މަމްސް އެއިޑް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ރަމަޟާން އެއިޑް" ކެމްޕޭންގައި މިއަހަރު ވެސް އައިކެއާއިން ބައިވެރިވެއްޖެ އެވެ.

އެ ކެމްޕެއިންގެ ދަށުން އައިކެއާގެ ފަރާތުން މިއަހަރު ވަނީ ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ "ކެއާ ބާސްކެޓް" ތަކެއް ހަދިޔާކޮށްފަ އެވެ. އެ ބާސްކެޓްތަކަކީ މި މަހު އާއިލާތަކަށް ތަކުލީފެއް ނެތި އަދި ހިތްހަމަޖެހުމާއެކު ރޯދައިގެ އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތައްޔާރު ކޮށްފައިވާ އެހީއެެއް ކަމަށް އައިކެއާއިން ބުންޏެވެ. 

ކެއާ ބާސްކެޓުގައި ހިމެނޭ ތަކެތި
ކެއާ ބާސްކެޓުގައި ހިމެނޭ ތަކެތި

އައިކެއާގެ މާކެޓިން މެނޭޖަރު ނާއިފާ ޖިހާދު ވިދާޅުވީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި ދީލަތިކަމާއި އޯގާތެރިކަން އިސްކުރާ މަހެއް ކަމަށާއި އަދި މަމްސް އެއިޑުން ކުރިއަށް ގެންދާ 'ރަމަޟާން އެއިޑް' ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް އެހީއެއް ދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ  އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާއީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް އެހީތެރިކަމެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އައިކެއާއިން މަމްސް އެއިޑާއި ގުޅިގެން ހަދިޔާ ކުރި ކެއާ ބާސްކެޓުތައް.
އައިކެއާއިން މަމްސް އެއިޑާއި ގުޅިގެން ހަދިޔާ ކުރި ކެއާ ބާސްކެޓުތައް.

ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ލުޔެއް ހޯދައިދިނުމެވެ. އެގޮތުން، މިއަހަރު ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ އެހީ ދެނީ އެންމެ ހައްގުވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެވެ.