އެންޑްރޮއިޑް 11 ލޯންޗްކުރުން ސެޕްޓެމްބަރު 8 އަށް

މިދިޔަ މަހު ލޯންޗްކުރަން ނިންމާފައި ވަނިކޮށް ފަސްކުރި ގޫގުލްގެ އެންޑްރޮއިޑް ބީޓާ 11 ރަސްމީކޮށް ލޯންޗްކުރުން އަންނަ ސެޕްޓެމްބަރު މަހުގެ 8 އަށް ތާވަލުކޮށްފި އެވެ.


ކުރިން އެ އެ ލޯންޗްކުރަން އޮތީ އޮތީ މިދިޔަަ މަހުގެ 3 ގަ އެވެ. ނަމަވެސް އެކަން ފަސްކުރީ މެއި މަހުގެ ފަހުކޮޅު ފުލުހުންގެ އަނިޔާގައި އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑްގެ މަރާއެކު އުފެދުނު ހަމަނުޖެހުންތަކާ ހެދި އެވެ.

ގޫގުލް އިން އާންމުކުރި ވީޑިއޯއެއްގައި ސެޕްޓެމްބަރު 8 ގައި އެންޑްރޮއިޑް 11 ލޯންޗްކުރާކަން ކަށަވަރުކޮށް ދިނުމަށް ފަހު ގޫގުލް ސްމާޓްހޯމްގެ ސީނީއާ ޑިރެކްޓަރު މިޝެލް ޓާނާ ވިދާޅުވީ އާ އޮޕަރޭޓިން ސިސްޓަމްވެގެން ދާނީ ބޭނުންކުރަން ވަރަށް ފަސޭހަ އެއްޗަކަށް ކަމަށެވެ.

"މިއީ ކުރީގެ ވާޝަންތަކަށް ވުރެ ބޭނުކުރަން ފަސޭހަ ކޮންޓްރޯލް ކުރަން ފަސޭހަ އެއްޗަކަށް ވާނެ." އޭނާ ވިދާޅުވި އެވެ. "އާ ވާޝަނުގައި ވަރަށް ގިނަ އިމްޕްރޫވްމަންޓްސް ހުންނާނެ."

އެންޑްރޮއިޑް 11 އަކީ ގޫގުލްގެ މޮބައިލް އޯއެސްގެ 18 ވަނަ ވާޝަނެވެ. އާ ވާޝަނާ ބެހޭ ބައެއް މައުލޫމާތުތައް މީގެ ކުރިން ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ހިއްސާކޮށްފައިވެ އެވެ.

އެންޑްރޮއިޑް 10 އާންމުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ގަ އެވެ.