ބަޔަކު ދޮންކެޔޮ ދަނދެއްގައި.
04 ސެޕްޓެމްބަރ 2019 - 07:41
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއްނުކޮށްފި ނަމަ މުޅި ދުނިޔެއިން ދޮންކެޔޮ ހުސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ނޭޗާ ކްލައިމެޓް ޗޭންޖް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ދޮންކެޔޮ އެންމެ ގިނައިން ހައްދާ ގައުމުތަކުގައި ދޮންކެޔޮ ހައްދާ މިންވަރު ވެސް މިހާރު ދަނީ ދަށްވަމުންނެވެ. އަދި މިކަން މިގޮތަށް ދެމިގެންދާ ނަމަ 2050 އާ ހަމައަށް އަންނަ އިރު ދޮންކެޔޮ ވަރަށް ތަދު އެއްޗަކަށްވެ، އެއްކޮށް ދޮންކެޔޮ ހުސްވެދާނެ ކަމުގެ ބިރު ވެސް ބޮޑު ކަމަށް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި 1961 އިން ފެށިގެން 27 ގައުމެއްގައި ދޮންކެޔޮ ހެއްދުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ނަމަވެސް، މޫސުމަށް އަންނަ އެކި ކަހަލަ ބަދުތަކާ އެކު ދޮންކެޔޮ ހައްދަން ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ބަޔަކު ދޮންކެޔޮ ދަނދެއްގައި.
ދިރާސާގައި ވަނީ މީގެ ސަބަބުން ދޮންކެޔޮ އެންމެ ގިނައިން ހައްދާ 10 ގައުމު ވެސް ފާހަގަކޮށް، އެ ގައުމުތަކުގެ އުފެއްދުންތެރިކަން ދަށްވަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެފަ އެވެ. އެ ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ ދޮންކެޔޮ އެންމެ ގިނައިން ހައްދާ އިންޑިއާ އެވެ. ލިސްޓްގައި ދެން ހިމެނެނީ ބްރެޒިލް، ކޮލަމްބިއާ، ކޮސްޓަ ރިކާ، ގުއަޓަމާލާ އަދި ޕެނަމާ އެވެ. މި ގައުމުތަކަކީ މިހާތު އެންމެ ގިނަ އަދަދަކަށް ދޮންކެޔޮ ހައްދައި އެހެން ގައުމުތަކަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުތަކެވެ.
ދިރާސާގައި ބުނިގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދޮންކެޔޮ ހައްދަން ބައެއް ގައުމުތަކަށް ހުރަސްތަކާ ކުރިމަތިވަމުން ދިޔަ ނަމަވެސް ބައެއް ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުވަމުން އާދެ އެވެ. އޭގެ ތެރޭގައި އިކުއެޑޯ ފާހަގަކޮށްފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދޮންކޭލުގެ އުފެއްދުންތެރިކަމަށް ދެ ގޮތަކަށް އަސަރުކުރާތީ މިކަމަކީ ދޮންކެޔޮ އުފެއްދުމަށް މިހާރު ބޭނުންކުރާ އުކުޅުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއް ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
ބަޔަކު ދޮންކެޔޮ ދަނޑެއްގައި.
ދިރާސާ ޓީމުގައި އިސްކޮށް އުޅުއްވި އިނގިރޭސިވިލާތުގެ އެކްޒެޓާ ޔުނިވަސިޓީގެ ޑރ. ޑޭން ބެބާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ނުރަނގަޅު އަސަރުކުރާ ގައުމުތަކުން މިހާރުން ފެށިގެން ފިޔަވަޅުތަކެއް އަޅައިފި ނަމަ، ހައްލުތަކެއް ލިބޭނެ އެވެ.
"އޭގެ ތެރެއިން އެއް ކަމެއް އިރިގޭޝަން ކަހަލަ ކަންކަމަށް އިންވެސްޓްކޮށް އެ ދާއިރާ އިން ކުރިއެރުންތަކެއް ހޯދުން. އަދި ހަމަމިއާ އެކު ޓްރޮޕިކަލް އެގްރިކަލްޗާ އަށް އިންވެސްޓްކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
މޫސުމަށް އަން ބަދަލުތަކާ ގުޅިގެން ދޮންކެޔޮ ހުސްވެދާނެ ކަމުގެ ބިރުބޮޑުވެފައިވާ އިރު، މިހާރު ވެސް ބައެއް ގައުމުތަކުން ދަނީ ބައެއް ބާބަވްތަކުގެ ދޮންކޮޔޮ ނެހެއްދޭ ކަމަށް ބުނަމުންނެވެ. ދޮންކޭލަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އެންމެ އާންމު އެއް މޭވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
05 September 2019
ސޭވް ދޮންކެޔޮ! ދޮންކެޔޮ ކެއުން ހުއްޓާލާ! ދޮންކެޔޮ ވިއްކުން މަނާކުރޭ! މަޖްލީހުން ގަރާރެއް ފާސްކުރޭ!
އަޝްރަފު
04 September 2019
ޖޭ.ޕީ އަށް ހިތާމަވެރި ޚަބަރެއް!
ޢަލީނޫރައްދީން
04 September 2019
އައްޑޫ އިންވެސް ދޮންކެޔޮ ހުސްވުމުގެ ބިރު ބޮޑުވެފައި.
ނަގޫ ރޯޅި
04 September 2019
ތިހެން ވާންޖެހޭ ހުއްޖަތެއް ބުނެދީ ބަލަ.
ސޮރުތަ
04 September 2019
ފަތްކޭލަކީ ކޯންޗެއް؟
ދެބުރާންތި
04 September 2019
ފަތް ކާ ކޮންމެ އެއްޗެއް..
ނުވިސްނޭ
04 September 2019
މޫސުމަށް އަންނަ ކޮން ބަދަލަކުން ތޯ އެހެން ވަނީ؟ ހޫނު ގަދަ ވެގެންތޯ ނޫނީ ފެން ބޮޑު ވެގެން ތޯ؟ ނޫނީ އުދަ އަރާގެން ތޯ؟ ނޫނީ ފެން ނުލިބިގެން ތޯ އެވެ؟
ާރުފްނާ
04 September 2019
މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދައިން މީހުންގެ ދިރިއުޅުމަށްވެސް ބަދަލު އާދޭ..ވަރަށް ބުރަކޮަށް މުޅިއާއިލާ ދަނޑުވެރިކަމުގައި އުޅުނު ފަރާތްތައް ދަނޑުވެރިކަމުން ލިބުނު ނަފާއިން ލުއިފަސޭހަ ގިނައިން ރުފިޔާލިބޭ އެހެން މަސައްކަތްތައް ފަށައިފި..