"ދުނިޔޭގެ ފެނުމުގެ ދުވަސް" ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، އައިކެއާ އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކަނޑައަޅާފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ މީހުންނަށް، ހޮވާލެވޭ ފްރޭމްތަކުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
މި އޮފާގެ ދަށުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް، ހޯޔާ އަދި ނޯވާގެ ސިންގަލް-ވިޝަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާ އެކު ގަންނަ ފްރޭމްތަކަށް ޑިސްކައުންޓު ލިބޭނެ އެވެ.
ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި މަސައްކަތުގެ މާހައުލާއި ސްކްރީން ބޭނުންކުރާ އަދަދަށް ބަލައި، އެންމެ ރަނގަޅު ލެންސް އިހުތިޔާރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އައިކެއާއިން ފާހަގަކުރެ އެވެ.
ކަސްޓަމަރުންގެ ލޮލުގެ ފެނުމުގެ އަދި ކަސްޓަމަރުންގެ ބޭނުންތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ އެކަށޭނަ ފްރޭމާއި ލެންސް ހިޔާރުކުރުމަށް އައިކެއާގެ ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތުގެ މުހިންމު ކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހާ ގުޅުވައިގެން އައިކެއާ އިން ވަނީ އަމިއްލަ ލޮލުގެ ސިއްހަތަށް އިސްކަންދީ، ގަވާއިދުން ލޯ ޓެސްޓު ކުރުމަށާއި ފެނުމަށް އެއްވެސް ބަދަލެއް އަންނަ ނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.
"ލަވް ޔޯ އައިސް" ޝިއާރުގެ މި އޮފާ މި މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރައެއްގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އައިކެއާގެ މެންބަޝިޕް އޮންނަ މީހުންނަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓްތައް ވެސް މި މުއްދަތުގައި ލިބޭނެ އެވެ.