އައިއެމްއެފް: ދުނިޔޭގެ އިގުތިސާދު ކުރިއަރާނީ 3.5 ޕަސެންޓްގައި
24 ޖުލައި 2017 - 12:35
އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިގްތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދަށްކޮށްފި އެވެ.
އައިއެމްއެފް އިން ކުރިން ލަފާކުރީ އެމެރިކާގެ އިގްތިސާދު މި އަހަރު ނިމޭއިރު 2.3 ޕަސެންޓް ކުރި އަރާނެ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް 2.1 ޕަސެންޓަށް ވަނީ ދަށްކޮށްފަ އެވެ. އިނގިރޭސި ވިލާތުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލި މިންވަރު ދަށްކޮށްފައި ވަނީ ދެ ޕަސެންޓުން 1.7 ޕަސެންޓަށެވެ.
ދެ ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކުރީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ދެ ގައުމުގެ އިގްތިސާދު، ލަފާކުރި ވަރަށް ކުރި ނޭރުމުންނެވެ.
ބޮޑު ދެ ބާރުގެ ގޮތުގައި އޮތް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިގްތިސާދީ ދުވެލި މަޑުވި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފް އިން ލަފައެއް ނުކުރެ އެވެ.
އައިއެމްއެފް އިން މި އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 3.5 ޕަސެންޓެވެ. އަދި އަންނަ އަހަރަށް ލަފާކުރަނީ 3.6 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބާރު
24 July 2017
ބޮޑު ދެ ބާރުގެ ގޮތުގައި އޮތް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިގްތިސާދީ ދުވެލި މަޑުވި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފް އިން ލަފައެއް ނުކުރާކަމަށް މިޚަބަރުގައި ލިޔެފައިވެއެވެ. އިނގިރޭސި ވިލާތް ބޮޑުބާރަކަށްވިގޮތް ވިސްނާ ވިސްނާވެސް މިއުޅެނީ ނޭނގިގެން އިޤތިސާދީގޮތުން އެންމެ ބޮޑުދެބާރުކަމަށް ގުގުލްގަ ޖަހާއިރަށް މިއަންނަނި އެމެރިކާ ޗައިނާ އެއީ 18 ޓްރިލިއަން ޑޮލަރާއި އެކު އެމެރިކާ އަދި 11 ޓްރިލިއަން ޑޮލަރާއި އެކު ޗައިނާ ވޯލްޑްސް ބިގެސްޓް އިކޮނޮމީގަ ޔޫ.ކޭ ހިމަނާފައިވަނީ 5 ވަނައަށް ދެން މިލިޓަރީ ޕަވަރގައި ޔޫ.ކޭ ރޭންކްކޮށްފައި އޮތީ 2017 ވަނަ އަހަރު 9 ވަނައަށް އެހެންވީމާ މިބުނާ އެއްޗެއް ނޭނގުނު
ކުޑަބާރު
25 July 2017
ޗައިނާގަ ލާރި ތިއްބަސް އަދި މިލިޓަރީ ޕާސަނަލް ގިނަ ވިޔަސް އިނގިރޭސި ވިލާތާ ހަނގުރާމަ އެއް ކޮއްގެން ޗައިނާ މޮޅެއް ނުވާނެ. ދުނިޔޭގަ އެއްމެ ނުފޫޒު ގަދަ ގައުމަކީ އިނގިރޭސި ވިލާތް. މިލިޓަރީ ގޮތުން އެއްމެ ބާރު ގަދަޢީ އެމެރިކާ. ޗައިނާ އެހާ ބޮޑު އާބާދީ އަކަށް 11 ޓްރިލިއަން ލިބުނަސް ގިނައީ ފަގީރުން. އަދި އެމެރިކާ ޔޫކޭ ގަ ހުރި ޓެކްނޮލޮޖީ އާ ގާތްވެސް ނުކުރާނެ. ރަޝިއާ އަކީ މިލިޓަރީ ބާރެއް. އެކަމަކު އެތާނގަ ލާރިއެއް ނެތް.