އައިއެމްއެފްގެ ވަފުދުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ޖަމާއަތަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ޑެޕިއުޓީ ޑިވިޝަން ޗީފް ފިލިޕް ކަރަމް ނޫސްވެރިންނާ މިދިޔަ މާޗު މަހު ޔަވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
10 ޖޫން 2019 - 23:45
މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 6.5 ޕަސެންޓްގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފް އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާ ފުޅާވެ، އިންވެސްޓްމެންޓްތައް އިތުރުވެ، ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއަހަރުގެ އިގްތިސާދީ ދުވެލި ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފް އިން ބުނެފައިވާ އިރު މިިދިޔަ އަހަރުގެ އިގްތިސާދީ ކުރިއެރުން ހުރީ 7.5 ޕަސެންޓްގައި ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފް އިން މިހެން ބުނެފައިވާ އިރު ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ކުރިއަށް އޮތް ތިން އަހަރު ވެސް ހުންނާނީ އެވްރެޖްކޮށް ފަސް ޕަސެންޓްގަ އެވެ. މިއީ ސަރަހައްދީ ގައުމުތައް ކަމުގައިވާ އިންޑިއާ އާއި ބަންގްލަދޭޝް އާއި ނޭޕާލަށްވުރެ ދަށް ކުރިއެރުމެކެވެ.
އައިއެމްއެފް އިން ބުނީ އުމްރާނީ ތަރައްގީގެ އާ މަޝްރޫއުތަކާ އެކު ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރެވޭނެ ކަމަށެވެ. އާ ސަރުކާރުގެ ސިޔާސަތުތަކާ އެކު ވެސް ހަރަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އައިއެމްއެފް އިން ބުނެ އެވެ.
އެހެން ނަމަވެސް ޓެކްސްގެ އާ އުސޫލުތަކާ އެކު ރާއްޖޭގެ އިތުރުވަމުންދާ ދަރަނީގެ މައްސަލައަށް ލުޔެއް ހޯދޭނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. ރާއްޖޭގެ ދަރަނީގެ މައްސަލައަށް އަވަސް ހައްލުތަކެއް ބޭނުންވާކަމަށް އައިއެމްއެފް އިން ފާހަގަކުރެ އެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލު ކުރުމަށްޓަކައި ލިބޭ ދަރަނި ކުޑަކޮށް، އާމްދަނީ އާއި ކުރާ ހޭދައިގެ ފަރަގު ކުޑަ ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެެ އިދާރާ އިން ވަނީ ސޮވަރިން ޑިވަޕޮލްމެންޓް ފަންޑް އުފެއްދުމަކީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށާއި މޮނިޓަރީ ޕޮލިސީ ހަރދަނާ ކުރުމަށްޓަކާއި އެމްއެމްއޭއަށް ބޭނުންވާ ފަންނީ އެހީ އިތުރު ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮބީ
11 June 2019
ޒިންމާދާރުކޮށް މިފަދަ ރިޕޯޓު ތަށްޔާރުކިށްބާ... އޮޅުވާނުލާ
ރާއްޖެ
11 June 2019
މިދިޔަ އަަހަރު 7.5 ގަ ހުރި އެއްޗެއް މި އަަހަރު 6.5ގަ ހުރީމާ އެއޮތީ ދަށްވެފަ. ސޮވަރިން ފަންޑް އުފެއްދީ ޔާމީނު. ހެޑިން ރީތިކޮއްލާފަ ހަބަރު ޖެހިޔަކަސް ނުވާނެ. ޢެއްވެސް ކަމެއް ނުކޮށް ގޮނޑި ހޫނުކޮށް ތިބެ ވެސް 1.6 ބިލިޔަން ދަރައިފި.
މޯދީގެބޭބެ
11 June 2019
އަވަހަށް ތެޅި އަރުވާލާފަ ނިވްސް އޮއްބާލެވޭތޯ ޖެހި ރޮކެޓެއް މިއީ! ދެން ތިބެނީ މޮޔައިންވީމާ ވާނުވާގަ! ބައެއް ދިވެހިންގެ ގަމާރުކަންްވެސް ދޯ......
ރޔޒ ރށދ
11 June 2019
ދެ ރިޕޯޓުން ވެސް ދެއްކީ ދަށަށް ދާ ތަން. އެލަތިން ބުނީ ކުރިން 6 އެއްގަ ހުރި އެެއްޗެއް 5 އަކަށް ވެއްޓޭނެޔޭ. އަނެކަތިން ބުނީ 7 ގަ ހުރި އެއްޗެއް 6 އަކަށް ވެއްޓޭނެޔޭ. ޖަޒީރާ އަށް މަރްހަބާ
ހާމިދު ޝާހިދު
11 June 2019
އައިއެމްއެފްއަށް އިންޑިއާ އިން ގުޅާ، އަދި އަންނި އެމެރިކާ އަށް ގުޅައިގެން އާދޭސް ކުރަން ފެށުމުނ،ް އޮޅުވާލުމަށް ނެރުނު ރިޕޯޓެއް މިއީ. ރާއްޖޭގެ ކޮންޓްރެކްޓަރުން ދަނީ، އެމީހުން މަސައްކަތް ކުރުވަން ގެނައި ބިދޭސީންވެސް ފޮނުވާލަމުން. އިންޑަސްޓްރީ އަޑި އަޅާލައިގެން، ދެން ޓޫރިޒަމަށް ވެސް ކުރިއެރުމެއް އަންނަން އޮތީ ބެޑް ކެޕޭސިޓީ އިތުރުކޮށްގެން، އެކަންކުރަން ތިބި ކޮންޓްރެކްޓަރުން މިހާރު ތިބީ ދެއަތް އުރާލައިގެން. ގައުމު ނުހިންގެންޏާ އިސްތިއުފާދީ ދެޅިޔަނުން
ހުތުމީ
11 June 2019
މިވާނުވާއެއް ނޭނގުނު..މީއަނެއްކާ ސަރުކާރުގެ މޫނުމަތި ރީތިކުރާ ބައެއްބާ..
ނަޖުދާ
10 June 2019
އިގްތިސާދީ ދުވެލި މިނެކިރަނީ ގައުމަށް އެތެރެވާ އިންވެސްޓްމެންޓްތަކުގެ މައްޗަށް، އެކަން ވަޒަންކުރާއިރު ވައްކަމާއި ފަސާދައަކަށް ނުބަލާނެ. ތެދެއް، ޔާމީނުގެ ވެރިކަމުގައި ވައްކަމުގެ ބޮޑެތި ޕްރޮޖެކްޓްތަށް ހިންގި، އެއީ ކުރިއެރުމެއްކަމަށް ބައެއް މީހުން އެބަދެކޭ! ލަދުންވެސް ބޯހަލާކު. ދިވެހިން ނޫނީ ނޫޅޭނެ، ގައުމުގެ ބައިތުލްމާލު ދަވާލާއިރުވެސް ހެވިފަ ތަަރައްގީއޭ ކިޔާބައެއް.
ޖޖޖޖ
11 June 2019
ތިވެރިކަން ހޯދަން ހިންގި ޕއރޮޕަގެންޑާ. މިހާރު ބޯ ހަލާކުވާނެ ކަމެއްނެތް. ނާޑި ގަނޑެއް ލިބޭތޯ ދެންބަލާ.
ބަބުރަންޖީ ހާޖީ
10 June 2019
މޮދީ އައިމާ ތިކަން ހައްތަހާ ދާނީ ދަށަށް.