ވިޔަފާރި / ޓްރާންސްޕޯޓް އޮތޯރިޓީ

އާ އުސޫލުގެ ފުރަތަމަ ދުވަސް: ވިޔަފާރިވެރިން ރުޅިގަދަވެފައި!

ބާޒާރުމަތީގައި މިއަދު ފިހާރައަކުން އެއްޗެއް ގެންދަނީ: މިއަދުން ފެށިގެން މުދާ ޑެލިވަކުރެވޭނީ ރޭގަނޑު ހަޔަކުން ފަތިހު ހަޔަކަށް -- ފޮޓޯ: މިހާރު/ނިޝާން އަލީ

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ބައެއް ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، އޭގެ ސަބަބުން މުދަލުގެ އަގު ބޮޑުވާނެ ކަމަށް ބޮޑެތި ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލަށް އަމަލު ކުރަން ފެށުމުން ވެހިކަލްތަކުގައި މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށެވެ.

އެކަމަކު މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުުގެ މަގުސަދުގައި ކަމަށް ބުނެ އަމަލްކުރަން ފެށި އުސޫލުގެ ސަބަބުން ހޯލްސޭލް ވިޔަފާރިތަކަށް ވަރަށް ނުބައި އަސަރެއް ކުރާނެ ކަމަށް، އެ ވިޔަފާރިވެރިން ބުނެ އެވެ. މުދާ ޑެލިވަރީ ނުކުރެވޭތީ ގިނަ ކުންފުނިތަކުގެ ލޭބަރުން މިއަދު ތިބީ މަސައްކަތެއް ނެތިފަ އެވެ.

"ވިޔަފާރިވެރިންގެ އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ނުލިބި މިކަން ތަންފީޒު މިކުރީ. ޓްރެފިކް މައްސަލަ އަށް ހައްލެއް ގެނެވޭނީ ވަރަށް ބޮޑަށް ވިސްނައިގެން ސޮލިއުޝަނެއް ހޯދީމަ،" ބާޒާރުމަތީގައި އެންމެ ފުޅާކޮށް ހޯލްސޭލް ވިޔަފާރިކުރާ އެއް ފިހާރައިން ވާހަކަ ދެއްކެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ކުއްލިޔަކަށް ހުރެފައި ހަމަ މިހެން ހެދުމަކީ ހައްލެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި އެ ފިހާރައިން ދުވާލަކު 400 އަށް ވުރެ ގިނަ ޑެލިވަރީކުރެ އެވެ. އެކަމަށް ދުވާލު ގަޑި ވެސް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ތިރީގައި އެތިބީ ގާތްގަނޑަކަށް 90 ވަރަކަށް ލޭބަރުން އެއްވެސް ކަމެއް ނެތި،" ބާޒާރުމަތީގެ އެންމެ ބިޒީ އެއް ފިހާރައިގެ ތެރޭގައި ހުންނަވައި، އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑު ހޭލާ ތިބެގެން ކަސްޓަމުން މުދާ ނެރުމުގެ އަގާއި މުދާ އުފުލާ ވެހިކަލުތަކުގެ ފީ ވެސް ބޮޑުވާނެ އެވެ. އަދި ހޭލާ ތިބެގެން މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު އެލަވަންސް ދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ބައެއް ވިޔަފާރިވެރިން ވެސް އެ މަައްސަލަތައް ދިމާވާނެ ކަމަށް އެއްބަސްވެ އެވެ. އެގޮތުން އެއް ވިޔަފާރިވެރިޔަކު ވިދާޅުވީ ކުރިން ކޮންޓޭނަރެއް 2،500ރ އަށް ހުސްކުރިޔަސް އެ އަގު 6،000ރ އަށް ބޮޑުކުރާނެ ކަމަށް މަޖޫރީން ބުނަމުން ދާ ކަމަށެވެ.

"ލޮރީތަކުގެ ފީ އަކީ ކުރިން މިނެޓަކަށް ހަތް ރުފިޔާ [އެއް ގަޑި އިރަށް 420ރ.]. މިހާރު އެ އަގު ވެސް މިއޮތީ 1،000ރ. އަށް ބޮޑުވެފައި،" ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ދޯނިފަހަރަށް ރޭގަނޑު މުދާ ބަރުކުރަން ވަރަށް ބޮޑެތި ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ބާޒާރުމަތީ ފިހާރަތައް ކުދި ކަމުން އަބަދުވެސް ގެނެސް ބަހައްޓާފައި ހުންނަނީ މަދު މުދާކޮޅެއް ކަމަށް ވިދާޅުވި އެވެ.

"މިހާރު އެ މުދާ ހުސްވީމަ، ފިހާރަ އަށް އިތުރަށް މުދާ ގެނެވޭނެ ގޮތެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އެހެން ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ޓްރެފިކް މައްސަލަ ހައްލުކުރަން މި ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިއަދު އަމަލްކުރަން ފެށި ގަވާއިދު އެހެން ބައެއް ގަވާއިދުތަކާ ފުށުއެރުންތައް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން އެބަ ޖެހޭ 10 ޖަހާއިރު ފިހާރަތައް ބަންދުކުރަން ވެސް. އެކަމަކު މިހާރު ދަންވަރު މުދާ ގެންނަން މި ޖެހެނީ، އެކަން ކުރެވެން މި އޮންނަނީ ދަންވަރު ފިހާރަތައް ހުޅުވައިގެން،" އޭނާ ވިދާޅުވި އެވެ.

"އޭރަށް އަނެއްކޮޅުން މަނާ ގަޑީގައި ފިހާރަ ހުޅުވީމަ ޖޫރިމަނާ ވެސް ކުރެވިދާނެ."

ހަމައެކަނި ރޭގަނޑު މުދާ އުފުލަން ޖެހުމުން ދިމާވާނެ މައްސަލަތަކާ މެދު މަޝްވަރާކުރަން ބޮޑެތި ކުންފުނިތަކުގެ ވެރިން ރޭ ވެސް މަޝްވަރާކުރި އެވެ.

އަޅުގަނޑުމެން "ނިންމީ ހިނގާށޭ މިއަދު ކުރިއަށް ދާން އޭރަށް އެންމެންނަށް ވެސް އެނގޭނެތާއޭ މި ދަތިތައް... މިނިސްޓަރު އަރިހަށް އަޅުގަނޑުމެން ގެންދިޔަ [އެކަމަކު] އެއީ އަޅުގަނޑު ދަންނަވާނީ މަޝްވަރާ ކުރަން ގެންދިޔަ ބައްދަލުވުމެއް ނޫނޭ. އެއީ ސީދާ މި ގަވާއިދު ތަންފީޒު ކުރަން ގެންދިޔަ ބައްދަލުވުމެއް،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

video icon

101 ކޮމެންޓް, 165 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 4%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނަސީމް

02 April 2018

ވިޔަފާރިވެރިންނައް ލިބޭވަރު އަދިވެސް މަދީ... ކިހިނެތް ދެން ހަދާނީ؟ ހިނގާ ވިޔަފާރި ވެރިންނައް ފަނޑެއް ހުޅުވަމާ، އޭރުން އެމީހުން ހިތްތިރި ވާނެ، ދެދުވަހަކައް! އޭގެ ފަހުން އަނެއްކާ އުތުރި އަރާނެ!

The name is already taken The name is available. Register?

އަޙްމަދް

02 April 2018

ވިއަފާރި ވެރިންނަކީ އެއްގޮތަކަސް މުދަލުގެ އަގު ހެޔޮކުރަން ބޭނުންވާބައްނޫން. އެބައި މީހުންނަކަށް ދުވަހަކުވެސް ފައިދާއެއްނުވޭ.

The name is already taken The name is available. Register?

ބަލާ

02 April 2018

ބޮޑު އުނދަގުލެއް ތި ވިޔަފާރި ވެރިންނަކާހެދި..ލިބޭވަރު މަދީތަ..ރައްޔިތުންނަށް ފަސޭހަޔައް ކަމެއްކުރާވާހަކަ ދައްކާއިރަށް އެ އލތނ ނަށް މަދު ވެދާނެތީ ތެޅިގަންނާނެ...ވ.ސަލާމް

The name is already taken The name is available. Register?

ސަމީރު

01 April 2018

ތިލަދުންމަތީ އުތުެުބުރީ ދިއްދޫގަ ހުރި އެސްޓީއޯ ފިހާރައަށްވެސް މިކަމުން ހާދަ ދަތިވާނޭ

The name is already taken The name is available. Register?

އަންނި 11

01 April 2018

ތީގަ އޮތް ޙައްލަކީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުން. އެއިރުން 2 ގެ ފަހުން މުދާ އުފުލާ ކަންތައް ކުރަން ޖާގަ ލިބޭނެ. އެމް.ޑީ.ޕީ ސަރުކާރުގަ 1 ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރަން ނިންމީ މިދުވަސް އަންނާނެކަން އިނގޭތީ. ވަރަށް ވެދުން.

The name is already taken The name is available. Register?

އަލީ.

01 April 2018

ވިޔަފާރިވެރިން އެއްބަސް ކިޔާލާފަ ބާޒާރު މަތީ ފިހާރަތައް ނުހުޅުވަންވީ

The name is already taken The name is available. Register?

ނެރު

01 April 2018

ރުޅި ގަދަވެފަ އަގު ބޮޑު ކުުރީމަ ހިނި އަންނަނީ ބޮޑު ކުރީމަ ނުގަންނާ ނަން އިގިއްޖެ

The name is already taken The name is available. Register?

ބައްތި

02 April 2018

ނުގަނެ ކަނީ މަގޫ ފަތް ތޯ؟

The name is already taken The name is available. Register?

ހަބޭސްބޭބެ

01 April 2018

ކޮން ރުޅި އެއް އަންނާކަށް. މިހާރުވެސް އެއްޗެހީގެ އަގު ނިސްބަތުން ބޮޑު. ދެން ވަރަށް މަދު ވިޔަފާރި އެއް ނޫނީ ހަގީގަތުގަ ރައްޔިތު މީހާއަށް ވިސްނައިގެން ވިޔފާރި ނުކުރޭ. ހަމަ މީހުން ފެލާލައިގެން ފައިސާ ގަނޑު ހޯދަން ބޭނުންވަނީ. ވަރިހަމަ ކޮންމެ އެއް ކަހަލަ ގޮތަކަށް ކޮންމެ އެއްޗެއް ވިއްކުނަސް. ރޭގަނޑު ހަމަ މުދާ ގެނެސް އެޅޭނެ. ހަމައެއް ލަމައެއް އުޞޫލެއް އޮވެގެން ނުވާނެ، ތިމާ ބޭނުންހާ ގޮަތަކަށް ކަންކުރެވެންޏާ ރަގަޅުވުން އެބަޖެހޭ ދޫކޮއްލާފަ ހެޔޮ ވިސްނޭ އަނެކާއަށް ގިނަމީހުނަށް ވިސްނަން. މިސަރުކާރުން ހިފަހައްޓާލަބަލަ. ހަމަ އޯކޭ

The name is already taken The name is available. Register?

ޙުދުހުދު

01 April 2018

ޢުލަދުފަހަރު އަހަރީފީ ކުޑަކުރާ ކަށް ނުވިސްނީތަ؟ މަސަތްކަތް ކުރެވޭ ގަޑި ކުޑަވާއިރު މިކަމައް ވެސް ވިސްނަބަލަ..

The name is already taken The name is available. Register?

falaku ain

01 April 2018

ޔާމީނަށް ޗެލެންޖް ކޮށްލެވޭނެ ބައެއް މިތެދުވީ. ލަހެއްނުވެ ހަމަބިމަށް ތިރިވާނެ. މުޅިފައި ބިމުގައި ޖެހޭނެ ފަހަރެއް މިފަހަރަކީ. ފުލުހުންނާއި ސިފައިން ނެރެގެން މިކަން މައިތިރިކުރެވޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454