ދިރާގުގެ މިދިޔަ ކުއާޓަރުގެ ފައިދާ 11 ޕަސެންޓް މައްޗަށް، 234 މިލިއަން ރުފިޔާ

ދިރާގުގެ މިދިޔަ ކުއާޓަރުގެ ފައިދާ، އޭގެ ކުރީ ކްއާޓަރަށް ވުރެ 11 ޕަސެންޓް މައްޗަށް ގޮސް، 234 މިލިއަން ރުފިޔާއަށް އަރައިފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް މިދިއަ އަހަރުގެ އެންމެ ފަހު ކްއާޓަރުގެ ފައިދާ ބޮޑުވި އިރު އޭގެ ކުރީ ކުއާޓަރުގެ ފައިދާ އަށް ލިބުނީ 210.5 މިލިއަން ރުފިޔާ އެވެ.

މިދިޔަ ކުއާޓަރުގައި ދިރާގުގެ އާމްދަނީ އުޅެނީ 698 މިލިއަން ރުފިޔާގަ އެވެ. އަދި ހިންގުމުގެ ހަރަދުތައް ކަނޑައި، ހިންގުމުގެ ފައިދާގެ ގޮތުގައި 281.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 43.5 މިލިއަން ރުފިޔާ ދެއްކި އެވެ. މުޅި އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ޖެހެނީ 12.32ރ. އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނީގެ 52 ޕަސެންޓް ހިއްސާ ތަމްސީލްކުރަނީ ބަހުރެއިންގެ ބަޓެލްކޯ އިންނެވެ. ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާ އޮންނައިރު 6.2 ޕަސެންޓް ހިއްސާ އާއްމުންނަށް ވިއްކާފައިވެ އެވެ.