މިއަދު ރާއްޖެއަށް ދަތުރުފެށި އެއާ އިންޑިއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ:އެމްއޭސީއެލް
25 އޯގަސްޓް 2020 - 21:32
އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށައިފި އެވެ.
މިއީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން އިންޑިއާ އިން ރާއްޖެ އަށް އައި ފުރަތަމަ ޕެސެންޖާ ފްލައިޓެވެ.
އެއާ އިންޑިއާގެ ރާއްޖޭގެ އޭޖެންޓު، ވިލާ ޓްރެވަލްސް އިން ބުނީ މިއަދުން ފެށިގެން މާލެ އިން ޓްރިވެންޑްރަމަށް ހަފުތާއަކު ދަތުރެއް އޮންނާނެ ކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
We are happy to announce the resumption of scheduled flights by @airindiain to #Maldives 😊 🇮🇳 🇲🇻
— VelanaAirport (@VelanaAirport) August 25, 2020
Time to pack your bags for some sun, sand and sea 🌊 🏝 🧳 ☀️#Visitmaldives#ReDiscoverMaldives#HappytoSeeYouAgain pic.twitter.com/4CFK5rYOmy
އެއާ އިންޑިއާގެ ދަތުރުތައް ފެށުމާ ގުޅިގެން އެމްއޭސީއެލުން ކުރި ޓްވީޓެއް--
މި ދަތުރާއެކު އެ ގައުމުން ވަނީ ރާއްޖެއާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ގޮތުން "ޓްރެވަލް ބަބަލް" އެއް ވެސް ހަދަން ނިންމައިފަ އެވެ. މިއީ ދެކުނު އޭޝިއާގެ ދެ ގައުމެއްގެ ދެމެދުގައި ހެދޭ މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ޓްރެވަލް ބަބުލް ނުވަތަ ޓްރެވަލް ކޮރިޑޯއެއް ހެދުމުގެ މާނަ އަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ އުސޫލު ދަތުރުވެރިންނަށް ނުހިނގާ ގޮތަށް ހެދުމެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓްރެވަލް ބަބުލްއެއް ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ އަންނަ މީހުން ރާއްޖޭން އިންޑިއާ އަށް ދާ މީހުން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭސްފަރުވާ ދާ ގައުމެވެ. އަދި އެ ގައުމަކީ ދެ ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެންވެ އިންޑިއާގެ ދަތުރުތައް އަލުން ފެށުމާ އެކު ޓޫރިސްޓުން އައުން ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިހަ ހާސް
26 August 2020
ހޫމމ! މިހަމަ ވާނެވަރު. ކޮވިޑް ކޮންޓްރޯލްނުވާ އެންމެ ގޯސް ގައުމުގެ ތައްޕާހުގަ އެލިފަ އޮންނަންޖެހުނީމަ ވާނެ މިހެން. ސޭފް ގައުމުތަކުން ރިކުއެސްޓުކުރާ އެއްވެސް ކަމެއް ނުކުރޭ، ކުރާކަށް ބޭނުމެއްނުވޭ. ދެން އެމީހުން ނާންނާނެތާ! ހަމަ އޮޅަ އޮޅާފަވެސް އިންޑިއާ. މުސީބާތެއް މި. ދެން ރީއްޗަށް އިންޑިއާއަށް ގައުމު ހިބަކޮށްދީފަ ތިބޭ! އެކަން ނުވެގެން ހުންކޮށިއަރައިން އުޅޭ ބައެއް ވެރިކަމުގަ ތިބީ.
ޖަޒީރާ 07
26 August 2020
ޓްރެވަލް ބަބްލް ހެދުން އެއީ ރަނގަޅު ކަމެއް. އެކަމަކު ޑުބާއީ މޮޑެލްއަށް ޕްރެކްޓިސް ކުރުން އެއީ ވަރަށް ރަނގަޅު ކަމެއް. މިސާލަކަށް، ކޮވިޑް ޓެސްޓް ހަދާތާ 96 ގަޑިއިރު ތެރޭ ފުރުން / އެއަރ ޕޯޓް ތެރޭގައި މާސްކް އަދި އަންގި ނާޅާ ނޫޅެވުން.
ނަސީދު
26 August 2020
އެންމެ ގިނައިން ކޮވިޑް އޮތް ގައުމުން...
އުއްމީދު
25 August 2020
ދެން އަވަހަށް ޗައިނާ އެއަރލައިންތައް ގެނޭ. އެއަރޕޯޓުން ޓެސްޓު ކުރެވޭގޮތް ހައްދަވާ. އޭރުން އިތުބާރު ލިބޭނެ. ޓޫރިސްޓުންނަށް ވަގުތު ސަލާމަތްވެފާ ރައްކާތެރިކަން ބޮޑުވާނެ. މީޑިއާ ވެސް ޒިންމާދާރު ވާން ޖެހޭ.
ބޮޑު މުހައްމަދު
25 August 2020
ކޮވިޑް ފްރީ އިންޑިއާއިން އެއްމެ ހައި ސްޕެންޑިން އަދި ރާއްޖޭގެ ޓުއަރިޒަމް މާކެޓްގެ %90 ހިފަހައްޓާ ގެސްޓުން ކޮންމެހެންވެސް ގެންނަން ޖެހޭނެތާ
ފޮނިޓައްޕު ހަސަނު
25 August 2020
ވަރަށް ރަނގަޅު ނިންމުމެއް ތީ.