10 ޖުލައި 2018 - 12:00
ޒުވާން ކުރެހުންތެރިޔާ ހަލީމާ އަބްދުލް ގަފޫރު، އާންމު ނަމުން ނަމަ ފާލިން، އަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ހުނަރުވެރިއެކެވެ. އިޖުތިމާއީ ކަންކަމާ ގުޅޭ ގޮތުން އޭނާ ކުރަހާ ކުރެހުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ. އެކަމަކު މިއީ އޭނާގެ ތަފާތު އެކަމަކު ވަރަށް އާދައިގެ މަސައްކަތެކެވެ. މާލޭ-ހުޅުލޭ ބްރިޖާއި ދެ ރަށުގެ މެދުގައި އޮތް ގާދޫކޮލާއި ހުޅުލޭގެ ބައެއް މައުލޫމާތުތައް ކިޔައިދނުމުން އޭނާ މި ވަނީ ފަސް ކުރެހުމެއް ކުރަހައިދީފަ އެވެ. ކޮންމެ ކުރެހުމަކުން ވެސް ހަނދާންތަކެއް އާވެ އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާ އިރު ވެސް މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅިދާނެ ކަމަށް ގަބޫލުކުރާނީ ވަރަށް މަދު ދިވެއްސެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކި އިރު އެކަމުގެ އާރުކާޓީންގެ ވިސްނުމުގައި އެ ހިޔާލު އޮތެވެ. އެކަމަކު އޮއި ގަދަ، ރާޅުބާނީ ވެސް ބޮޑު ގާދޫކޮލު ހުރަސްކޮށް ބްރިޖެއް ހަދަންޏާ ހިނގާނެ ހަރަދާއި އޭގެ ފަހުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވާނެތީ އޭރު އެއީ ހަމައެކަނި، އާއެކެވެ، ހިޔާލެކެވެ.
މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލެވިދާނެ ކަމާ މެދު 1960ގެ އަހަރުތަކުގައި ވިސްނާނީ ކިތައް މީހުން ބާވަ އެވެ؟ އެއީ ހަމައެކަނި މަސްވެރިކަމުގެ ދުވަސްވަރެވެ. ގާދޫކޮލުން އާގުބޯޓު ވަންނާނީ ހާލަކުން ފަހަރަކު އެވެ. އެ ދޭތެރޭގައި އާންމުކޮށް ދުއްވާނީ ކުދިކުދި މަސްދޯނިފަހަރެވެ. ގާދޫކޮލުގެ ނަން އެ އަންނަނީ ހުޅުލެ އޮތް ފަޅުގެ ދެކުނު ކޮޅުގައި އޮތް ކުޑަކުޑަ ރަށް ގާދުއާ ގުޅުވައިގެންނެވެ.
ހުޅުލެ އާއި މާލެއާ ދެމެދު ރިޔަލު ދޯނިފަހަރު ދުއްވަނީ: މި ކުރެހުމުގައި ދުރުން އެ ފެންނަނީ ގާދޫ (ކ) އަދި ހުޅުލެ.
ހުޅުލޭގައި ފުރަތަމަ އެއާޕޯޓް ހެދީ ވެސް ދެ ރަށް ގުޅުވާފައެއް ނޫނެވެ. ގާދުއަކީ ހުޅުލޭގެ ބަޔަކަށް ވެގެންދިޔައީ އެޕްރީލް 9، 1968 ގަ އެވެ. އެއީ ގާތްގަނޑަކަށް ދެ ހާހަކަށް ފޫޓުގެ ފަޅު ހިއްކައި، ދެ ރަށް ގުޅުވާލި ދުވަހެވެ. މި ބުރަ މަސައްކަތް ދިވެހިން ކުރީ މިހާރު މި ގެންގުޅޭ ކަހަލަ މެޝިނަރީޒްތައް ބޭނުންކޮށްގެންނެއް ނޫނެވެ. ދެ ރަށް ގުޅާލަން ޖެހުނީ ރަންވޭ ބޮޑުކުރާށެވެ.
މި ކުރެހުމުން ދައްކައިދެނީ 1968 ގައި ގާދު އާއި ހުޅުލެ އެއްކޮށްލަން ވެލި އަޅައިގެން ދިވެހިން ކުރި މަސައްކަތް.
މާލޭގެ ލޮނުޒިޔާރަތްކޮޅަކީ ވެރިރަށުގެ ހާއްސަ ބައެކެވެ. އެނަން ނިސްބަތްވި ޒިޔާރަތް މިހާރަކު ނެތެވެ. ޒިޔާރަތްތަކުގެ ބޭނުންކެނޑި، ކުރިން ދިވެހިން ދެމުން އައި ދަރަޖަ ވެސް ގެއްލި، ވީރާނާވީ އެވެ. ލޮނުޒިޔާރަތްކޮޅަށް ތަފާތު ބަދަލުތައް އަ އެވެ. އެގޮތުން މި ފަހަކާ ޖެހެންދެން އެ ސަރަހައްދުގައި ހުރި އެންމެ މަޝްހޫރު ތަނަކީ ސުނާމީ ބިނާ އެވެ. ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު 2004 ގެ ސުނާމީގެ ހަނދާނެއްގެ ގޮތުން ހެދި އެ ބިނާ ލޮނުޒިޔާރަތްކޮޅުގައި ބެހެއްޓީ 2005 ގަ އެވެ. އެކަމަކު ބްރިޖް ހަދަން އެ ސަރަހައްދު ހުސްކުރަން ސުނާމީ ބިނާ ނަގައި، މިހާރު ބަހައްޓާފައި ހުރީ މާލޭގެ ހުޅަނގު ފަރާތުގަ އެވެ.
މާލޭ-ހުޅުލޭ ބްރިޖް މާލޭ ކޮޅުން ގުޅޭ ސަރަހައްދުގައި ކުރިން ހުރި ސުނާމީ ބިނާގެ ކުރެހުމެއް
ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖެއް އަޅާނެކަމުގެ ވައުދު، ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ނުވަތަ އެ ބޭފުޅުންގެ އަނގަފުޅަށް އައީ 2008 ގަ އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ރައީސަކަށް އެކަން ހަގީގަތަކަށް ނުހެއްދެވުނެވެ. ބްރިޖްގެ މަސައްކަތަށް އެޅި ދަގަނޑު ޕްލެޓްފޯމަށް ވެސް އޭރު އާންމުންގެ ސަމާލުކަން ލިބުނެވެ. އެވަރުގެ ބޮޑު ފާލަމެއް، ކަނޑުގައި ނުވަތަ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑުގައި މީގެ ކުރިން އަޅާފައެއް ނުވެ އެވެ. އެ ފާލަމާ އެކު އެއްގަމާއި ކަނޑުގެ ބަރު އުޅަނދުތައް ވެސް ބްރިޖް މަސައްކަތުގައި ބޭނުންކުރި އެވެ.
ބްރިޖްގެ އަމަލީ މަސައްކަތަށް ބޭނުންކުރަން މާލެ އާއި ހުޅުލެއާ ދެމެދު ދަގަނޑުން ފާލަމެއް އެޅި
މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދަނީ ކޮންކްރީޓް ޝީޓްތަކުންނެވެ. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލަނީ ޗައިނާގައި ތައްޔާރުކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިންނެވެ. އެ ބިޔަ ބައިތައް ގެނެސް ގުޅުވަން ފެށީ މާޗު 21، 2018 ގަ އެވެ. އަދި ކަނޑުގެ މެދުގައި ޖަހާފައިވާ ބިޔަ ދެ ތަނބުގެ ދެ ދެމެދު އެ ސްޓްރަކްޗާ އިން ޖުލައި 9، 2018 ގައި ގުޅާލުމުން، ތާރީޚުގައި ފުރަތަމަ ފަހަރަށް މާލެ އާއި ހުޅުލެ، އިންސާނީ އުފެއްދުމަކުން ގުޅުނީ އެވެ. އެކަން އިއްޔެ އެ ވަނީ ނިމިފަ އެވެ.
މާލޭ-ހުޅުލޭ ބްރިޖް: މި ބްރިޖް ހުޅުވުމާ އެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ދަތުރުފަތުރުކުރުމުގެ އާ މަގެއް ތަނަވަސްވާނެ
ހައުސިން މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތީ ބްރިޖް މުޅިން ގުޅުވާލުން އިއްޔެ ފާހަގަކުރާ ގޮތަށެވެ. އެކަމަކު މިހާރު ވަނީ އެ ރަސްމިއްޔާތު ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
11 July 2018
ޝުކުރިއްޔާ ރައީސް ޔާމީން! ކަމެއް ކޮށްދިނީމާ ޝުކުރު އަދާކުރަންޖެހޭނެ ދޯޯ؟
އަލިފުތާބެއްޔާ
10 July 2018
ކޮރަޕްޝަންގެ ވާހަކަ ފަށަންވީީ ނަޝީދު އާ ހިސާބުން. ނަޝީދުގެ ވެރިކަމުގަ ދައުލަތުގެ މާލިއްޔާ ހުސްވެ ދައުލަތް ބަނގުރޫޓްވުމާ ހަމަޔަށް ދިޔަ އިރު ރައީތުންނަށް ކޮއްދެވުނު ކަމަކަށްވާކަހަލަ ކަމެއްފެންނަންނެތް. ދެން ހަދާނެގޮތެއްނޭގިގެން ޔާމީން ކައިރީގަ ހަދަންވީކިހިނެތްތޯވެސް އެހި. ހަދާންހުރި މީހުންހުންނާނެ ޔާމީނަށް އެމް.ޑީީ.ޕީީ ހަރުގޭގަ އެދުވަސްކޮޅު ނަސީދުގެ ދުލުން ކުރި ތައުރީފާ ސަނާ. ސީދާ ނަޝީދުގެ އެންގުމަށް އޭރުގެ ފިނޭސްމިނިސްޓަރު ކާރުކޮޅުގަ ބައްދަލުކުރިކަން އެގިގެން އެމް.ޑީީ.ޕީީ އެކްޓިވިސްޓުން ވާނުވާގަ ގޮއްސަ މިނިސްޓަރާ ދިމާކޮއްލިކަން އޭރުގެ ހަބަރުތަކުން ފެންނާނެ. އަލްހާން ފަހުމީީ ކައިރީގަ އަހާބަލަ އަންނި ދައުލަތް ބަނގުރޫޓްވެގެން ގޮތްހުސްވެގެން ޔާމީންއަށް ވެރިކަމުގެ ބާރުތައް ހިއްސާކުރަން މަސްވަރާކުރީމަ ޕާޓީގެ ހައްގުގަ އަލްހާން އެކަމަށް ދެކޮޅުނުހަދަންތޯ. މީީ ވ.ވާހަކަ
ސިންތިލީ ވޫމް
10 July 2018
ދައުލަތުގެ މާލިއްޔާތު ހުސްވެ ދައުލަތް ބަނގުރޫޓްވެފަ އޮތީ މައުމޫނު ބޭ ފޭބި އިރުވެސް "ޔާމީން މެން ގެ ދިރިއުޅުން ސަލާމަތްކުރަން" ނަޝީދު ދިވެހިން ވިއްކާ ފައި ކަން ކުރި ނަމައް "މާލޭ" މީހުން ގެ ބުރިޖު އެޅިފައި އޮތީސް. އަދިވެސް އަގަ އަރުވާ...
ސިންތިލީލި ވޫމް
10 July 2018
ސިންތިލީ ވޫމް އަށް މާބޮޑައް އެނގެނީ ކަންނޭގެ...
ކުރިކީލަ
10 July 2018
ކުދި ކުދި ރަށްތައް އެއްފެންވަރަކަށް އެއްވެސް ސަރުކާރެއްގައި ނުކުރެވޭނެ. ބުއްދިވެރީ އެއްފަސް ކުރުން. އެއްފަސް ކުރުމުން އެއް ހޮސްޕިޓާ، އެއް ހާބަރު، އެއް ސުކޫލު މިހެން ގޮސް ބައިވަރު މުހިއްމު އަދި އަސާސީ ހިދުމަތް ދޭ ތަންތަނަށް ދާނެ ޚަރަދު ކުޑަކުރެވޭނެ. ތަރައްޤީއަކީ އަގުހުރިކަމެއް. ކޮންމެ ރަށަކަށް އެއްފެންވަރަކަށް ހެޔޮ އަގުގައި މި ކަން ކުރާނެ ލާރި އެއް ނެތް މިތަނަކު. ލިބޭ އެއްޗަކުން އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފަން ޖެހޭނެ. މި ސަރުކާރުން ކުރާ ރަނގަޅު ކންތައް ބަލައިގަންނަން. ނަމަވެސް މައްސަލައަކީ މިކަހަލަ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތް ކޮށް ނިންމާއިރު ވަކި ބއެއްގެ ޖީބުތައް ފުރޭތީ. ރައްޔތުންގެ ފައިސާއަށް ހިޔާނާތެރިވާތީ.
މުރާސިލު1
10 July 2018
ޚަރަދު ކުޑަަކުރުމުގައި އޭގެ އެހެނިހެން ކަންތައްތަކަށްވެސް ބަލަން ޖެހެއެވެ. އެއް ހޮސްޕިޓަލަށް ހަދައިގެން ތިޔަ ކިޔާ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ނަންބަރު ލިބެނީ 3 - 4 މަސް ފަހުންނެވެ. ސިއްހީ ކަންތައްތައް ތަކުގައި ޑައިގްނޯސްކުރަން 4 މަސް މަޑުކުރަންޖެހޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންކަމުން އެއް ހޮސްޕިޓަލާއި އެއް ސްކޫލާއި އެއް އޮފީހުގެ ވާހަކައަކީ މީހުްނނަށް ބަލައިގަންނަން އެހާ ފަސޭހަ ވާހަކައަކަށް ނުވަނީއެވެ. ރާއްޖޭގައި ދިރިއުޅޭ 3 ލައްކަ މީހުންގެ އަާބާދީއަށް ޚިދުމަތް ކުރަން އެންމެ ސްޕެޝަލިސްޓަކު ކުރާނީ ކޮންކަމެއްތޯ. .އެހެންވީމަ ދޯ ކޮންމެ އަތޮޅޭއްގައި ލާމަރުކަޒީ އުސޫލުން ތިޔަ ކިޔާ ޚިދުމަތްތައް ފުޅާކުރަން ރައްޔިތުން ރޮއި އާދޭސް މިކުރަނީ.. އެކަމަކު ވެރިންގެ ވިސްނުންހުރީ ޖީބަށް ބޮޑުވާގޮތަށް ރައްޔިތުން ފެލަންވިއްޔާ..
ކަފާ
10 July 2018
މުރާސިލް1. ވެރިކަން ކުރާ ރަށުގައި ހުރި އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އައިޖީއެމްއެޗް ރަނގަޅު ނުކުރެވޭއިރު ދެން ކިހިނެއްތޯ އެހެން ތަނެއް ރަނގަޅު ކުރާނީ؟ އެއްފަސް ކުރުމުން އެއްދިމާލަކަށް ފޯކަސްވެ އެ ދިމާލަކުން ލިބޭ ޙިދުމަތުގެ ކޮލެޓީ އެތައް ހާސް ގުނައަކަށް ރަނގަޅުވާނެ ނޫންތޯ؟އެތައް ސަތޭކަ ފޭކު ޑޮކްޓަރުން ގެނަސް ރައްޔިތުން ހިތްހަމަ ޖެއްސުމުގެ ބަދަލުގައި މޮޅެތި ޑޮކްޓަރުން ހޯދުމުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ނުވާނެތޯ؟
ހަސްނާ
10 July 2018
އެމްޑީޕީ މެނިފެސްޓޯއަށް ނުވަތަ އެ ބޭފުޅުންގެ އަނގަފުޅަށް ބުރިޖް ހިޔާލު އައިސް ސާރވޭތައް ކުރެވި ރިޕޯޓް ތައް ހައުސިންމިނިސްޓަރީ ވެބްސައިޓްފައި ޖަހާފައިވޭ. ފަހުން އެ ރިޕޯޓް ތައް ވަނީ 7 ފެބްރުއަރީ 2012 ގައި އައި ސަރުކާރުން ފޮހޮލާފަ. ބުރޖްގެ ކުރެޑިޓް ރައިސް ނަޝީދު އަދި ޔާމިން އަށް ހައްގު
މެނިފެސްޓޯކިޔާމީހާ
10 July 2018
ތިޔަބުނާ މެނިފެސްޓޯއަކުނެތް ތިޔައެއް އިންޖިނޭރުން ދުނިޔައަށް އުފަންނުވާތީ.
ރާއްޖެ
10 July 2018
އެއްޗެއް ކުރެހިދާނެ އެކަމު ފިޒިކަލީ ކުރެވޭނީ ވަރަށް ގިނަ ފަންނީ ތަޖުރިބާކާރުންނަށް.އަންނި ދެއްކީ ފޭކު އެއްޗެއް
ސުހާގް
10 July 2018
ހަސްނާ.. ނަޝީދު ބްރިޖް ވާހަކަ ދެއްކީވެސް މޫންބޭ މެރީނާއެއްގެ ވާހަކަ މައުމޫންއަށް ނިސްބަތްކޮށް ދެއްކީމަ އެކަމަށް ހަޖޫޖަހަން..
ބަރާބަރު ޢ ޢަޒީޒް
10 July 2018
އޮޅުވާނުލާ. ބްރިޖްގެ ވާހަކަ މައުމޫން ދެއްކެވުމުން އެކަމަށް ނަޝީދު ޖެހީ ޖޯކް. ނަޝީދަކީ އެކްޓިވިސްޓެއް. ވިޝަނަރީއެއް ނޫން. އެހެންވީމާ އޭނާގެ ޚިޔާލަށް އެކަހަލަ ކަމެއް ނާންނާނެ. އޭނާގެ ވެރިކަމުގައި ހޯދުނު ކާމިޔާބަކީ އެތައް މިލިއަނެއް ޚަރަދުކޮށްގެން 60 ފޫޓްގެ ޖެޓީއެއް ބޭންކް އޮފް ސިލޯން ކުރިމައްޗާ ދިމާލުން ހެދުމާ ކުރީގެ ޕޮލިސް ކޮމިޝަނަރ ބޭނުން ކޮށްގެން ހުރިހާ ސައިކަލެއްގެ ލައިސަންސް ޕްލޭޓްތައް ގަދަކަމުން ބަދަލުކުރުވުން. ޢެންޑް ޢަބްދުއްﷲ ޤާޟީ ކިޑްނެޕްކުރުން.
އިސްލާހު
10 July 2018
ޔާމީނުގެ އަނިޔާވެރިކަމާއިިދެކޮޅު ނަަމަވެސް. ތަރައްޤީ އަށް މިސަރުކާރުން ކުރި މަސައްކަތް ތަކަކީ ޝުކުރުވެރިވުން ހައްޤު މަސައްކަތްތަކެއް ކަމަށް ޤަބޫލު ކުރަން
މަ މިއު މަ
10 July 2018
ތިހެން ތި ބުނެވެނީ 'އިސްލާހު' އަށް ތަރައްގީ އަކީ ކޮބާ ކަން ނޭނގޭތީ
އެދުރުގެ
10 July 2018
ތަރައްގީއަށް ކުރާ މަސައްކަތަށް ކުރާ ޚަރަދު ހުސް ޖީބުން ދައްކަންޖެހި ލޮލުން ކަރުނަ ހިލޭ އިރު ހިތުން ޝުކުރުވެރިވުން އުދަގޫވާނެއެވެ. ކޮންމެ ކަމެއްގެ ވެސް ދެކޮޅު އޮންނަކަން ވިސްނަން ޖެހެއެވެ.
މުހައްނަދު
10 July 2018
ތަމީމުއަށް މަރުހަބާ ހަަމަ.
އަލިފް
10 July 2018
ބްރިޖް ހަދަން ތިޔަ ހޭދަ ކުރި ފައިސާ އަކީ ރާއްޖޭ އުތުރާއި ދެކުނުގެ އިގްތިސާދީ ދެޒޯން ތަރައްގީ ކުރެވޭނެ ފައިސާއެވެ. ރަށްރަށުގަ ގިނަ މީހުން އުޅެނީ ކުރިއެރުމެއް ނެތި ވ ހާލުގައެވެ. ބްރިޖް ގެ ސަބަބުން ފްލެޓް ތަކުގެ އަގު ބޮޑުވެގެން ދާނެއެވެ. މާލެ އިތުރައް ތޮއް ޖެހޭނެއެވެ. ފާލަމާއި ނަރުދަމާ ހަދާފަ ބޮޑު ރަސްމިއްޔާތެއް ބާއްވާފަ ރަށު ރައްޔިތުން އެއް ކުރީމަ އެއީ ތަރައްގީއެއް ނޫނެވެ. ލޯނުނަގާފަ އޮތް ވަރު އެނގޭ ބަޔަކުނެތެވެ. ދަރީންގެ ދަރީން ލޯނުތައް ދައްކަން ތައްޔާރުވާށެވެ.
ޒަނީނު
10 July 2018
ކޮސް ނުގޮވާ
ޕީކީ ބްލައިންޑާރ
10 July 2018
ބްރިޖް ހަދަން ބޮޑުބައި ލިބުނީ ހިލޭއެހީގެ ގޮތުގައި.
ުބުރިޖު
10 July 2018
ބުރިޖުގެ އަގަކީ 220 މިލިޔަން. ޗައިނާިން ބުނީ ހިލޭ ދޭނަމޭ 100 މިލިޔަން އަނެއް 100 މިލިޔަން ދޭނަމެ ލޯނަށް. ބާކީ 20 މިލިޔަން ބަޖެޓުން ހަމަޖައްސާށޭ. ދެން މި 220 މިލިޔަން މި ދެނީ ޗައިނާގެ ސީސީސީސީ ކިޔާ ކުންފުނޏަށް. އެއަށްފަހު އެއްކަލ ލޯނަށް ނެގި 100 މިލިޔަން މިދައްކަނި އިންޓެރެސްޓާއެކު ޗައިނާއަށް. އެހެން ވީމާ ޗައިނާއިނަ 100 މިލިޔަން ހިލޭ ދީގެން 330 މިލިޔަން ދިވެހީން އަތުން ހޯދައިފި. ވަރައް ފައްކާ އަދި ދީލަތި އެހީއެއް.
ދެރަވަރު
10 July 2018
ކާބަފައިންގެ ހީވާގިކަމާއި ބުރަ މަސައްކަތް ގާދޫއާއި ހުޅުލެގުޅާލި ހިސާބުން ފެނިގެންދިޔަ. އެކަމަކު އެކަމަކު މިއަދު ކުރުނބާއެއް މަށަންވެސް އެ ކާބަފައިންގެ ދަރިންނަށް ނޭންގޭ. ކީއްވެ؟
ކުންޑްލިސް
10 July 2018
ރައީސް ޔާމީނަކީ ޤަބިލް އަދި ކަންކަން ކުރަން އެނގޭ ބޭފުޅެއްކަން ހިތާދެކޮޅަށްވެސް ޔަޤީން ކުރަންޖެހޭ. 2008 ގައި ނަޝީދު ހޮވުމާއެކު ރާއްޖެ ހަލަބޮލިވުން ނޫންކަމެއް ނުވި. ތަރައްޤީ ހުއްޓި ވޯޓްދިން މީހުން މާޔޫސް ކުރުވި. އޮޕޮޒިޝަން ގައި އޮބިއަޅައިގެންވިޔަސް ރާމީން ކޮށްދެއްވާކަންކަމަށް ޝުކުރިއްޔާ. އޮބިނާޅައި އެއްކަމެއްވެސް ނުކުރެވޭނެ. އެއީ ސިޔާސީ މީހުންނަކީ އަމިއްލަ އެދުމުން ތެތްވެ ފޯވެފައިތިބި ބަޔަކަށްވާތީ.
ބަރާބަރު ޢ ޢަޒީޒް
10 July 2018
2008 ގައި ބްރިކްގެ ވާހަކަ މައުމޫން ދެއްކެވުމުން ކޮން ބްރިޖެއްގެ ވާހަކައެއްހޭ ބުނެ އެންމެ ލެވެލެ ބަހުން ނަޝީދު ހަޖޫޖެއްސެވި ވާހަކަ ހިމަނާލިނަމަ ސަޅިވެފަ ފުރިހަމަވީސް.
މޮޔަ ޔމނ
10 July 2018
ކޮރޮޕްޝަންގެ ވާހަކަވެސް ޖަހާލިނަމަ ވަރަށް ފުރިހަމަވީސް .. މިސަރުކާރުގެ..
ހޭޖެހޭ
10 July 2018
ކޮރަޕްޝަނާ ގުޅޭ ޚަބަރުތަކުގައި ކޮރަޕްޝަންގެ ވާހަކަ ލިޔާނެއެވެ. ބްރިޖާބެހޭ ޚަބަރުތަކުގައި، ބްރިޖާބޭހޭގޮތުން ރާއްޖޭގެ މަސްހޫރު ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތައް ހިމަނާލުމަކީ ރަނގަޅު ކަމެކެވެ.
ހުޅު ނަޝީދު
10 July 2018
ކޮރަޕްޝަންގެ ވާހަކަ ނުޖެހެ މިތާ ދައްްކާކަށް. މިހާރު ތިތޔަ ބުރިޖެއް އަޅާތީ ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭންގޭ ހިސާބަށް ދިޔައީ ދޯ؟ ނަޝީދު ދެއްކި ވާހަކައަކީ ސީދާ ބްރިޖާ ގުޅޭ ވާހަކައެއް.
ބަރާބަރު އ އަޒީޒް
10 July 2018
ބުނަން ވާހަކައެއް. އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާނެ ކަންކަމާ ބެހޭ ޕޮލިސީ ހިފަނާފައި އޮތްތޯ ބަލާލައްޗޭ. 2008 އަހަރުގެ މެނިފެސްޓޯ އެކަން ހިމަނާނެތޯ އަޅުގަނޑު ޕާރޓީގެ ލީޑަރޝިޕް ބޭކަލެއްގެ ކައިރީގައި އަހާލިން. ޢަދިވެސް މިހުރީ ޖަވާބުގެ އިންތިޒާރުގައި.