ވިޔަފާރި / އުރީދޫ

އައިފޯން 7 ރާއްޖޭގައި ނެރެފި، ފޯން ގަންނަން ކިއޫ ދަމާލައިފި

އުރީދޫން އައިފޯން 7 ނެރުނުއިރު، ފޯން ގަންނަން މީހުން ކިއޫގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޕަލް ކުންފުނީގެ އައިފޯން 7 މިއަދު ހެނދުނު ރާއްޖޭގައި ނެރުނުއިރު، ފޯން ގަންނަން ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް އައިފޯން 7 އަދި 7 ޕްލަސް ނެރުނީ އުރީދޫންނެވެ. އުރީދޫން މިއަދު ހެނދުނު 9:00 ގައި އައިފޯން ނެރުނު އިރު، ގަލޮޅު ބިއްލޫރިގެ ކުރިމަތިން ހުންނަ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރު ކުރިމަތީގައި ވަރަށް ބޮޑު ކިޔޫއެއް ހަދާފައި އެބަ އޮތެވެ. ބައެއް މީހުން ފަތިހު 3:00 އިން ފެށިގެން ކިއޫ އަށް އަރައި ތިއްބެވެ.

އުރީދޫން އައިފޯން ނެރުނަސް، ވިއްކަން ފަށާނީ އަދި އިރުކޮޅަކުންނެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާއިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމާފަ އެވެ.

މިފަހަރު ވެސް ދެ ގޮތަކަށް އައިފޯން 7 ގަނެވޭ ގޮތަށް އުރީދޫން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ފޯންގެ އަގު އެއްފަހަރާ ދެއްކުމުގެ އިތުރަށް، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ވެސް ގަނެވޭނެ އެވެ.

އުރީދޫން އައިފޯނު 7 މިއަދު ބާޒާރަށް ނެރުމަށް ފަހު، ވިއްކި ފުރަތަމަ ފޯނު، ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯން ނަގަން، 2،999ރ.ގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ދައްކަން ޖެހެނީ އެކި މޮޑްލްތަކަށް އެކި ވަރެވެ. އެގޮތުން، އައިފޯން 7 ގެ 32 ޖީބީގެ ފޯނަށް މަހަކު 899ރ. 128 ޖީބީގެ ފޯނަށް މަހަކު 1،099ރ. އަދި 256 ޖީބީގެ ފޯނަށް 1،249ރ. ދެއްކޭނެ އެވެ. ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގެނީ 32 ޖީބީ އަށް މަހަކު 1،099ރ.، 128 ޖީބީ އަށް މަހަކު 1،299ރ. އަދި 256 ޖީބީ އަށް މަހަކު 1،449ރ. ދައްކާ ގޮތަށެވެ.

އުރީދޫން މިއަދު ބާޒާރަށް ނެރުނު އައިފޯނު 7، އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭ ދިރާގުން ވެސް އައިފޯން 7 ވިއްކަން ފަށަން ވަނީ ނިންމާފައިވެ އެވެ. އެ ކުންފުނިން މިދިޔަ ހަފުތާގައި ޕްރީ އޯޑަރު ނަގަން ފެށުމާ އެކު، ފުރަތަމަ ވިއްކަން ކަނޑައެޅި އަދަދު ހުސްވުމާ އެކު އޯޑަރު ނެގުން ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖެ އަށް އައިފޯން ސަޕްލައިކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް ސޮފްޓްޓަޗް މޯލްޑިވްސްއިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އައިފޯން 7 އަދި 7 ޕްލަސްގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، ރާއްޖޭގައި ވިއްކަން ގެންނަ ސްޓޮކް ކުރިއަށް ވުރެ 120 ޕަސެންޓް ވަނީ އިތުރުކޮށްފަ އެވެ.

އުރީދޫން އައިފޯން 7 ނެރުނުއިރު، ފޯން ގަންނަން މީހުން މިއަދު ކިޔޫގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޕަލް އިން ވަނީ އައިފޯން 7 އާއި 7 ޕްލަސްގައި އާ ކަންތައްތަކެއް ހިމަނާފައި އެވެ. އެގޮތުން، ޕްލަސްގައި ދެ ލެންސު ހިމެނޭ ކެމެރާއެއް ހަރުކޮށްފައިވާ އިރު ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅާލެވެ އެވެ. އަދި މި ފޯނުތަކަކީ ފެން ނުވަންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ފޯނުތަކެކެވެ. ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވާފައިވާ މި ފޯނު ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓު އަލިގަދަ ވެސް ކޮށްފަ އެވެ.

47 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 28%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރީސާ

28 September 2016

މިދެން ބޮޑުވަރު

The name is already taken The name is available. Register?

އިބިރިހިން ތައްކާނު

24 September 2016

މުޅިދުނިޔޭގައި އެންމެ ހިނގާ ސްމާޓްފޯނުގެ އޮޕެރޭޓިންގ ސިސްޓަމަކީ އެންޑްރޮއިޑް %52. ދެން ވިންޑޯސް %30 ދެން އެންމެފުލުގައި އައި އޯއެސް %22 މާދަމާ އައިފޯނު އުޅޭނީ ނޯކިއާ އާޝާ އަށްވުރެވެސް ފަހަތުގައި ކަން ނޭގޭ. ދެން ކޮން އައިފޯނެއް؟

The name is already taken The name is available. Register?

ޢަންނި

24 September 2016

ކަލޯ އެއީ އައި އޯއެސްގެ ވާހަކަ، ވާނުވާ ނޭގުނަސް ވާނެ ކޮމެންޓް ކުރަން

The name is already taken The name is available. Register?

އެޕަލް

22 September 2016

މިތާގަ ކޮމެންޓްކޮށްފަ ތިބި ގިނަ މީހުން އަތުގަ އޮތީ ސެމްސަންގް ފޯނުހެން ހާދަ ހީވެޔޭ.. ބަލަ މިހާ ޖެލަސް ވާކަށް ނުޖެހޭދޯ... އެފޯނުތަކަކީ މަހުކު ވަރަށް ކުޑަ އަގެއް ދީގެން އިންސްޓޮލްމަންޓަށް ދުކުރާ ފޯނުތަކެކޭ..

The name is already taken The name is available. Register?

ކްރިޓިކަލް

22 September 2016

ރާއްޖޭގަ ގިނައީ އައިފޯނާ ދެންވެސް ދުނިޔޭގަ ލެއްވިހާ މޮޅު ފޯނެއް ހިފައިގެން ކޯލް މީ ބެކް ޖަހާ މީހުން... މަށަކަށް ނުކެރޭނެ 20000 ރުފިޔާގެ ފޯނަކުން ކޯލް މީ ބެކް ޖަހާކައް މޭން... އެއްވުރެ ގުޅާލެވޭ ބައްތިވެސް މަށައްށް މާ ސަޅި....

The name is already taken The name is available. Register?

ދޮން އާމިރު

22 September 2016

މާލޭމީހާގެ ކޮމެންޓަށް މަތާއީދު........

The name is already taken The name is available. Register?

އައިފޯން

22 September 2016

ތިތާގަ ތިބި ގިނަ ކުދިންތައް ތީތި ގަނެފަ ދެގުނަ ބޮޑުއަގުގަ ވިއްކާލާނެ....ދިވެހިންނަކީ ވަރަށް ސުމާޓް ބަޔެއް...

The name is already taken The name is available. Register?

ގައުމީ

22 September 2016

މިގައުމުގެ މުސްތަގުބަލަކީ މަގުމަތީ ސައިކަލްތަކަށް ވެއްޓިގެންފައި ސިނގިރެޓަކަށްފަހު ސިނގިރެޓެއް ބޮމުން ދާ ފޯނުތަކަށް ގެއްލިފައި ތިބޭ ޒުވާނުން. ވަގުތު ބޭކާރު ކުރުމުގެ ނަންބާރ ވަން.

The name is already taken The name is available. Register?

ބައްތި ނޮކިއާ

22 September 2016

ނޮކިއާ ބައްތި ވަރެއް ނެތް! ވެއްޓި ދެފަޅިވީ! ހަމަ ނަގާ ރާވާލީ! ބަރާބަރުވީ! މެސެޖް ކުރެވޭ ގުޅޭ ރޭންޖް ލިބުމުގަ %100

The name is already taken The name is available. Register?

އަހުމަދު

22 September 2016

ހަމާގަ ތިބޭެ.މިހާރުވެސް އެބަވިއްކާ ދިރާގުން

The name is already taken The name is available. Register?

.މަރޭމިތުރާ

22 September 2016

އައިފޯނު ހަތެއް މަށަށް ހާއްސަވީއޭ! "އައިލަވް އައިފޯނު" ލޯބިވެރިޔާ ބުނުމުން އެއަށްލޯބިވީއޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454