20 މެއި 2020 - 09:46
އެމެރިކާގެ މަޝްހޫރު ރިޓެއިލް ކުންފުނި ވޮލްމާޓުން "އޮން ޓެބްލެޓް" ގެ ދެ ވާޝަނެއް ނެރެފި އެވެ.
އާންމުކޮށް ލިބެން ހުންނަ ޓެބްލެޓްތަކަށް ވުރެ އަގުހެޔޮށް ވިއްކާ ޓެބްލެޓްގެ ދެ ސައިޒެއް ނެރެފައިވެ އެވެ. އެއީ 99 ޑޮލަރަށް ވިއްކާ އަށް އިންޗީގެ ޓެބްލެޓާއި 129 ޑޮލަރަށް ވިއްކާ 10.1 އިންޗީގެ ޓެބްލެޓެވެ.
ވޮލްމާޓުން ބުނިގޮތުގައި އެ މި އެއްޗެހީގެ ފީޗާތަކަށް ބަލާ އިރު އަށް އިންޗީގެ ޓެބްލެޓްގައި އެޗްޑީ އެކްސީޑީ ޑިސްޕްލޭއާ އެކު 32 ޖީބީގެ ސްޓޯރޭޖާއި 2ޖީބީގެ ރޭމަކާއި 5މެގަޕިކްސެލްގެ ކެމެރާ ޑިވައިިސްގެ ކުރިމައްޗާއި ފަހަތުގައި އިންނާނެ އެވެ.
ދިހަ އިންޗީގެ ޓެބްލެޓްގައި އިންނާނީ 3ޖީބީގެ ރޭމަކާއި ހަމަ އަނެއް މޮޑެލްގެ ފިޗާތަކެވެ. އަދި ދެ ވާޝަނުގައި ވެސް އެންޑްރޮއިޑް 10 ސަޕޯޓްކުރާ އިރު، ޗާޖްކުރަން ހާއްސަ ޔޫއެސްބީ-ސީ ޕޯޓަލްއެއް އިންނާނެ އެވެ. މި ޑިވައިސްތައް އެއްކޮށް ޗާލްކޮށްލައިގެން 10 ގަޑިއިރަށް ހިފަހައްޓައިލެވޭނެ އެވެ.
ވޮލްމާޓުން ބުނިގޮތުގައި "އޯން ޓެބްލެޓް" ތަކުގައި އެ ކުންފުންޏަށް ހާއްސަ ހުރިހާ އެޕްތަކެއް ވެސް ހުންނާނެ އެވެ. މި ޓެބްލެޓްތައް ނެރެފައި މި ވަނީ އެމެޒޯނުން 89.99 ޑޮލަރަށް ވިއްކާ ފަޔާ އެޗްޑީ 8 ޓެބްލެޓް ނެރުނުތާ ހަފުތާއެއްހާ ދުވަސްފަހުންނެވެ.
ވޮލްމާޓުން "އޯން ޓެބްލެޓް" ލައިން ތައާރަފުކުރީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy