ވިޔަފާރި

ފަސް ރުފިޔާގެ އާ ނޫޓާ އެކު ދަގަނޑޭ ތާރީހުގެ ތެރެއަށް

މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓާ އެކު ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ތާރީޚުގެ ތެރެއަށް ވަދެއްޖެ އެވެ.

އަލަށް ޑިޒައިންކޮށްފައިވާ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކުރި އިރު އެ ނޫޓުން ފެންނަ ފުޓްބޯޅަ ކުޅުންތެރިޔާ އަކީ ދަގަނޑޭގެ ވަރަށް މަޝްހޫރު ވި ފޮޓޯއެކެވެ. ނަމަވެސް އެ ކުރެހުމުގައި ކުޅުންތެރިޔާގެ މޫނެއް ނުފެނެ އެވެ. އަދި ނޫޓުގައި ބޭނުންކޮށްފައި ވަނީ ދަގަނޑޭގެ ފޮޓޯއެއް ކަމަށް އެމްއެމްއޭ އިން ބުނެފައެއް ވެސް ނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ފުޓްބޯޅަ ހުނަރު ދައްކައިދޭ ފޮޓޯއެއްގެ ކުރެހުން ދިވެހި ފައިސާގެ ނޫޓެއްގައި ހިމެނުމަކީ އޭގެ ޒާތުގައި ތާރީޚީ ކަމެކެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއެއްގެ ސިފަ އެނގޭ ގޮތަށް ދިވެހި ފައިސާގެ ނޫޓެއްގައި ހިމަނާފައެއް ނުވެ އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ނެރުނީ މިއަދު ހެނދުނު އިސްކަނދަރު ސްކޫލުގައި އޮތް އެ ސްކޫލްގެ އަހަރީ އެސެމްބްލީގަ އެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ.

މަރުކަޒީ ބޭންކުން ބުނީ އަލަށް ނެރުނު ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން އަންނަ ޖުލައި މަހުގެ ކުރީކޮޅު ސާކިއުލޭޝަނަށް ނެރެން ނިންމާފައިވާ ކަމަށެވެ.

މިއީ މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ. ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އާ ފަސް ރުފިޔާގެ މޫނުމަތީގައި ހިމެނެނީ ފުޓްބޯޅަ އާއި ސަގާފީ އެކި ކުޅިވަރުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން ދައްކުވައިދޭ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ދިވެހިން ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

އެމްއެމްއޭ އިން ބުނީ އަލަށް ނެރުނު ނޫޓާ މެދު އާއްމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ވެލާނާގެ ކައިރީގަ އާއި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގަ އާއި ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގަ އާއި އެމްޕީއެލް ކައިރީގަ އާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރުމަށް ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.

127 ކޮމެންޓް, 227 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 3%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހުރަ

11 May 2017

މީގައި މަށަށް މައްސަލައަކީ ޖައްސާފަ ހުރި ކުލަ!! ސަތޭކަ ރުފިޔާގަވެސް ހުރީ ރަތްކުލަ! ބެކްގްރައުންޑްގަ އަޅިކުލަ ޖައްސާފަ ހުއްޓަސް، އޭގެ މައްޗަށް ރަތްކުލަ ދުއްވާފަ ހުރީމަ ކަމަކުނުދޭ! އަލިގަދަ ކުލަތަކުގެ ތެރެއިން ކޮންމެވެސް ކުލައެއް ޖެއްސިނަމަ ރަނގަޅުވީސް! ދެން ފުޓްބޯޅަ ނޫނަސް ދިވެހިންގެ އިޖްތިމާޢީ ގުޅުން ދައްކައިދޭ އެތައްކަމެއް އެބަހުރި! ފުޓްބޯޅަ ޖެހީމަ އެހާ ޔުނީކެއް ނޫން!! މުޅިދުނިޔޭގަވެސް ކުޅޭ އެއްޗެއް ފުޓްބޯޅައަކީ!! ދިވެހިންނަށް ޚާއްސަ ދިވެހިވަންތަ ކަމެއް ޖައްސާލިނަމަ ރަނގަޅުވީސް!! މަށަށް އެންމެ ހެއްވާކަމަކީ ސަންގެއް ފަހަތުގަ ޖެހުން! އެހެންވީމަ އެވާނީ މިހާރު ބޭނުންކުރާ 2ރުފިޔާގަ ޖަހާފަ އިން ސަންގު ޖަހާ ދަމައިގެންފަ، އަތްދަމާ ބަހައްޓާފަ ޖެހި ތަފާލެއްހެން ނޫޓުގެ ފަހަތުގަ ތަތްކޮށްލުން!! އެއީ ހަމަ ކޮޕީ ޕޭސްޓް!! 50ރުފިޔާގަ ވެސް ހެދީ އެހެން!! 25ލާރިން 50ރުފިޔާއަށް!! ދެން ދަނގަޑޭ ޖެހީމަ އެވީ ވަަރަށް ބޮޑު ޖޯކަކަށް!! ނާ އެހެންޏަ!! "ދަނގަޑު" ފަސް ރުފިޔާއަކުން ގޮސް "ދަނގަޑޭ" ޖެހި ފަސް ރުފިޔާއަށް ބަދަލުވީމަ!! ހައްހައްހާ!! ހާހާހާހާހާހާހާހާ ހާ!!!!

The name is already taken The name is available. Register?

މީމުހާ

11 May 2017

ތިބުނާ ފޮޓޯ މި އާޓިކަލްގައި ހިމަނާލިނަމަ މިޚަބަރު ފުރިހަމަވީސް! އެފޮޓޯ ނެތުމުން މިޚަބަރު ޚަބަރަކަށްނުވޭ

The name is already taken The name is available. Register?

ދފސދފ

11 May 2017

މޮޔަތައް ހުސްބޭކާރު ވާހަކަ ޗަކާސް

The name is already taken The name is available. Register?

ސޯހު

10 May 2017

މަށައް ދަގަޑޭ އާ ވައްތަރު ކުރަން އުޅެ އުޅެ ނުވި، މައިލޯ ދަޅުގަ އިން ކުރެހުމާ ވައްތަރުވަނީ ،އެކަމު ޕާސްޕޯޓު ގަ އިން ކުރެހުން އަންނިއާ ވަރައް ވައްތަރު،، ކިހިނެއް އެހެން ބޭފުޅުންނައް ހީވަނީ

The name is already taken The name is available. Register?

މެންޓަލް ކޭސް

10 May 2017

ފަހަތުން އެބަފެނޭ އާޖެންޓީނާގެ ގައުމީ ޓީމް ޖަރޒީ ލައިގެން ހުރި މީހަކު، މެރެޑޯނާ ނޫނީ މެސީ ތޯ؟ ވަރަށް ފުރިހަމަ ދިވެހި ވަންތަ ފަރުމާއެކޭ ބުނެވޭނީ، ވަރަށް ސަލާން

The name is already taken The name is available. Register?

މަލިކު މޫސަ

10 May 2017

ފަސް ރުފިޔާ ތަ ނުވަތަ ފައް ރުފިޔާތަ...... އެމް އެމް އޭ އިން ނެރުނީ ފައްސަތޭކަ ރުފިޔާ ވިއްޔާ

The name is already taken The name is available. Register?

♛ ރަސްގެފާނު

10 May 2017

ދެގޮތްވެސް ރަނގަޅު.. ފަތް ރުފިޔާ އެއްމެ ރަނގަޅު ގޮތަކީ

The name is already taken The name is available. Register?

ނަން

10 May 2017

ކީއްވެބާ 5 ރުފިޔާގެ ނޫޓުގަ ފައް ރުފިޔާ ނުޖެހީ. 500 ރުފިޔާގެ ނޫޓުގަ ދިވެހި އަކުރުން ޖަހާފަ އެއޮތީ ފައް ސަތޭކަ ރުފިޔާ. 5 ރުފިޔާގެ ނޫޓުގަ ފަސް ރުފިޔާ ޖަހާފަ 500 ރުފިޔާގެ ނޫޓުގަ ފައް ސަތޭކަ ރުފިޔާ ޖެހީމަ ފައްސަތޭކަ ރުފިޔާ ޖެހިފަ އޮވެގެން އެމް އެމްއޭ އިން އޭރު ދެއްކި ވާހަކަ ދިމަލެއް ނުވޭ. ދިވެހި މާދަރީބަސް ކުރިއަރުވާ ބަހުގެ ހަމަތަކާ ޤަވާޢިދުތައް ބަލަހައްޓަން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ފާޑެއްގެ ބަޔަކު ލާފަ ތިބޭވާހަކަ އިވޭ. ވޯޓުން ބަލިވާ މީހުން އެކަހަލަ ތަންތަނަށް ލީމަ މިހެންވެސް ވާނެ.

The name is already taken The name is available. Register?

ޝާޑޭ

10 May 2017

ދަނގަޑު ނޫޓު ނެރުުގެ ބަދަލުގައި ދަނގަޑޭ ލައިގެން ކަރުދާސް ނޫޓު ދޯ ތި ނެރުނީ. އެހެންވީމާ ތިވެސް މިހާރު ދަނގަނޑު ނޫޓު ކަމުގައި ބެލެވިދާނެ

The name is already taken The name is available. Register?

ސަކުސީ

10 May 2017

ދަގަނޑޭ އެއީ ޝަހުސިއްޔަތެއް ނޫނޯ... އެކަމަކު ބޯ ކަނޑާފަ ފޮޓޯ ޖެހީމަވެސް އެންމެނަށް ދަގަނޑޭ އެނގިއްޖެ ދޯ.

The name is already taken The name is available. Register?

ސަލާމީ

10 May 2017

ތަސްވީރުގެ މައްސަލަޔަކައް ވެގެން އުޅެމީހުން މިފަދަ ސައިޓުތަކައްވަދެ ޒަމާނީ މިފަދަ ވަސީލަތް ތައްބޭނުން ކުރަމުން ކޮސްގޮވޭއިރުވެސް ނޭގޭ! ސިކުނޑި ތިހިރި ފުރިބާރުވެފަ ކަމެއްގަ އެހެންގޮތެއް ނުވިސްނޭވަރް

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454