ޑިޒްނީގެ މާސްކްތަކެއް.
05 މެއި 2020 - 10:03
ޑިޒްނީގެ ފިލްމުތަކުން ފެނިފައިވާ އެކި ކެރެކްޓާތަކުގެ މޫނު ސިފަވާ ގޮތަށް ފޮތި މާސްކް ތައްޔާރުކޮށް، އެ އެއްޗެހި ވިއްކައިގެން ލިބޭ އެއް މިލިއަން ޑޮލަރު ޖަމިއްޔާއަކަށް ހަދިޔާކުރަން ނިންމައިފި އެވެ.
ޑިޒްނީގެ ބްލޮގްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނި ގޮތުގައި މާސްކް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރާނީ މެޑްޝެއާއަށެވެ. އެ ޖަމިއްޔާ އަކީ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނު އުފައްދައި އިންސާނިއްޔަތަށްޓަކައި ހިލޭ ފޯރުކޮށްދޭ ޖަމާއަތެކެވެ..
މާސްކް ވިއްކައިގެން ލިބޭ ފައިސާގެ އިތުރުން ކޮރޯނާވައިރަހުން ކުޑަކުދިން ރައްކާތެރިކުރުމަށް އެހީވުމުގެ ގޮތުން މެޑްޝެއާ މެދުވެރިކޮށް ބެހުމަށް އެއް މިލިއަން މާސްކް ވެސް ހަދިޔާކުރާނެ ކަމަށް ޑިޒްނީން ބުންޏެވެ.
އެ މާސްކްތައް ބަހާނީ މާސްކް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދީގެންނެވެ.
ޑިޒްނީން އުފައްދާ ފޮތި މާސްކަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިޖް ހުއްދަ ވެސް ދީފައިވާ އިރު، މާކްސް ޑިޒްނީގެ އޮންލައިން ފިހާރަ އިން ވިއްކަން ފަށާނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަވަހުން ފެށިގެންނެވެ.
ޑިޒްނީގެ މާސްކްތަކެއް.
ޑިޒްނީގެ މާސްކް ޕެކްތަކުގައި އެކި ސައިޒްގެ ހަތަރު މާސްކް އޮންނާނެ އެވެ. ޕެކެއް ވިއްކާނީ 19.99 ޑޮލަރަށެވެ. މިހާރު ވެސް ވަނީ މި މާސްކްގެ ޕްރި-އޯޑަރަށް ހުޅުވާލައިފަ އެވެ.
ޑިޒްނީން އުފައްދާ މާސްކްގައި ޑިޒްނީ ސްޓޫޑިއޯސް އާއި ޕިކްޒާ އާއި މާވެލް އާއި ސްޓޯ ވޯސްގެ ފިލްމުތަކުން ފެންނަ ކެރެކްޓާތައް ސިފަކޮށްދޭނެ އެވެ. އޭގެ ތެރޭގައި މިކީ މައުސް، މިނީ މައުސް، އަނާ އާއި އެލްޒާ، ވުޑީ އާއި ބަޒް ލައިޓްއިޔާ، އެވެންޖާޒް އަދި ބޭބީ ޔޯޑާ ފަދަ އެތައް ކެރެކްޓާއެއް ހިމެނޭނެ އެވެ.
ޑިޒްނީން ބުނީ ޖުލައި މަހުގެ ތެރޭގައި މާސްކް ވިއްކަން ފެށުމާ އެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާސްކް ވިއްކައިގެން މިލިއަނެއްހާ ޑޮލަރު ލިބޭނެ އެވެ. އަދި އެ ހުރިހާ ފައިސާއެއް ހަދިޔާކުރާނި މެޑްޝެއާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy