަޅަން އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްރޯޑް ހިންގަނީ ރާއްޖޭގެ ވަރަށް ބޮޑު ކުންފުންޏަކުން ކަމަށް ވާއިރު، މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ދައުރުކޮށްފަ އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފްރޯޑް ހިންގަނީ ފޭސްބުކާއި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް އެ ސްކީމްގައި ފައިސާ ބޭނުންކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ. އެހެންވެ، އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށާއި އެ ސްކީމް ރޫޅޭއިރު، ބައިވެރިވި ގިނަ މީހުންނަށް ފައިސާ ވެސް އަނބުރާ ނުލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެ އިދާރާ އިން ސިފަ ކޮށްފައިވާ ސްކީމަށް އާއްމުކޮށް ކިޔައި އުޅެނީ “ޕޮންޒީ ސްކީމް” އެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަނާ އެއްޗެކެވެ.

47 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 15%
icon angry icon angry 67%
icon wow icon wow 8%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޔޔޔޔޔ

13 March 2022

މިސަރުކާރުން ވެސް ތިކަހަލަ ޕޮންޒީ ސުކީމު ކުޅޭ ބަދަލު ގޮތުގަ މީހުންނަށް މިލިޔަނުންދޭ އެވެސް ހަމަ ފުރައުޑް

The name is already taken The name is available. Register?

ނުރަބޯ

13 March 2022

ތިޔަކަހަލަ ވާހަކަ ދައްކަން މިސަރުކާރު ލަދުގަންނަން ޖެހޭނެ. ތިޔަ ބުނާ ކަހަލަ 100 ކުންފުނިން ނުފޭރޭ ވަރަށް މި ސަރުކާރުން ރައްޔިތުންގެ އަތުން އެބަ ފޭރޭ.

The name is already taken The name is available. Register?

ުueިިއއ

11 March 2022

މި ސަރުކާރަކީ އެންމެ ބޮޑު ފުރައުޑު

The name is already taken The name is available. Register?

ސައްލިމް

11 March 2022

އަލްހާނު ފަހުމީއަށް އިތުބާރުކޮށްފަ ފައިސާ ދޭހާ ތަންދޮރު ނުދަންނަ މީހުނަށް އެފައިސާ ގެއްލުން އެއީ އެމީހުންގެ އަމިއްލަ ނަފްސު ހޭލުންތެރި ނުކުރުވާ ތިބި ކަމުގެ އަދަބު. ދެން ތި އަލްހާނު އުޅެފަ ހުރި ގޮތް ބަލާބަލަ މިހާތަނަށް...

The name is already taken The name is available. Register?

ގައުމު

11 March 2022

މިހާރު ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގަ ގައުމުހިންގަނީ ފައިސާ ޗާޕުކޮއްގެން، ލިބޭއެއްޗަކަށް ވުރެހަރަދުބޮޑު ދައުލަތުގެދަރަނި 95 ބިލިޔަނަށްވުރެ މަތީގައި، ތިޔަބުނާސުކީމަކުން މީހަކަށް އަދި ގެއްލުންވެގެން ސަކުވާކޮއްފައެއްނެތް، އިންވެސްޓްކުރީ ދެފަރާތް ރުހިގެން، ދުނިޔެބަދަލުވަމުންދާ އިރު ގައުމު ހިންގަންތިބޭ މީހުން ގާނޫނުތަކާއި ގަވާއިދު ނެހެދުން އެެއީ ކޮންބައެއްގެ ކުށެއް، ކިތަންމެ ގެސްޓުންނެއް ޑިޖިޓަލްކަރަންސީން ޕޭކުރަން ބޭނުންވޭ ކުރެވޭކަށްނެތް

The name is already taken The name is available. Register?

ޙަސަން ޒ

11 March 2022

ބަޔަކު ހަސަދަވެރި ވިޔަސް މީ ބޮޑު ވަރު. އަހަރެން އިތުބާރު ކުރަން އަލުހާން އަށް

The name is already taken The name is available. Register?

ތަރުތީބު

11 March 2022

ދަ ޕޮންޒީ ސްކީމް. ކުރީގަ އުޅުން ޕޮންޒީ ކިޔާ މީހެއް ހިންގި ސްކީމެއް.

The name is already taken The name is available. Register?

އައްޑާ

11 March 2022

ކޮބާތަ އެލްކަން އޭ ކިޔައިގެން ހިންގި ކަންތައްގަނޑު، މިކަހަލަ އޮޅުވާލުންތައް އަބަދުވެސް ހިންގާ

The name is already taken The name is available. Register?

ހެހެހެހެ

11 March 2022

ތިކަމެއް ކުރާ މީހުން މިހާރު އެނގިއްޖެތާ. އޭނަ އަދި އޭނަގެ ކޮއްކޮ އަކީ އަބަދުވެސް މަކަރު ހެދުމުގަ އުޅޭބައެއް. ސަމާލުވޭ ހުރިހާ ބޭފުޅުން.

The name is already taken The name is available. Register?

ޖެޑް

11 March 2022

ތިކަންވެސް އިގޭނީ ތިޔަަމައްސަލަ ބަލާ ތަހުގީގު ކުރުމުން. އެގިފައިވާ ގޮތުގައި ތިޔަ ކަމަކީ އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ކުރާ ކަމެއް. އެފައިސާ އެމީހުން އިންވެސްޓް ކުރަނީ ކުރިޕްޓޯ ކަރަންސީ ފޮރެކްސް ޓްރޭޑިންއަށް. މީ އެމްއެމްއޭއިން ހުއްދަ ކުރާ ކަންކަމެއްނޫން. ޤާނޫންތަކާ ޤަވާއިދުތައް ނުހަދާ އޮތުމުން ދިވެހިން އަމިއްލަޔަށް އެކަމަށް އިންވެސްޓް ކުރުމުގެ ދޮރު އެމްއެމްއޭއިން ވަނީ ބަންދުކޮށްފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454