ފުނަދޫ އެއާޕޯޓަށް ޖެއްސި މޯލްޑިވިއަންގެ ޓެސްޓް ފްލައިޓު--
24 ޖެނުއަރީ 2020 - 09:56
ށ. ފުނަދޫގައި ތަރައްގީކުރި އެއާޕޯޓުގައި މިއަދު ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ފުނަދޫ އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު 8:10 ގަ އެވެ. މި ދަތުރުގައި ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަންގެ އޮތޯރިޓީގެ އިސް ބޭފުޅުން އަދި އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުން ފުނަދޫ އަށް ވަޑައިގަތެވެ.
ފުނަދޫ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ރަށުގެ ދެ ހާހެއްހާ ރައްޔިތުން އެއާޕޯޓަށް ދިޔަ އެވެ. އަދި ރަށުގެ އެންމެން ގުޅިގެން ހާއްސަ ސައެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
ފުނަދޫ ރައްޔިތުން ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔަނީ: މިއީ ރައްޔިތުންގެ އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން ކަމަށް ކައުންސިލުން ބުނޭ--
ފުނަދޫ ކައުންސިލްގެ ނައިބުރައީސް އަހުމަދު ނަޒީރު ވިދާޅުވީ އެ ރަށުގެ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖެއްސުމަކީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސް ވަންދެން ކުރަމުން އައި އިންތިޒާރުގެ ނިމުން ކަމަށެވެ. އަންނަ މަހު ޝެޑިއުލް ފަލައިޓުތައް ފެށުމުން ފުނަދޫގެ އިތުރުން ށ. އަތޮޅުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރަށް މިއަދު މިއޮތީ ވަރަށް އުފަލުން. މިއީ މި ރަށު މީހުން 50 އަހަރު ވަންދެން ދެކެމުން އައި ހުވަފެނެއް. މި ހުވަފެން ހަގީގަތަކަށް ވެފައި މިވަނީ ސަރުކާރާއި ރަށުގެ ރައްޔިތުން އަދި ކައުންސިލުން ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން،" ނަޒީރު ވިދާޅުވި އެވެ.
ފުނަދޫ އެއާޕޯޓް--
މި އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހާތަނަށް އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. މިހާރު އެ އެއާޕޯޓުގައި ނުނިމި ހުރީ އަލިފާން ނިއްވާ ޓަވަރުގެ މަސައްކަތް އެކަންޏެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދ
25 January 2020
އެއަރޕޯޓަށް ފޭބިއިރު އަނގަ ޗޭވެ ރަކިވެފަ ތިބިތަން އެތާ ތިބި.މީހުނަށް ފެންނާނެ. މަނަމަ ލަދުން ނުވެސް ދާނަން. ބޮލުގަ ރަތް ކުލަ ޖެއްސިޔަސް ލަދުހަޔާތް ހުންނަން ވާނެތާ.
ރީތި މޫސަ
25 January 2020
އަދިވެސް ހުރީ ތަންތަންނިމުނުވަރަކުންހުޅުވުން މިސަރުކާރުންކުރާނެ އާކަމެއްނެތް
ތޮއްލޮ
24 January 2020
ގަދަ
މަހޭބެ
24 January 2020
މިހާރު މިގައުމުގަ މަޝްރޫޢުތައް އިފްތިތާހުކޮށް ނިންމީމަ ރައީސުންނަށް ޝުކުރުއަދާކުރުމުގެ އާދަ ހުއްޓަން އެބަޖެހެ... އެއީ ސައީސް އަމިއްލަ ޖީބުން ކުރައްވާ ކަމެއް ނޫން އެއީ ހަމަ އަހަރުމެން ރައްޔިތުންގެ ލާރިން ކޮށްދޭކަންކަން... ގޭގައި ގެންގުޅޭ މީހާއަތަށް ލާރިދީފައި ފިހާރަޔަކުން ޖޫސްޕެކެޓެއް ގަނެގެން އަންނާށޭބުނީމާ ގެންނަފަދައިން ރައީސުން ކަންކަން ކުރަނީ... އެކަމަށް ތިހާބޮޑު ޝުކުރެއް އަދާކުރަން ޖެހޭނެކަމަކަށް ގަބޫލެއް ނުކުރެވެ.
ކަނަމަނަ
24 January 2020
ތިޔައީ ވަރަށް ދަށުދަރަޖައިގެ ވިސްނުމެއް. މައިންބަފައިން ދަރިންނަށް ކޮށްދޭ ޚިދުމަތަށްވެސް ދަރިން ޝުކުރުވެރިވާންޖެހޭ. އެކަމަކު އެއީ ﷲ ޙަވާލުކުރައްވާ އަމާނާތެއް. ވެރިއަކަށް އިސްކުރާމީހާ ވެރިކަމަށް އިސްކުރަނީ އޭނާ ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދޭނެކަމުގެ އުއްމީދުގައި. އެޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް އޭނާގެ ޖީބުން ޚަރަދުކުރުން ޝަރުޠުކޮށްފައެއްނޫންދޯ.
ޖަލާލު
24 January 2020
ޔާމީނުގެ ވެރިކަމަށްފަހު 2އަހަރުވީ ކޮން ހިސާބެއް ހަދައިގެންބާ އަންނިގެ ހިސާބު ހެދުމަށްދޯ
ޙިނި
24 January 2020
ޔަމިނު 5 އަހަރައް ހުކުމް ކުރީމަ ނިމުނީތަ؟ ކޮބާ އެމްއެމްޕީއާރުސީ ގެ ވައްކަން މި ޝަރީއަތް ފެޝެނީ ކޮންއިރަކުންތަ؟
އަލީ ނަސީދު
24 January 2020
ޝުކުރިއްޔާ ރައީސް ޔާމިން! އަޅުގަނޑުމެން ފުނަދު ދާއިރާގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސަވައިދެއްވި ކަމަށްޓަކައި ފުނަދޫދާއިރާގެ ރައްޔިތުންގެ ނަމުގައި ރައީސް ޔާމީނަށް ޝުކުރު ދަންނަވަން!
ހައްްގުބަސް
24 January 2020
ސުކުރިޔާތަރައްގީގެބާނީ ރައީސް އަބްދުﷲޔާމިން އަބްދުލްގައްޔޫމް ޖަލުގެކުޑަގޮޅީގައި ޗޭނުޖަހާފަ އޮތަސް މިގައުމަށް ގެނެސްދެއްވި ތަރައްގީއަށްޓަކައި ސުކުރިއްޔާ ރައީސް ސާލިހުއަށްވެސް ސުކުރިއްޔާ ވޭތިވެދިޔައަހަރަކީ ދިވެހިތާރީހުގައި ވެސްއެންމެ ގިނަމަސައްކަތް ފެށިގެންދިޔައަހަރު މިސަރުކާރުން އިންދިއޮށުގެމޭވާ މިއަހަރު ދިވެހިއންމެހާރައްޔަތުންނަ ލިބޭނެކަމާމެދު މާޔޫސްނުވޭ ކޮންމެވެރިއަކީވެސް ރައްޔަތުނައް ފައިދާހުރިކަންތައްތަކެއް ކޮށްދިންބޭފުޅުން ސުކުރިއްޔާ ރައީސް މުހައްމަދުނަޝީދު މައުމޫނު އަބުދުލްގައްޔޫމް
ޢަހްމަދު007
24 January 2020
ޝުރިއްޔާ ޔާމީން
އަހްމަދު
24 January 2020
ޝުކުރިއްޔާ ރައީސްޔާމީނަ ﷲހެޔޮރަްމަތާއެކު އަދި ދިވެހިންނައް މިފަދަ ހިދުމަތްތަކެއްކޮށްދެއްވުމަށް އެމަނިކުފާނުއެނބުރިއަންނާނެ އިންޝާﷲ