16،000ރ. ހޭދަކޮށްގެން އެއް ލައްކަ ރުފިޔާ!

ރެޑްވޭވުން ކޮންމެ އަހަރެއްގެ ރޯދަ މަހު ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ނަސީބުގައި މިފަހަރު ލައްވާލީ އުމުރުން 42 އަހަރުގެ އަހުމަދު ސޮފްއަތެވެ. ހަޔާތުގައި ދުވަހަކު ވެސް މިފަދަ ނަސީބެއްގައި ނުޖެހޭ ސޮފްއަތު މިދިޔަ ރޯދަމަހަށް ގެއަށް ބޭނުންވާ ގިނަ ސާމާނު ރެޑްވޭވުން ގަނެފައިވެ އެވެ. ރެޑްވޭވުން އެ ތަކެތި ގަތީ އެއްވެސް ހާލެއްގައި ރެޑްވޭވްގެ ޕްރޮމޯޝަނުން ލިބޭނެ ކަމަށް އިއުލާނުކޮށްފައި އޮތް އިނާމަށް އުންމީދުކޮށްގެނެއް ނޫނެވެ.


ސޮފްއަތު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެއްވެސް ވަރަކަށް އުންމީދެއް ނުކޮށް ހުއްޓާ މިފަދަ އިނާމެއް ލިބުމަކީ ލިބުނު ބޮޑަށް އުފަލެކެވެ. ރޯދަ މަހަށް އޭނާ ވަނީ އެ ފިހާރައިން 16،000ރ. އަށް ވުރެ ގިނަ ވިޔަފާރިކޮށްފަ އެވެ.

"ދެން އާއިލާ އަށް ހަރަދުތައް ކުރަން ވިސްނަނީ މި ލިބުނު އެއް ލައްކަ ރުފިޔާއިން. އަނެއްހެން ހާއްސަ ކަމެއް ކުރާ ކަށް ނެތް،" އަމިއްލަ ވިޔަފާރި ކުރާ ސޮފްއަތު ބުންޏެވެ.

ރެޑްވޭވުގެ އެއް ލައްކަ ރުފިޔާ ލިބުނު އަހުމަދު ސޮފްއަތު އިނާމާއި ހަވާލު ވަނީ -- ފޮޓޯ: ރެޑްވޭވް

އޭނާއަކީ ތިން ކުދިންގެ ބައްޕަ އެކެވެ. އަދި އާއިލާ އެކު ހުޅުމާލޭގައި ދިރިއުޅެމުންދާ އިރު މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތުގައި މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް އޭނާ އަށް ވެސް ކުރިމަތިވި އެވެ. އެހެން ނަމަވެސް އޭނާގެ ވިޔަފާރި އަށް މާ ބޮޑު ގެއްލުމެއް ނުވެ އެވެ. މި ލިބުނު އެއް ލައްކަ ރުފިޔާއިން ދިރިއުޅުމުގެ ކަންކަން އިތުރަށް ރަނގަޅުކޮށްލުމުގެ ފުރުސަތެއް އޭނާ އަށް މިވަނީ ލިބިފަ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން ސޮފްއަތު ބުނީ، ހުޅުމާލޭގައި ދިރިއުޅޭތީ އަބަދުވެސް ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަމަށެވެ.

"އެތަނުން ވިޔަފާރި ކުރަނީ ހުޅުމާލޭގައި އެންމެ ބޮޑު އެއް ތަނަށް އެތަން ވާތީ. ބޭނުންވާ ހުރިހާ ސާމާނެއް އެތަނުން ލިބޭ. އިނާމު ނުލިބުނު ނަމަވެސް އަޅުގަނޑު ރެޑްވޭވުން ކުރާ ވިޔަފާރިއެއް ހުއްޓުމަކަށް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ރެޑްވޭވުގެ ރޯދަ ސޭލްގެ އެންމެ ބޮޑު އިނާމު ލިބުނު އަހުމަދު ސޮފްއަތު --ފޮޓޯ: މިހާރު

އޭނާ ގަބޫލު ކުރާ ގޮތުގައި މާލޭގެ އެހެން ފިހާރަތަކާއި އަޅާ ބަލައި އިރު ރެޑްވޭވުން ތަކެތި ލިބެން ހުންނަ އަގު ވެސް ވަރަށް ރަނގަޅެވެ. ގެއަށް ބޭނުންވާ ސާމާނު ގަތުމަށް މާލޭގައި އެންމެ ގަޔާވާ ފިހާރައަކީ ވެސް ރެޑްވޭވް ކަމަށް އޭނާ ބުންޏެވެ.

ރޯދަ މަހާ ދިމާކޮށް "ރެޑްވޭވް ރޯދަ ސޭލް"ގެ ނަމުގައި ކޮންމެ އަހަރު ބާއްވާ މި ހާއްސަ ޕްރޮމޯޝަންގައި އެންމެ ބޮޑު އިނާމަކަށް 100،000ރ. ލިބޭ އިރު އިތުރު ފަސް މީހަކަށް 10،000ރ. އިނާމެއް ދީފައިވެ އެވެ.

ސޮއްފަތު ބުނީ، މިފަދަ އިނާމުތަކެއް ދިނުމަކީ ރެޑްވޭވުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މިފަދަ ހާއްސަ ޕްރޮމޯޝަނެއް ކޮންމެ އަހަރު ކުރިއަށް ގެންދާތީ އާންމުންގެ މެދުގައި ރެޑްވޭވަށް އޮތް ލޯބި އިތުރުވެ، ގިނަ ބަޔަކު ރެޑްވޭވަށް ވިޔަފާރި ކުރަން ދާނެ ކަމަށް އޭނާ ޔަގީން ކުރެ އެވެ.