ލަންޑަންގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި ޓީއެމްއޭ ޕްރޮމޯޓްކުރަން ތައްޔާރުކޮށްފައިވާ ސްޓޯލްގައި އެ ކުންފުނީގެ އެއް ހިއްސާދާރު އަފީފް މައުލޫމާތު ދެއްވަނީ. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
08 ނޮވެމްބަރ 2017 - 09:21
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި އާ ޓާމިނަލް ނިމެންވާ އިރަށް ރާއްޖެ އިތުރަށް މާކެޓް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި މިހާރު ކުރި އަށް ދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި މަޝްހޫރު ވިޔަފާރިވެރިޔާ އަފީފް ވިދާޅުވީ ރާއްޖެ އިތުރަށް މާކެޓްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ރާއްޖެ އިތުރަށް މާކެޓްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ސަރުކާރުން ވެސް އެކަންކުރޭ އަދި އަޅުގަނޑުމެން އަމިއްލަ އަށް ވެސް އެބަކުރެވޭ. އަޅުގަނޑުމެން ގުޅިގެން އެއާޕޯޓު ހެދެންވާ އިރަށް މާކެޓްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓުގެ އެއް ހިއްސާދާރު ވިދާޅުވީ ޑަބްލިއުޓީއެމްގައި ބައިވެރިވުމުން ރާއްޖެ އަށް ވަރަށް ބޮޑެތި ފައިދާތަކެެއް ކުރާނެ ކަމަށެވެ.
"މިތަނުން ވަރަށް ގިނަ ބަޔަކު ރާއްޖެއާ ބެހޭ މައުލޫމާތު އޮޅުންފިލުވަމުންދޭ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ތިމާވެށީގެ ހާލަތު. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި މިހާރު ކަންތައްތައް ކުރާ ގޮތް ކިޔައިދިނިން. ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" އަފީފް ވިދާޅުވި އެވެ.
ޑަބްލިއުޓީއެމްގައި ހުންނަވައިގެން އަފީފް "މިހާރު"އަށް އިއްޔެ އިންޓަވިއުއެއް ދެއްވަނީ.
އޭނާ ވިދާޅުވީ ފެއާގައި ބައްދަލުވި ބޭރުގެ ނޫސްވެރިންނާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެން ވެސް ރާއްޖެއާ މެދު ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.
"އެންމެ ނެގެޓިވް ބަހެއް ވެސް ނުބުނޭ. ވަރަށް ޕޮޒިޓިވްކޮށް ދެކެނީ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖެ އަށް ފަސޭހަ އިން ދަތުރުކުރެވޭނެ ގޮތްތަކެއް ކަމަށެވެ.
"މިހާރު އަލިޓާލިއާ އާއި އެއާ ފްރާންސް ވެސް ދަތުރުތައް އެ ފެއްޓީ. އެ މީހުން ވަރަށް ބޮޑަށް ބޭނުންވޭ ރަނގަޅު ކަނެކްޝަންތަކެއް އޮންނަ ގޮތަށް ރާއްޖެ އަށް ދަތުރުކުރެވޭނެ ގޮތްތަކެއް. އަދި އެއާލައިންތަކުން ރާއްޖެ އަށް ދަތުރުކުރެވޭނެ ރަނގަޅު ވަގުތުތަކެއް ވެސް އޮންނަން ބޭނުންވޭ. މިހާރު މިވާ ގޮތަކީ ހުރިހާ އެއާލައިންތަކެއް އެއް ގަޑިއަކަށް އޮންނަނީ. އެއީ އެހާ ފަސޭހަ ގޮތެއް ނޫން. މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުން އެ ހުރިހާ ކަމެއް ހައްލުވާނެހެން ހީވަނީ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އާ ރިސޯޓުތަކެއް ހުޅުވުމަކީ ކުރިމަގަށް ބަލާއިރު ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ. އެކަމަކު ރިސޯޓުތަކެއް އިތުރުވި ނަމަވެސް ޓޫރިސްޓުންގެ އަދަދު އިތުރު ކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ އިތުރުކުރެވިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަފީފް ވިދާޅުވި އެވެ.
"ރާއްޖޭގެ ރިސޯޓުތައް އިތުރުވުމަކީ މުސްތަގުބަލަށް ކުރެވޭ ރަނގަޅު ކަމެއް. މިހާރު ރިސޯޓުތައް އިތުރުވި ނަމަވެސް އެއާޕޯޓު ހެދިގެން އިތުރު މީހުން ގެނެވޭނީ. އަދި އެއާޕޯޓު ހެދުމުން އަންނަ މީހުން އިތުރުވާނެ. އެހެންވީމަ އިތުރު ރިސޯޓުތައް ބޭނުންވޭ. އެކަމަކު އަޅުގަނޑުމެން ބަލަން އެބަ ޖެހޭ ރިސޯޓުތައްތޯ ކުރިން ހަދަންވީ ނުވަތަ އެއާޕޯޓުތޯ ހަދަންވީ. އެއާޕޯޓު ހަދައިގެން އަންނަ މީހުން އިތުރުވާއިރު އެއާ އެއްވަރަށް ރިސޯޓުތައް އިތުރުވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
09 November 2017
އަމިއްލަ އެދުމުން ފުރިގެންވާ މަހުޖަނުންގެ އަތްދަށުން ގައުމު ސަލާމަތްވި ދުވަހަކުންނޫނީ ރައްޔިތުންނަށް "އަޅުވެތިކަމުން" ސަލާމަތްވެވޭކަށް ނެތް.
ޔުނައިޓެޑް އައްޑޫ
08 November 2017
މަހުޖަނުންގެ އަޅުން ކުރާވެރިކަމެއްގައި ހުރިހާ ކަމެއް ކުރާނީ މަހުޖަނުން ބޭނުންވާގޮތަށް.
ކަބްޖީ
08 November 2017
ކަބްޖީގެ ނަޒަރުގައި މިފަދަ އާޓިކަލްއެއް ލިޔާއިރު، ޓޫރިޒަމް އިންޑަސްޓްރީގައި (އިންޓަރނޭޝަނަލް މާކެޓުގައި) ރާއްޖެއިން އޮފަރކުރާ ޕްރޮޑަކްޓްތަކާއި އެއްގޮތް ވަރަށް ގިނަ ޕްރޮޑަކްޓްތައް އެބަހުރި. ވިޔަފާރިދަނީ ދުވަހުން ދުވަހަށް ކޮމްޕެޓިޓިވް ވަމުން. މިކަމަށް ނޫސްވެރިޔާ ޢަބުދުﷲ ޖަމީލް އަލިއަޅުއްވާލެއްވިނަމަ މިއީ ވަރަށް ފުރިހަމަ އާޓިކަލްއެއް. ޖުމްލަ ގޮތެއްގައި ޢަބުދުﷲ ޖަމީލުމެން ކުދިން ލިޔާ ގިނަ އާޓިކަލްތައް ވަރަށް ފުރިހަމަ. އެކަމަށްޓަކައި 'މިހާރު' ނޫހުގެ އެޑިޓަރަށް މަރުހަބާ ކިޔަން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2017
މަޓީ ކިޔާފައި އުފައްދައިގެން ތިއުޅޭ ޖަމީއްޔާ އަކީ މި ވިޔަފާރި މޮނޮޕޮލައިޒް ކޮށް 4 ފަސްމީހެއްގެ މަސްލަހަތު ރައްކާތެރިކޮށް ސަރުކާރަށް ނުފޫޒު ފޯރުވުމަށް އުފައްދައިގެން އުޅޭ ޖަމީއްޔާ އެއް. ތިޔަ ޖަމީއްޔާ ގެ ނުފޫޒު ކުޑަކޮށް ޓްއަރިޒަމް ސެކްޓަރގައި ދިވެހިން ބައިވެރިވުމަށާއި ބަސްބުނުމަށް ފުރުސަތު ހޯދާ ދޭންޖެހޭ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2017
ކުރިއަށް އޮތީ އުތުރާއި ދެކުނުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާވެ ދައުލަތުގެ މުއްސަނދިކަމުގެ ހިއްސާގައި ބައިވެރި ވުމުގެ ސިޔާސަތު ދޭނެ މިނިވަން ވިޔަފާރިއަށް ހުޅުވާލާނެ “ރައްޔިތުންގެ ވެރިކަމެއް” ޤާއިމް ވުމުގެ ދުވަސް. އެކުވެރި ދައުލަތް ތަކުގެ އެހީއާއި އެކު ޤާއިމް ކުރެވޭ ރައްޔިތުންގެ ވެރިކަމާއި އެކު ހުވަދޫ އަތޮޅުގެ ޖަވާހިރު ފަދަ ރަށް ތަކާއި ހއ ހދ ށ ނ އަދި ރ ގައި ހުރި ޤުދުރަތީ ރަށް ތައް ޓްއަރިޒަމް ވިޔަފާރިއަށް ހުޅުވާލާ އަދި މިހާރު ހުރި ރިސޯޓް ތަކުގައި ދިވެހިންނަށް ދޭންޖެހޭ ވަޒީފާ ދިވެހިންނަށް ޔަޤީން ކޮށްދީ ޓްއަރިޒަމް ޤާނޫނާއި ލޭބަރ ޤާނޫނު އަދި އިމިޤްރޭޝަން ޤާނޫނު “ފަސްޖެހުމެއްނެތި ތަންފީޒުކޮށް” އިންކަމްޓެކްސް ޤާނޫނުން ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ. އަދި “އައްޑޫ ގޭން އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓަކީ ވެސް ދިވެހި ދައުލަތުގެ ތަންތަން” ކަން ޤަބޫލު ކޮށް ބަހާއި އަމަލުން އެކަން ދައްކާ ގަމާއި ހަނިމާދޫ އެއަރޕޯޓާއި ދެކޮޅަށް ގެންގުޅޭ ބޭއިންސާފު ވެރިކަން ދޫކޮށް” އެތަންތަނުގެ ތަރައްޤީ އަށް އެހީވާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2017
ރަނގަޅު ވެރިކަމުގެ ނިޒާމަކާއި ޖޫޑިޝަރީ އެެއްގެ މައްޗަށް ބިނާވެފައި އޮތް ރައްޔިތުން ބާރުވެރި ކުރުވާ ލާމަރުކަޒީ ދައުލަތެއްގެ ސިފަ މިދައުލަތުގައި އޮވެއްޖެ ނަމަ ހުސަން އަފީފު އާއި މުހައްމަދު މަނިކު ، ޤާސިމްއިބުރާހިމް އަދި ވަހީދުއް ދީން ނޫން ދިވެހިންގެ އަތުގައި ވެސް ރިސޯޓް ހުންނާނެ ކަން ޔަޤީން. މިހުރިހާ ކަމެއްވެސް ގުޅިލާމެހެނީ “އަދުލު ވެރި ވެރިކަމުގެ ނިޒާމް އަކާއި އެކުގައި” ކަން ޤަބޫލުކޮށް ތާހިރު ދިރިއުޅުމެއްގައި ކުލީ އަޅު މަސައްކަތު މީހަކަށް ނުވެ ދިރިއުޅެން ބޭނުން ނަމަ ރަށްރަށުގެ ރައްޔިތުން ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތް ލާމަރުކަޒީ ބާބު ގެ ބާރު ލިބިގަންނާން ޖެހޭ. އޭރުން މާލޭގެ އެއަރޕޯޓެކޭ އެއްފަދައިން ހަނިމާދޫ އެއަރޕޯޓާއި ގޭން އެއަރޕޯޓް މެދުވެރިކޮށް ތިޔަ ރައްޔިތުންނަށް ވެސް ދިރިއުޅުން އުޖާލާ ކުރެވިދާނެ. ހިތްވަރު ކޮށްފި ނަމަ ވަގުތު މިއޮތީ ވަރަށް ކާރީގައި. ތެދުވެ ހައްޤު ހޯދާ ލިބިގަނޭ. ދުނިޔެ އޮތީ ތިޔަ ރައްޔިތުންނާއި އެކު އެހީތެރިވެ ދިނުމަށް ތައްޔާރަށް.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2017
ދައުލަތުގެ ވަސީލަތާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން ވަރަށް އާދައިގެ މީހުންގެ ގޮތުގައި ތިބި 4 ވަރަކަށް މީހުން ދުނިޔޭގެ ފެންވަރުގެ މަހުޖަނުންނަށް ވެދިޔައީ އިންސާފުވެރި ހަމަހަމަ ފުރުސަތު އެހެން ދިވެހިންނަށްނުދީ “އަތްފައި ބަދެފައި ބައިތިއްބައިގެން” ކަމުގައި ދެކެން. މިދެންނެވި “މަދު މީސް ކޮޅަށް ނިސްބަތްކޮށް” އެއީ ފަތުރު ވެރިކަމުގެ ބާނީން ކަމުގައި ބުނެ އެމީހުންގެ ޖާހު އުފުލޭތޯ އަޑުފަތުރަމުންދޭ. “މިރާއްޖޭގެ ދަތުރު ވެރިކަމުގެ ހަޤީގީ ބާނީން ނަކީ އެމީހުންނަށް އިހްލާސް ތެރި ހިދުމަތް ދިން ދިވެހި މުވައްޒިފުން” ދޯނި ތަކުގައި ތިސޯޓަށް އުފުލާދިން މީހުން، ކައްކާ ކާންދިން މީހާ، ކޮޓަރި އެނދު އަޅާ ފާހާނާ ސާފު ކުރި މިހާރު މިބޭފުޅުންނަށް ކަމުނުދާ ދިވެހި އަޅު މަސައްކަތުމީހާ. މާތް ﷲ ގަންދީ ބުނަން. މިރާއްޖޭގެ ވަސީލަތް ވެލްތް ޑިސްޓްރިބިއުޓް ކޮށް ވަސީލަތް އިންސާފު ވެރިކަމާއި އެކު ހިއްސާ ކުރުމަށް ޤާނޫނު އަސާސީގައި ލިއުނު “ލާމަރުކަޒީ ނިޒާމް ގެ ބޭނުމަކީ މިކަންކަން ބަދަލު ކުރުން”އަހަރުމެން އެކަންކުރާނަން
މޫސާފުޅު
08 November 2017
ތިމާވެއްޓެކީ މިހާރުގެ ސަރުކާރަކާ އެހާ ދޯޅު އެއްޗެއް ނޫނެވެ. ވީމާ އަފީފް ވެސް ރަނގަޅުވާނީ އެވާހަކަ މާބޮޑުކަމަކަށް ހައްދަވައިގެން ނުދެއްކެވިއްޔާއެވެ.
ސޮކްތެރެޕީ
08 November 2017
ނަޝީދުގެ ކަމަކީ ރާއްޖެ އަޑިއައްދަނީއޭ ކިޔުން މީގެ ގެއްލުން އެބަކުރޭ.
ދެޓްސް ދަ ވޭ
08 November 2017
މަޓީން އެބަބަލަން ޖެހޭ މީހުން ބިނާ ކުރާނީ ކޮން ގޮތްތަކަކުން ތޯ، ވީހާވެސް ގިނަ ދިވެހީންނަށް ފުރުސަތު ލިބޭގޮތައް، ބޭރުގެ މައްޝޫރު ބްރޭންޑް ތައް އަޔަސް އެ ރިސޯޓްތަކުގަ މެޖޯރިޓީ މުވައްޒަފުންނަކީ ދިވެހިންނަށް ހަމަ ހެދިދާނެ، މިކަމާ މަޓީން ވިސްނާ އަވަހަށް މިކަން އިމްޕްލިމެންޓް ކުރަން ޖެހޭ