ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީގެ ބައެއް ބާވަތްތައް. ކެރެޓް ކިލޯއެއްގެ އަގު މިހާރު ވަނީ 130ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރުބާޒާ
02 އެޕްރީލް 2018 - 11:19
މާލޭގެ ބާޒާރުން ކެރެޓް ހުސްވެ، ކެރެޓް ކިލޯއެއްގެ އަގު 130ރ. އުފުލިއްޖެ އެވެ.
ބާޒާރުމަތީ ފިހާރައެއް ހިންގާ މީހަކު ބުނީ ކެރެޓްގެ އަގު ބޮޑުވީ ބާޒާރުން ވަރަށް ބޮޑަށް ކެރެޓް މަދުވުމުން ކަމަށެވެ.
"ލަންކާ އިން ކޮންޓެއިނަރު އައުން ލަސްވެގެން ކެރެޓްގެ އަގު މިހާ ބޮޑަށް އުފުލިގެން މި އުޅެނީ. މާކެޓަށް އަންނަން އެބަހުރި ބައިވަރު ކެރެޓް ކޮންޓެއިނަރުތައް،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ ބާޒާރުގައި ކެރެޓް މަދުވެގެން އުޅޭތާ ހަފުތާއެއްހާ ދުވަސްވެއްޖެ ކަމަށެވެ. އަދި އެންމެ އަވަހަށް ވެސް މާލެ އަށް ކެރެޓް ގެނެވޭނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް އޭނާ ބުންޏެވެ.
ބާޒާރުގައި އާއްމުކޮށް ކެރެޓް ވިއްކަނީ ކިލޯއެއް 15-30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް ކެރެޓް ލިބުން މަދުވުމުން 50ރ. އަށް ވެސް މިދިޔަ ހަފުތާގައި ވިއްކި އެވެ.
"މި ސަރަހައްދުން އެންމެ އަވަހަށް ވެސް ކެރެޓް ގެނެވެން އޮތީ ޑުބާއީން. އެއާ ފްރައިޓްކޮށް ގެންނަން ކިލޯއަކަށް ފަސްދޮޅަސް ރުފިޔާ އަރާ. އެހެންވެ ނުގެނެސް މި މަޑުކޮށްލަނީ،" ގިނަ އަދަދަކަށް ކެރެޓް ގެނެސް ވިއްކާ ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެރެޓް ކިލޯއެއްގެ އަގު 50ރ. އަށް ވުރެ މައްޗަށްދާން ފެށުމުން އެ ފިހާރަތަކުން ކެރެޓް ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އަލުން ކެރެޓް ރާއްޖެ ގެނެވޭނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
02 April 2018
ޑިމާންޑް އެންޑް ސަޕްލައި ކާވް ދެ ދިމާލަކަށް ދަތުރުކުރާނަމަ މިހެންވާނެ.އެއީ ވިޔަފާރީގެ ހަމަ އޮންނަ ހަމައެއް.ނަމަވެސް ދިވެހި ވިޔަފާރިވެރިން އެއީ މިކަމުގަ ވެސް ހައްދަފަހަނައަޅާފަ ތިބިބައެއް.ސާންސްކްރިސްތު ބަހުގެ ''ވިޔާޕާރް'' ގެ މާނަ (ގަންނަ އަދި ވިއްކާ މީހާ / ނުވަތަ 02 މީހުން / 02 ފަރާތް) ބަހުން އައިސްފަ އޮތް ވިޔަފާރި މިބަހުގެ މާނަ ދިވެހި ވިޔަފާރި ވެރިން އެބަޖެހޭ ދަސްކުރަން.ހަމައެކަނި ވިކުރާ އިތުރު ކުރުމެއް ނޫން ދޯ މިގަ މުހިންމުވާންވީ. ލަދުކޮބާ ހޭ މަގޭ ހިތަށް އެބަ އަރާ.
ސާބަހޭ
02 April 2018
މިހާ ނިކަމެތިބައެއްމީ. އިންޑިޔާއާ ގުޅުން ކަނޑާލައިގެން މިފަދަ ނިކަމެތިކަމެއް ލިބުން ނޫނީ ދެން އޮތީ ކޮން ފައިދާއެއްތޯ؟ ހަމަގައިމުވެސް ޗައިނާއިން މިތަކެތި ގެނެސްގެން 15 ރުފިޔާއަށް ކިލޯއެއް ނުވިއްކޭނެ.
މައިޝާ
02 April 2018
ކަންތަކާ ޖެހުނީ.ރޯދަމަސް ކާރިވާތީ ތަކެތީގެ އަގު ބޮޑުވަނީ.އެންމެ މާތް މަސްވަރުވެސް ތަކެތީގެ އަގު ވަނީ ބޮޑު.ކިރިޔާވެސް އެއްޗެއް ލިބުން ދަތިވާއިރަށް ވާނެ އެއެއްޗެއް އަގު ބޮޑުކުރަން.ކިހާ ދެރަކަމެއްތަ އަަޅެ.
ަޕަރީ
03 April 2018
މީހަކަށް ރަނގަޅު ކަމެއް ކޮށްދީގެން ނުވާނެ. ކޮންމެ ކަމެއްވެސް ރާއްޖޭގަ ހައްދުފަހަނަ އަޅާފަ. އިސްލާމީ ރިވެތި އަދަބުތަކެއްވެސް ނެތް.
އސފ1234
02 April 2018
ގިނަވެގެގެން ކުނިވެގެން އުކާލަން ޖެހުނަސް އަގު ހެވެއް ނުވޭ. އެކަމަކު މަދު ވީމަ އަގުބޮޑު ކުރަނީ؟ ކެރެޓު ލިބުން މަދު ވިޔަސް ކަލޭމެން ވިއްކަން ފިހާރައަށް ލާފަހުރި ކެރެޓު ގަތީ ކުރީގެ ކުޑަ އަގަކަށްނު. އަމިއްލަ އެދުން ބޮޑުވިޔަސް ބޮޑުވަރު. ރައްޔިތުން ފެލާލަނީ. ސަރުކާރު ކޮބާ؟
ފެނޭ
02 April 2018
ފެނޭ ފެނޭ ދޯ
ތުނިޔަ
02 April 2018
ކެރެޓަކީ ވަރަށް ލޮލުގެ ފެނުން ރަނގަޅުކޮށްދޭ އެއްޗެއް.
ރައްޖެ
02 April 2018
ލޮލުގެ ފެނުމަށް ބޭނުން ވަނީ ބީޓާ ކެރޮޓިން----> ވައިޓަމިން އޭ. މި މާއްދާތަށް ހުންނަ އެއްޗެއް ކެރެޓަކީ. ހަމަ އެހެންމެ އެހެން މޭވާ ތަކުން ވެސް މިމާއްދާތަށް ލިބޭ.
ބުރުގާ
02 April 2018
ބަލަ، ޓޯކިޔޯގަވެސް ކެރެޓު ކިލޯ އެހާ ހެވެއް ނޫން. ދެން މިރާއްޖޭގަ ކީއްވެ ވަކި އަގު ހެޔޮވާންވީ. ދޯ މުއިޒޫ.
ހަސަންމަނިކުފާނު
02 April 2018
މަމެންނަށް އޯކޭ! މަމެންނަކީ ނެތް އެއްޗެއްނުކައި ތިބޭބައެއް!
ރަދީފް
02 April 2018
ހަސަން.އޯކޭ، ފެން ލިބެން ނެތްނަމަ ތިހެން ބުނާނަންތަ؟؟
އެހެންތޭ
02 April 2018
ކެރެޓަކީ އެއީ ދިވެހިން ކާ އެއްޗެއް ނޫން ދޯ މަމެންނަށް އިނގޭ ގޮތުގައި.
ދާލު
02 April 2018
މުދާ އުފުލާ ވަގުތާއި ގުޅިގެން އައި ބަދަލެއް ނޫން. ބާޒާރުން އެއްޗެއް މަދުވެލާއިރަށް ވިޔަފާރިވެރިން ނުޖެހޭ ބޮޑު ފައިދާއެއް ލާކަށް
މަށަށް އެނގޭނީ
02 April 2018
ވިޔަފާރިވެރިޔާ ކަންކުރަންވާގޮތް އެނގޭނީ ވިޔަފާރިވެރިޔާއަށް. ސަރުކާރުން ކަންކުރަންވާގޮތްވެސް ދާލަކަށް ނޭނގޭނެ.