ޗައިނާ ސަރުކާރުގެ އެހީގައި ހެދި ބްރިޖް މާލެ އާއި ހުޅުލެ ގުޅާލާފައި. މި ބްރިޖް އަންނަ މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނޭ. ފޮޓޯ: ހައުސިން މިނިސްޓްރީ
12 ޖުލައި 2018 - 14:31
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަށް "ސިނަމާލެ ބްރިޖް" ގެ ނަން ދީފި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހަދާ ބްރިޖުގެ ނަން ހާމަކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ބްރިޖަށް މިހާތަނަށް ކިޔަމުން އައީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެވެ.
މާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެންމެ ފުރަތަމަ އެޅި ފްލެޓްތަކަށް ވެސް ކިޔާފައި ވަނީ، ދިވެހިން ޗައިނާއަށް ކިޔާ ސީނުކަރަ އާއި ރާއްޖޭގެ ވެރިރަށް މާލޭގެ ނަމާ ގުޅުވައިގެން "ސިނަމާލެ" ފްލެޓް އެވެ.
ސިނަމާލެ ބްރިޖް މިހާރު ވަނީ އެއްކޮށް ގުޅާލައިފަ އެވެ. ބްރިޖްގެ އެންމެ މައި ދެ ތަނބުގެ ދެމެދު، ޗައިނާ އިން ހަދައިގެން ގެނައި ސުޕާސުޓްރަކްޗާ އިން މިދިއަ ހޯމަދުވަހު ގުޅުވާލުމަކީ، މި ދެ ރަށް އުފެދުނު ފަހުން އިންސާނީ ވަސީލަތަކުން ގުޅިގެން ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ ކަނޑު ހުރަސްކޮށް ރާއްޖޭގެ ދެ ރަށެއް ގުޅުވާލި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި އޯގަސްޓް މަހު ފަހުކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
ސިނަމާލެ ބްރިޖް މާލެ އާއި ހުޅުލޭ ކޮޅުން މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުންނެވެ. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ހަތް ތަނބުގެ ދެމެދުން ބްރިޖް ގުޅުވައިލީ ޗައިނާގައި ތައްޔާރު ކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިންނެވެ. އެ ބިޔަ ބައިތައް ގެނެސް ގުޅުވަން ފެށީ މާޗު 21، 2018 ގަ އެވެ.
CMFB ge rasmee dhivehi namakee "Sinamale Bridge". pic.twitter.com/lyKACwrYkN
— Dr.Mohamed Muizzu (@MMuizzu) July 12, 2018
މިނިސްޓަރު މުއިއްޒުގެ ޓްވީޓް
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާޒިރީ
13 July 2018
ކޮރަޕްޝަން ބްރިޖު ކިހިނެއް؟
އިއްސެ
13 July 2018
ހުޅުމާލޭގެނަން ނުވެސްގެންނަވާ، ހަމައެކަނި ސިނަ އާއި މާލެއިން ނަންދެއްވާފަ ނިންމާލެއްވީތޯ؟ ވަރަށްދެރަ ކޮންމެއަކަސް.
މަންސޫރު
13 July 2018
ލޯނުއެހީ. ލޯނުއެހީ ލިބިގެން ލަންކާ މީހުން ގައުމުން ބިން ވިއްކާ ހިސާބުގައި.
ފޫހި
12 July 2018
ބޯރިންގ... މިއަަށްވުރެ ރީތި ނަމެއް ކީނަމަ
ޜައޫފް
12 July 2018
ތި ތަނަށް ކިޔަން ފެންނަނީ ސީނުރާއްޖެ ބުރިޖް. އެ އިރުން ބޮޑަށް ސީނުކަރަޔާ ގުޅުންއޮންނާނީ.
ގެރިލޯބި
12 July 2018
ރާއަޖެތެރޭ މީހުން އުޅެނީ ރާއްޖެތެރޭގެ ސިއްހީ ފަރުވާދޭ ތަންތަނަކުން އެންމެ ކުޑަމިނުން އެކުސްރޭ ގަނޑެއްހާ މިންވަރު ނެގޭނެ ގޮތެއްވެސް ނެތިގެންނެވެ. މާލޭ ވެރިން އަހުރެމެން ރައްޔިތުންގެ ނަމުގައި ބޮޑަތި ލޯނުތައް ނަގައިގެން މާލޭގައި ބުރިޖާއި ، 10ބުރި، 12 ބުރި، 25 ބުރީގެ އިމާރާތްތައް ހަދާ ކަނޑުން ހިއްކައިގެން ބޮޑަތި ރަށްތައް އިމާރާތް ކުރަނީއެވެ. ވޯޓް ކާރިވީމާ ރަށްރަށައް ވަޑައިގެން ރަށުމީހުން ދެކެ މާބޮޑަށް ހެޔޮއެދޭކަމަށް ބުނެ ދަޅަ ދައްކާނެއެވެ.
ޓިނު
12 July 2018
ނަސީބެއްނުޔާމާލެނުކީކަން
ޢޭނަ
12 July 2018
ބުރިޖަށް ޝުކުރިއްޔާ ޢެކަމަކުވެސް ވޯޓެއް ނެތް އިނގޭތޯ
4567
12 July 2018
ތީހަމަ ހިޅުލެ ބުރިޖޫ ނޫނީ ނުކިޔާނެ. ހުޅުލެ ފެރީ، ހުޅުމާލެ ފެރީ ކިޔާ އުސޫލުން ހަމަ ކިޔާނީ ހުޅުލޭ ބުރިޖް.
އަހްމަދު123
12 July 2018
ވަރަށް އުފާވޭ ވަގުތު ސޭވްވެ ފަސޭހަ އިތުރުވެގެންދާނެ. އެކަމަކު އިންސާނުންތަކަކަށް ނުހައްގުން އަނިޔާދިނުމުގެ ލައިސަންސެއް ނޫން އަދި ކައްފާރައެއްވެސް ނޫން ތިޔަ މަޝްރޫޢުތަކަކީ އެއް.