17 އެޕްރީލް 2020 - 09:52
އެޕަލް ކުންފުނިން ނެރެން ނިންމާފައިވާ އަގުހެޔޮ އައިފޯން މި މަހުގެ 24 ގައި ބާޒާރަށް ނެރެން ނިންމައިފި އެވެ.
ކޮރޯނާވައިރަހާ ހެދި ނެރުން ފަސްކުރި އައިފޯން އެސްއީ 2 ނުވަތަ އައިފޯން 9 އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މާކެޓަށެވެ. ފޯނު ނެރޭ ތާރީހު އިއުލާންކުރުމަށް ފަހު، އެޕަލް އިން ވަނީ އޭގެ އަގާއި ބައެއް ސްޕެސިފިކޭޝަންތައް ވެސް ހިއްސާކޮށްފަ އެވެ.
އެގޮޔުން އައިފޯން 9 އަކީ 2017 ގައި ނެރުނު އައިފޯން 8 އާ އެއްގޮތަށް 4.7 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ފޯނެކެވެ. އިތުރު ފީޗާތަކުގެ ތެރޭގައި ފިންގަޕްރިންޓް އައިޑީ ސެންސާ އައިފޯން 11 ޕްރޯގައި އެކުލެވޭ ކަހަލަ ޕްރޮސެސާއެއް ހިމެނެ އެވެ. އެކަމަކު އައިފޯން 9 ގައި އިންނާނީ އެންމެ ކެމެރާއެކެވެ.
އެމެރިކާގެ މާކެޓްގައި އައިފޯން 9 ވިއްކާނީ 399 ޑޮލަރު (6,148ރ.) އަށެވެ. އަދި އިނގިރޭސިވިލާތުގައި ވިއްކާނީ 524 ޑޮލަރު (8,059ރ.) އަށެވެ.
މެދުފަންތީގެ މާކެޓަށް ހާއްސަކޮށްގެން އެޕަލް އިން ނެރޭ އައިފޯން 9 ވެގެން ދާނީ ސެމްސަންގާއި ގޫގުލް ފަދަ ކުންފުނިތަކުން ނެރެފައިވާ އަގުހެޔޮ ފޯނާ ވަރަށް ވާދަވެރި އެއްޗަކަށް ކަމަށް ފޯނުގެ ވިޔަފާރި ދިރާސާކުރާ ފަރާރްތަކުން ބުނެފި އެވެ.
އަދި އައިފޯން 9 ނެރޭތާ 6-9 މަހާ ދޭތެރޭ ގާތްގަނޑަކަށް 20-25 މިލިއަން ފޯނު ވިކޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅޫ މީދާ ފަހާ
17 April 2020
ކޮބާ މުވާސަލާތީ ހިދުމަތް ދޭ ފަރާތް ތަކުން މީތި ޕްރެއޯރޑާ އަޑަކަށް އިސްތިހާރެއް ނުކުރަން ތައް. ޒަރޫރީ ހިދުމަތް އަގުހެޔޮ ކުރުމުގެ ބަދަލުގަ..