09 ޖުލައި 2019 - 07:01
ފަތްޖެހި ޖެހި ފޯން އުފެއްދުމުގެ ރޭސް ކުރިއަށް އޮތީ އެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ގެލެކްސީ ފޯލްޑް އާއި ޗައިނާގެ ވާވޭގެ މޭޓް އެކްސް އަށް އިންތިޒާރުކުރާ އެތައް ބަޔަކު އެބަ ތިއްބެވެ.
އެ ފޯނުތަކުގެ ސާމްޕަލްތައް ދައްކައިލި ނަމަވެސް ކަށަވަރު ނުވާ ކަމަކީ އާންމުންގެ އަތަށް ފޯނު އަރާނެ އިރެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެން މާ ލަހެއް ނުވާނެ އެވެ.
ޖަޕާނުގެ ސޮނީ ކުންފުނިން ވެސް މިހާރު ފަތްޖެހި ފޯނު ގެނެސް ދިނުމުގެ ރޭހަށް ނުކުމެއްޖެ ކަމުގެ އަޑުތައް ވަނީ ގަދެވަފަ އެވެ. އެ ކުންފުނީގެ ފޯނުގެ ވީޑިއޯއެއް ވެސް މިހާރު އަންނަނީ ޓްވީޓާގައި ދައުރުވަމުންނެވެ. އަދި ފޯނުގެ ބައެއް ސްޕެސިފިކޭޝަންތައް ވެސް ހިއްސާކޮށްފައިވެ އެވެ.
Sony is working on a competitor to the Galaxy Fold and Mate X.
— Max J. (@Samsung_News_) July 6, 2019
The current prototypes feature:
3220mAh
SM7250 SoC
LG Display
Nautilus Design
10x Zoom Camera
The retail models may feature:
Snapdragon 855 Soc
Qualcomm X50 Modem
(Video via. @slashgear https://t.co/zZvRjt80Un) pic.twitter.com/mVyqRm1fxd
އެގޮތުން ސޮނީގެ ފަތްޖެހި ފޯނަކީ އެލްޖީ ރޯލެބަލް ޑިސްޕްލޭ ހިމެނޭ، ސްނެޕްޑްރެގަން 855 ޗިޕްސެޓާއި އެކްސް50 މޮޑެމް ޗިޕްގެ ފޯނެއް ކަމަށްވެ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކެމެރާ 10 ގުނަ ޒޫމްކޮށްލެވޭ، ސޯނީގެ ފަތްޖެހި ފޯނު ވުޖޫދަށް ގެންނަނީ "ނޯޓިލަސް ޑިޒައިން" އާ އެކީގަ އެވެ. އެހެންވެ ސެމްސަންގާއި ވާވޭގެ ފަތްޖެހި ފޯނާއި ސޮނީގެ ފޯނުގެ ޑިޒައިންގައި ބޮޑު ތަފާތެއް ހުންނާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް ފޯނު އާންމުންގެ އަތަށް އިރެއް އަދިއެއް ނޭނގެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ސޮނީން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy