ވާވޭ ޓެކްނޮލޮޖީޒް އަކީ ވާވޭ ސްމާޓްފޯން އުފައްދާ މައި ކުންފުނި. ޗައިނާ އަށް އުފަން ވާވޭ ބުނާ ގޮތުގައި 2021 ލައިގަތުމުގެ ކުރިން ސްމާޓްފޯން މާކެޓްގެ ރަސްކަން އަތުލާނެ
29 ނޮވެމްބަރ 2018 - 14:52
ޗައިނާގެ ވާވޭ ކުންފުނީގެ 5ޖީ ޓެކްނޮލޮޖީ ބަލައިނުގަތުމަށް ނިއު ޒިލެންޑުން ނިންމައިފި އެވެ.
މުވާސަލާތީ ހިދުމަތް ދޭ ނިއު ޒިލެންޑްގެ ކުންފުނި ސްޕާކް ނިއު ޒިލެންޑުން ވަނީ ވާވޭއާ އެކު 5ޖީ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެކަން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ހުއްޓުވާފަ އެވެ.
މިގޮތަށް ހުއްޓުވީ ވާވޭގެ އިކުއިޕްމެންޓް ބޭނުންކޮށްފި ނަމަ ސެކިއުރިޓީ މައްސަލަތައް ދިމާވެދާނެ ކަމަށް އެގައުމުގެ އިންޓެލިޖެންސް އޭޖެންސީން ބުނުމާ ގުޅިގެންނެވެ.
އެކަމާ ބެހޭ ގޮތުން ވާވޭ އިން ބުނީ ނިއު ޒިލެންޑުގެ ގަވާންމެންޓް ސެކިއުރިޓީ ބިއުރޯ (ޖީސީއެސްބީ) އާ މިހާތަނަށް ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ. އެކަމަކު ވާވޭ އިން އަދިވެސް އަންނަނީ ނިއު ޒިލެންޑުގެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
ވާވޭ އިން ބުނި ގޮތުގައި ސެކިއުރިޓީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް ނިއު ޒީލެންޑުގެ ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އެފަދަ ކަމެއް ހިނގިކަމުގެ ހެކި ދެއްކިފައެއް ނުވެ އެވެ.
ވާވޭއިން 2005 އިން ފެށިގެން ނިއު ޒިލެންޑްގައި އަންނަނީ މުވާސަލާތީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެގައުމުގައި 4ޖީ ނެޓްވޯކް ގާއިމްކުރަން ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނީ ވެސް ވާވޭ އިންނެވެ. އަދި މި އަހަރުގެ ކުރީކޮޅުން ފެށިގެން ވާވޭއިން އަންނަނީ ސްޕާކްއާ އެކު 5ޖީ ޓެކްނޮލޮޖީ ޓެސްޓްކުރަމުންނެވެ.
ނިއު ޒިލެންޑްގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ވާވޭގެ ސާމާނު ބޭނުން ނުކުރަން އެ ގައުމުގެ ކުންފުނިތަކަށް ގޮވާލައިފަ އެވެ. ވާވޭ އިން 5ޖީ ޓެކްނޮލޮޖީއަށް އަމާޒު ހިފާފައިވާ އިރު އެ ޓެކްނޮލޮޖީގެ ތެރެއިން ނެޓްވޯކް އިތުރަށް ބަލިކަށިވެ، ސައިބަ އެޓޭކްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމެރިކާއިން ބުނެ އެވެ.
އެމެރިކާގެ އެ ތުހުމަތުތަކާ މެދު ވާވޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތް ދޭ 50 ކުންފުނީގެ ތެރޭގައި ހިމެނޭ ވާވޭ އިން ބުނީ އެ ކުންފުނިން ބޭނުންކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ސާމާނު ކަމަށެވެ.
ވާވޭ އިން އަންނަނީ ދުނިޔޭގެ 170 ގައުމެއްގައި މުވާސަލާތީ އެކި ހިދުމަތް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ސާހު
29 November 2018
ރާއްޖެކުރާނެ