ދާދިފަހުން ގއ. ކޫއްޑޫގައި ހުޅުވި މާކިއޯ މޯލްޑިވްސް ކޫއްޑޫ. މިއަހަރުގެ ތެރޭގައި ޖުމްލަ 13 ރިސޯޓު ހުޅުވި.
19 ޑިސެމްބަރ 2017 - 22:10
މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 13 އާ ރިސޯޓު ހުޅުވުމާއެކު ރިސޯޓުތަކުގެ ޖުމްލަ އެނދުގެ ނިސްބަތް 15 ޕަސެންޓް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކުން ނެރުނު ތިންވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ އާ ރިސޯޓުތަކާއެކު ޖުމްލަ އެނދުގެ އަދަދު 27،955 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެނދު އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު އޮކިއުޕަންސީ ރޭޓް 68 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ ކުއާޓަރުގައި އޮކިއުޕަންސީ ރޭޓް ހުރީ 73 ޕަސެންޓްގަ އެވެ.
އެމްއެމްއޭ އިން ނެރުނު ބުލެޓިންގައި ބުނެފައި ވަނީ ތިންވަނަ ކުއާޓަރުގައި އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުން ރިސޯޓުގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި އެއާއެކު ރިސޯޓުތަކުގައި ހޭދަކުރި އެވްރެޖް މުއްދަތު ހަ ދުވަހަށް އިތުރުވެފައިވާ ކަމަށް ވެސް ބުލެޓިންގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނެފައި ވަނީ ރިސޯޓުތަކުގެ އަގުތައް ދަށްކުރުމުން އެ ކުއާޓަރުގައި ލިބުނު އާމްދަނީ ދެ ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
އެ ބުލެޓިންގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެ އައި ޓޫރިސްޓުންގެ 51 ޕަސެންޓް ހިއްސާކުރަނީ ޗައިނާ ހިމެނޭ އޭޝިއާ ޕެސިކް ސަރަހައްދުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހޮއްކޮ
20 December 2017
ރިޒޯޓް ތަކުގަ މަސައްކަތްކުރާ އިންޑިއާ މީހުންގެ ވިސާ އެކްސްޓެންޑް ނުކޮށްދީ ހިފެހެއްޓުމަށް ގޮވާލަން އިމިގްރޭޝަންއަށް.
ގަދަ
20 December 2017
މިވެރިކަމުގަ މުއްސަނދިން އިތުަރަށް މުއްސަނދިވުން ނޫންކަމެއް ނެތް. ފަޤީރުން ބޮޑަށް ފަގީރުވަނީ.
އަލީ.
20 December 2017
ދެންކޮބާ ރިސޯޓު ހިއްސާ ދޮގާމަކަރުން ވޯޓުފޭރުނީ
ގއަްދޫމީހާ
20 December 2017
ސަރުކާރުގެ އިގުތިސާދީ ފޯކަސްގެ ދަށުން ރިސޯޓްތައް އަލަށްތަރައްޤީކޮށް ނިންމުމަށާއި ،މިހާރު ނުނިމި ހުރި ރިސޯޓްތައް ހެދުމަށް އެކުލަވާލެވުނު އުސޫލުތަކާއި،ޑިއުޓީފުރީ ކުރުމާއި ،އެތަންތަނުން މުދާބާލާ ފާސްކުރުމަށް ކަސްޓަމްސް އިން އޮފިސަރުން ފުނުވައިގެން ކުރިމަސައްކަތުގެ ނަތީޖާ ވަރަށްފޮނި.ނަމަވެސް އަދި ވެސް ރަގަޅު އިންފުރަސްޓުރަކްޓަރ އެއް ވައިގެންމަގުން އަދި ކަނޑުގެ މަގުން ނެތް.މި ކަންތަކަށް ކުރެވޭ މަސައްކަތް ހަލުވި ކުރަންއެބަޖެހޭ.
ސަޕޯޓް
20 December 2017
ރިސޯޓްތައް އިތުރު ކުރުމަށް ސަރުކާރުން ގެރެންޓީދީ، ފައިނޭންސަރުން ހޯދައިދީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ޑިއުޓީ ކަނޑާލުމުން ވަރަށް ގިނަ އިންވެސްޓަރުން އައި. އެއިގެ ސަބަބުން ވަރަށް ގިނަ ރިސޯޓުތަކެއް މިދިއަ އަހަރުވެސް މިއަހަރުވެސް މާކެޓަށް ނިކުމެއްޖެ. އެހެނަސް އެއަޕޯޓް އަވަހަށް ތަރައްގީ ކުރެވިގެން މެނުވީ އެރައިވަލްސް ގިނައެއް ނުކުރެވޭނެ