މީރާގެ އޮފީީސް: މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ލިބުނު -- ފޮޓޯ/މިހާރު
14 އެޕްރީލް 2019 - 11:48
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.51 ބިލިއަން ރުފިޔާ އަކީ ލަފާކުރި މިންވަރަށް ވުރެ 15 ޕަސެންޓް ދަށް އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު ވެސް 2.1 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހުގެ އާމްދަނީގެ ވެސް އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 732 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 48 ޕަސެންޓެވެ.
ދެވަނައަށް އެންމެ ގިނައީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ލޭންޑް ރެންޓްގެ ގޮތުގައި 355 މިލިއަން ރުފިޔާ ލިބުނެވެ.
ލަފާކުރި މިންވަރަށް ވުރެ އާމްދަނީ ދަށްވި ސަބަބެއް ކަމަށް އެ ހިސާބުތަކުގައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާތައް ބައެއް ފަރާތްތަކުން ނުދެއްކުމެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ 1.1 ބިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 72 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައްޓު
15 April 2019
ތިޔަތާގެ ސީޖީއާއި ޑެޕިއުޓީއާ ދެމީހުން ނޫނީ ނޫޅޭނެ ދައުރު ހަމަނުވާ ބައެއް. މީދެން އަޖައިބެއް.
ލަގަން
14 April 2019
މީރާއިން ކުދިވިޔަފާރިން ނުވާ ފައިދާ ޕޮޖެކްޓްކޮށް އާންމުން ފެލަނީ. ތިމީހުންގެ އޮފީސް ހުންނަރަށްރަށުގަ އެމީހުންގެ މުއަށްޒަފުންނަށް ދޭވަރަށްލާރި ފެލައިލާ. ނެތްރަށްރަށުގަ މީހުން އުފަލުގަ. މީސަރުކާރުން ބަލަންޖެހޭ މަށްސަލައެއް. އިކޮނޮމިސްޓުން ހައްތާވެސް، ކުދިވިޔަފާރިތައް އެކަމަކު ބަންދުކުރަން ޖެހެނީ މަންފާނުވާތީ.
ހުއްބުލްވަތަން އަސްލު
14 April 2019
މީރާއަކީ ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ޒިންމާ އަދާކުރަންޖެހޭ އިދާރާ. ނަމަވެސް މީރައިން ބައެއް ފަހަރު ޓެކުހުގެ ގާނޫނު ބަޔާންކުރާ މިންވަރުން ބޭރުން ޓެކްސް ނަގަމުންދޭ. ޤާނޫނު ބައްޓަންވެފަ އޮތްގޮތުން މީރާއިން ކިތަންމެ ބޮޑު އަދަދެއް ކަނޑައެޅިޔަސްވެސް ހަގީގީ މާނައިގާ ދެކޮޅުހެދެން އޮތީ ނާއިންސާފުން ކަނޑައެޅި އަދަދުވެސް ދައްކައިގެން. އެހެންވީމާ ގިނަ ވިޔަފާރި ބަނގުރޫޓުވުމަށް މަގުފަހިވޭ. އާސަރުކާރުން ވިސްނާންޖެހޭ ކަމެއް މީ. ވެދުން
123456ފ
14 April 2019
އިންކަމް ޓެކްސް ނަގަންފަށަނީ ކޮންދުވަހަކުންބާ؟ ހައްތާވެސް ރައްޔިތު މީހާ ފެލައިގެން އުޅޭސްޓައިލް. އެކައުންޓްތަކުގައި މިލިޔަނުން ފައިސާ ގެންގުޅޭ މީހާ އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭ.
ހިގޮ
14 April 2019
ލިބޭނެއްނު ދެމީހަކު މާޜަމާރީ ހިންގިޔަސް އަނިޔާލިބުނު މީހާގެ ހައްގައް ވުރެ ބޮޑަށް ބަލަނީ ސައިކަލް ރޯޑް ވާދިނަސް ހަމަތޯ ވިއްޔާ ވަގުތުން ރުފިޔާ ވިއްޔާ ދޭނަޖެހެނީ