ވިޔަފާރި / ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ

ރިސޯޓް އެއްކޮށް ބުކް ކޮށްގެން އިންޑިޔާގެ ކައިވެއްޏެއް!

އިންޑިއަަން ވެޑިން ބާއްވާފައިވަނީ ފުރަވެރި އައިލެންޑް އެންޑް ސްޕާ ރިސޯޓުގައި--ފޮޓޯ:މޯލްޑިވްސް އިންސައިޑާ

އިންޑިޔާގެ ކައިވެނީގެ ހަފްލާތައް މަޝްހޫރުވެފައި ވަނީ ދިގު ދެމިގެންދާ ވަރަށް "ގްރޭންޑް" ހަފްލާތަކެއްގެ ގޮތުގަ އެވެ. އާންމުކޮށް ހަފްތާއަކަށް ދެމިގެންދާ އިންޑިޔަން ކައިވެނި ހަފްލާއެއް މިފަހަރު މިއޮތީ ރާއްޖޭގެ ރިސޯޓެއްގަ އެވެ.

ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ ތިން ދުވަހަށް އެއްކޮށް ބުކްކޮށްގެން ބޭއްވި މި ކައިވެނި ހަފްލާގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެ ރިސޯޓުގެ ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ނަގާފައިވާ ކައިވެނި ހަލްފާގެ ފޮޓޯތަކުން އެ ހަފްލާގެ ބޮޑުކަން އެނގެ އެވެ.

މި ހާއްސަ ހަފްލާގައި އިންޑިޔާގެ ސަގާފީ ހަރަކާތްތައް ކުޅޭ މިއުޒީޝަނުންނާއި ސެލެބްރިޓީ ޑީޖޭ އަކާއި މޭކަޕް އާޓިސްޓުން ބައިވެރިވި އެވެ.

އިންޑިއަަން ވެޑިން ބާއްވާފައިވަނީ ފުރަވެރި އައިލެންޑް އެންޑް ސްޕާ ރިސޯޓުގައި--ފޮޓޯ:މޯލްޑިވްސް އިންސައިޑާ

މޯލްޑިވްސް އިންސައިޑާ އަށް ފުރަވެރީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ރިސޯޓުގައި މި ކައިވެނި ހަފްލާގެ ކަންކަން ނިންމުމަށް ދެ މަސް ހޭދަވި ކަމަށެވެ. ކައިވެނި ހަފްލާ ބޭއްވަން އެ އާއިލާއިން ރިކުއެސްޓްކުރީ މާޗް މަހު އެންޖޭޖްމެންޓް ހަފްލާ ބޭއްވުމަށް އެ އާއިލާއިން އެ ރިސޯޓަށް ދިއުމަށް ފަހު އެވެ. އަދި އެ ހަފްލާ ބޭއްވުމުގައި ރިސޯޓުގެ މުވައްޒަފުންގެ މެހެމާންދާރީ އާއި ރޭވުންތެރިކަން ފެނިފާ، ކައިވެނި ހަފްލާ ވެސް ފުރަވެރި ރިސޯޓުގައި ބައްވަން ނިންމީ އެވެ.

އެ ރިސޯޓުގައި މީގެ ކުރިން ކައިވެނީގެ އެތައް ހަފްލާތައް ރާވާއި ބާއްވާފައިވާ އިރު މިކަންވީ އެ ރިސޯޓަށް އާ ކަމަކަށް ނޫނެވެ. ހިލްމީ ވިދާޅުވީ، މި ކައިވެނި ހަފްލާއަކީ ރާއްޖޭގައި ބޭއްވޭ، މިފަދަ ފާހަގަކޮށްލެވޭ ހަފްލާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ކައިވެނި ކުރި ދެމަފިރިން ފުރަވެރި ރިސޯޓުގެ ބީޗުގައި-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ

އިންޑިޔާގެ ސަގާފީ ކަންކަން ފެނިގެންދާ މި ކައިވެނި ހަފްލާ އެހާ ހާއްސަވަނީ އިންޑިޔާގެ ސަގާފީ ކައިވެންޏަކަށް ދިވެހިންގެ މެހެމާންދާރީ އާއި ރޭވުންތެރިކަން ހިމެނުމުންނެވެ. މި ބޮޑު އިވެންޓާ އެކު ފުރަވެރި ރިސޯޓަށް ވަނީ އިންޑިޔާގެ މީހުންގެ ސަމާލުކަން ހޯދައި އިންޑިޔާ ޓޫރިސްޓުންގެ މަގްބޫލުކަން އިތުރަށް ލިބިފަ އެވެ.

"މި ކައިވެނި ހަފްލާ ރޭވުމާއި، އާއިލާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ހަފްލާގައި ބައިވެރިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތް ކޮށްދެވުނު. މިއީ އަޅުގަނޑުމެންގެ ރިސޯޓު ދައްކާލާ، ރާއްޖެ މިފަދަ ހަފްލާތަކަށް ވެސް ހާއްސަކަން ދައްކާލުމަށް ލިބުނު ފުރުސަތެއް،" ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވީ މިއީ ރާއްޖޭގެ މެހެމާންދާރީ ދައްކާލާއި، އެ ރިސޯޓު އިތުރަށް ޕްރޮމޯޓް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިންޑިޔާގެ ކައިވެނި ހަފްލާގެ ތެރެއިން--މުޅި ސަރަހައްދުގައި ބޮކި ފަތި އެލުވާފައި--ފޮޓޯ: މޯލްޑިވްސް އިންސައިޑާ

ރ. އަތޮޅުގައި އޮންނަ މި ރިސޯޓުގައި 107 ޕްރައިވެޓް ވިލާ ހިމެނެ އެވެ. ވެލާނާ އެއާޕޯޓުން 45 މިނެޓުގައި ސީޕްލޭނުގައި އެ ރިސޯޓަށް ދެވޭ އިރު، ރާއްޖޭގެ އެހެން ރިސޯޓުތަކެކޭ އެއްގޮތަށް، ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުންތަކާއި ސްޕާ އާއި މޫދު ކުޅިވަރުތައް އެ ރިސޯޓުގައި ވެސް އޮވެ އެވެ.

ރާއްޖޭގެ ރިސޯޓެއް ހިފައިގެން އިންޑިޔާގެ ކައިވެނި ބޮޑު ހަފްލާއެއް ބާއްވާފައިވާ އިރު އިންޑިޔާ އަކީ ރާއްޖެ އަށް ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 82،140 އަށް އަރައިފަ އެވެ. މިދިޔަ އަހަރު އިންޑިޔާއިން 90،474 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެހެންކަމުން މި އަހަރު ނިމޭއިރު މިދިޔަ އަހަރަށް ވުރެ ދެ ގުނަ އަށް އިންޑިޔާއިން ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.

14 ކޮމެންޓް, 237 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 5%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ

09 August 2019

މިހާތަނަށް ދުނިޔޭގެ އެއްމެ އަގު ބޮޑު 10 ކައުވެނި ތެރެއިން 5 ކައިވެނި ރެކޯރޑޫވެފައި ވަނީ އިންޑިއަނުން ނަމްބަރ 1، ނަމްބަރ 3 ނަމަބަރ 5 ނަމަބަރ 7 އަދި ނަމަބަރ 10

The name is already taken The name is available. Register?

ޚަރަދު

08 August 2019

ދޮގެއްނޫން ރަނގަޅަށް ޗެކްކުރާތި، ހާހާހާ?

The name is already taken The name is available. Register?

ޕިޑޭ

08 August 2019

ކައިވެނި ކޮށްގެން ކިތައް އަހަރު ވާނެބާ.... ހޯޕްފުލީ ފޮރެވާރ.....

The name is already taken The name is available. Register?

ދޭސީ

08 August 2019

ހާދަ ލަރިއަކުންނޭ ތިން ދުވަހައް މުޅި ރިޒޯޓް ހިފޭނީ

The name is already taken The name is available. Register?

ކުނބު

08 August 2019

ރަގަޅެއްނު ރާއްޖެއަށް ކިހާލާރިއެއް އެވަންނަނީ. ދެރައި އެލާރިކޮޅުން ދިވެހި އާންމުނަށް މާބޮޑު ފައިދާއެއްނުވާތީ.

The name is already taken The name is available. Register?

ބޗޖގޮތސ

09 August 2019

ރާއްޖެއަށް އެންމެ ލާރިއެއްވެސް ނުވަދޭ. ހުރިހާ ރުފިޔާއެއް ބޭރު މަހުޖަނުންގެ ޖީބަށް.

The name is already taken The name is available. Register?

ހިތަދޫ

08 August 2019

މަރުޚަބާ ހިލްމީ. ދިވެހި ޓުރިޒަމް އިންޑަސްޓްރީ ދިވެހިންނަށް ކާމިޔާބު ކަމާއި އެކު ހިންގޭނެކަން ޔަގީން

The name is already taken The name is available. Register?

ނޯމޭން9

08 August 2019

ރިސޯޓްތަކުގެ ތަކެތި ހަމަތޯ ހުރިހާ ރިސޯޓަކުންވެސް ބަލަންޖެހޭ. މި އިންޑިޔާ މީހުންމީ ވަރަށް ފާޑެއްގެ ބައެއް. އެތިކޮޅު ވަގަށް ނަގައިގެންވެސް ހިނގައިދާނެ

The name is already taken The name is available. Register?

އަސްލަމްމް

08 August 2019

ދިވެހިންވެސް ކޮށް އުޅުނުކަމެއް އެއީ ކުރިން. ރާއްޖެ ކަހަލަ ކުޑަ ގައުމެއް ވީމަ މާބޮޑު ސަމާލު ކަމެއް ނުލިބޭނެ.

The name is already taken The name is available. Register?

Annu Kamarey

09 August 2019

ޥަގުން ނައް ހީވާނީ ދެން ތިބޭނީ ހިއްތާވެސް ވަގުންނޭ

The name is already taken The name is available. Register?

ޓިނު

09 August 2019

ބަލަ ޕީޕީއެމް އާ ޕީއެންސީ މީހުންގެ ވެޑިންގެއް ނޫނޭ އެތާ ބޭއްވީ!

The name is already taken The name is available. Register?

ފަރީދުއާދަން

09 August 2019

އެއީދޯ ކަލޭ ކަންބޮޑުވިކަމަކީ؟ ރިސޯޓް ގެ ތައްޓާ އުދުޅިއާ ތުވާލިތަކާ ބެޑްޝީޓް ތަކާ، ޝަވަރހެޑް ތަކާ، ކޮފީ މެޝިން ތަކާ، ބީޗް ބެޑް ތަކާ، އަޅިކެންޑި ތަކާ، މިނީ ބާ ތަކާ އެއްޗެތި އެމީހުން ގެ ބެގެޖް ތަކަށް ލައިގެން ގެންގޮސް ދާނެތިޔަ؟ އާދެން އެހެންޏަ ރިސޯޓުން ދެތިން ޗޮކުލެޓެއް ސަމްސަލެއް ގެންދިޔަސް ރިސޯޓަކުން ނޫޅޭނެ ތިހާ ފާރަވެވެގެން ބަލާކަށެއް. މޮޑަން ޓޫރިޒަމް އައް ހޭލަބަލަ.

The name is already taken The name is available. Register?

ނާނާ

09 August 2019

އާނ ދޯ އިންޑޮނޭޝިއާގެ ހޮޓަލެއް ހުސްކޮށްގެން އޮތީ ފަޅާ އަރާފަ ވިއްޔާ

The name is already taken The name is available. Register?

ސަލާމު

09 August 2019

އިގްތިސޯދަށް ފައިސާ ވަނީމަ ވެސް ހަސަދަވެރި ކަމުގެ ގޮތަކަށް ތިޔަ ބެލީ،. ޝުކުރު ވެރި ވިއްޔާ ކީއްތަ ވާނީ. މުސްލިމުންގެ ގޮތަކީ މުސްލިމު ނަމެއް ކިޔަިއގެން ތިބުމެއް ނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454