ވިޔަފާރި / ދިގަލި ރިސޯޓް

ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަނީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ދިގަލި: މި ރިސޯޓް އަންނަ މޭ މަހުގެ ފުރަތަމަ ދުވަހު ހުޅުވާ ގޮތަށް ވަނީ ހަމަޖައްސާފައި.---ފޮޓޯ: ޔުނިވާސަލް ރިސޯޓްސް

ރ. ދިގަލީގައި އަލަށް ހެދި ފަސް ތަރީގެ ރިސޯޓުގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަން ފަށާ "ދިގަލި މޯލްޑިވްސް" ގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ މީހުންގެ "އޯޕަން ޑޭ" އެއް މާދަމާ ހެނދުނު 10:00 ން ރޭގަނޑު 8:00 އަށް އަމީނިއްޔާ ސްކޫލްގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮރަލް އެޖް އިން ތަރައްގީކުރި ރިސޯޓް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މޭ އެއްވަނަ ދުވަހުގަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ، ޔުނިވަސަލް އެންޓަޕްރައިސަސްގެ ދިގަލި ރިސޯޓުގެ އެންމެ އިސް މަގާމުތަކަށް މުވައްޒަފުން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް އިއުލާން ކުރި އެވެ.

ޔުނިވާސަލްގެ އޮފިޝަލަކު ވިދާޅުވީ މި ފަހަރު މުވައްޒަފުން ހޯދުމަށް ހަމަޖެހިފައި ވަނީ ވެއިޓަރުންނާއި ރޫމްބޯއިން އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި ގެސްޓް ސާވިސް ޓީމަށް ކަމަށެވެ. އޭގެ އިތުރުން އެސިސްޓެންޓް ފައިނޭންޝަލް ކޮންޓްރޯލާ، އެސިސްޓެންޓް ކްރެޑިޓް ކޮންޓްރޯލާ، އެސިސްޓެންޓް ފްރަންޓް އޮފީސް މެނޭޖަރު، ފްރަންޓް އޮފީސް ސްޕަވައިޒަރު ފަދަ މަގާމުތަކަށް ވެސް މީހުން ހޯދަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރ. ދިގަލީ ހަދާ ރިސޯޓްގެ ވިލާއެއް: އަންނަ މޭ އެކެއްގައި ހުޅުވާ މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 180 ވިލާ ހުރޭ. ފޮޓޯ.--- ޔުނިވާސަލް އެންޓަޕްރައިސަސް.

"މިފަހަރު ނަގާ މުވައްޒަފުންނަށް ރިސޯޓް ހުޅުވުމާ ހަމައަށް މުސާރައިގެ އިތުރުން ފިކްސްޑް ސާވިސް ޗާޖެއް ލިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ދިވެހިން،" އޮފިޝަލް ވިދާޅުވި އެވެ.

ދިގަލި ރިސޯޓުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ހިލޭ ވައިފައި އާއި ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ހިތްހަމަޖެހޭ ފެންވަރުގެ އެކޮމަޑޭޝަނަކާއި އަ ލާ ކާޓޭ ކޮފީ ޝޮޕެއް އަދި ޖިމް، ޕޫލް، ޓީޓީ، ފުޓުބޯޅަ ކުޅެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ޔުނިވާސަލް އިން ބުންޏެވެ.

ރ. މީދޫ ކައިރީގައި އޮންނަ ދިގައްޔަކީ ހިތްގައިމު ފަޅެއް އޮންނަ، ތަފާތު އެކި ކެޓަގަރީތަކުގެ 180 ވިލާ ހިމެނޭ ރިސޯޓެކެވެ. އެގޮތުން 19 ބީޗް ބަންގަލޯ، 24 ވޯޓާ ވިލާ، 33 ބީޗް ޑިލަކްސް ބަންގަލޯ، 64 ބީޗް ވިލާ، ޕޫލާއެކު 20 ބީޗް ވިލާ، ޕޫލާއެކު 16 ލެގޫން ވިލާ، ޕޫލާއެކު ތިން ބީޗް ސުއިޓް އަދި ދިގަލި ސުއިޓްގެ ނަމުގައި ހާއްސަ ސުއިޓެއް ވެސް ހުރެ އެވެ. އަދި ޓޫރިސްޓުންނަށް ބޭނުންވާ ކެއުންބުއިމުގެ ހިދުމަތް ދޭ ތަފާތު އަށް ރެސްޓޯރަންޓް އާއި ބާ ހުރެ އެވެ. ދިގަލީގައި 12 ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއަކާއި މޫދު ކުޅިވަރުތަކާއި ޑައިވިން އަދި ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ. ރ. އަތޮޅުގައި މިހާރު ވެސް ދެ ރިސޯޓް ހިންގަ އެވެ.

25 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 15%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިރުފާމް

13 March 2018

ޝަރުތު.؟؟

The name is already taken The name is available. Register?

އަލީ

17 July 2017

ވަޒީފާޔަށް ޝައުގުވެރިވާފަރާތްތަކުން ހައްދަވަނޖެހޭ ގޮތަކީ ކޮބާ؟

The name is already taken The name is available. Register?

މަނަަަަަަ

12 March 2017

ކާރިއެއް ދުރެއް ބަލާނެ ކަމެއް ނެތް ދިވެހިންނަށް ވަޒީފާ ދޭންވީ.ޔުނިވަސަލް މީހުން ރ.އަތޮޅުގެ ރަށްތައް ނަގައިގެން އުޅެނީ،އަތޮޅަށް ރަގަނޅުފައިދާއެއްނުލިބޭ

The name is already taken The name is available. Register?

ޢެންމެން

11 March 2017

ފުރަތަމަ ކުދިވަޒީފާތަކުން ފަށަމާ. ތަޖުރިބާ ހޯދުމައްފަހު މެނޭޖުމެންޓުން ހޯދަން މަސައްކަތްކުރާ ގޯލާދިމާއަށް، ރެސޯޓް ގެންގޮސްދުނުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ބައިވެރިވަމާ. އިތުބާރު ކަނޑުވާނުލާ. މުސާރަ އާއި މަތީމަގާމު ކަށަވަރުވަގެންދާނެ.

The name is already taken The name is available. Register?

އަލީ

11 March 2017

ހަރު ވަޒީފާ އިންޑިއާ މީހުނަށް ދީފަ ދިވެހިން ގުލާމުގަ

The name is already taken The name is available. Register?

ޗިކުސް

11 March 2017

ތަނުގެ ހަރު ވަޒީފާއެއް ވިއްޔާ ދޭނީ ބޭރު މީހަކަށް ހެޔޮ ރަގަޅަށް ވާހަކަ ދައްކަން ނޭގުނަސް. ތިކަމަށް ހަރުދަނާ ގަވާއިދެއް ހެދިފަނެތްކަން ފާހަގަކުރަން ، .

The name is already taken The name is available. Register?

ހަސަން

11 March 2017

އިންޑިއާ ލަންކާ ނޭޕާލު ފިލިޕީންސް މީހުން ހުސްވީތަ؟.

The name is already taken The name is available. Register?

ޕޮގުބާ

11 March 2017

ތިތާ ކައިރީގަ އޮންނާނެ ރ މީދޫ އެރަށުން ކުދިންނަގާ ފަސޭހަވާނެ މިސަރަހައްދުގަ ވަޒީފާތައް އެބައޮތް ރ ވަންދޫގަ ކުނިކޮށީގަ މަބޮޑުކަމެއް ވަންދޫގަ ކުރާކަށް ނުޖެހޭނެ ޅ.ރ.ބ.ށ މިހަތަރު އަތޮޅުން ކުނިގެންދަނީ ތިލަފުއްޓަށް ނަމުއޮންނަނީ ވަންދުއަށް ކުނިގެންދާކަމަށް ފަސޭހައެއްނު މަހަކު ލިބޭބެ 12500 ރުފިޔާ ރީތިކޮށްތިބެގެން

The name is already taken The name is available. Register?

ކަބްޖީ

11 March 2017

ކަބްޖީއަކީ ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް. ބޮޑެތި މަޤާމްތަކަށް ދިވެހިންނަށްވުރެ ބައެއް ހާލަތްތަކުގައި ރަގަޅީ ބޭރުމީހުން. އެހެނަސް މަދު ހާލަތްތަކުގައި ދިވެހިން ރަގަޅުވާ ފަހަރުވެސް އާދޭ.

The name is already taken The name is available. Register?

ބަކުރުބެ

10 March 2017

ކޮބާތޯ ވެބްސަަަަައިޓް އައްކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454