ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
10 ސެޕްޓެމްބަރ 2020 - 13:18
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ އިންޑިއާގެ ތޫތުކުޑިން ފުރާނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި ކޮޗިން އަށް މި މަހުގެ 22 ވަނަ ދުވަހު ބަނދަރު ކުރުމަށް ތާވަލްކޮށްފައި ވާއިރު ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 26 ވަނަ ދުވަހު އެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
ރާއްޖެ އަށް އަންނަ ފުރަތަމަ ބޯޓުގައި އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެތި ގެންނާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ކާގޯ ފެރީގެ ހިދުމަތާ އެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މި ހިދުމަތުގެ ސަބަބުން އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 September 2020
މަރުޙަބާ ނޯތު ޕްރޮވިންސްގެ ރައްޔަތުންނަށް. ހިތްވަރުކޮށްގެން އެއްރަށް ދައުލަތް ސިޔާސަތު ފޮހެލެވޭނީ. # އަހަރުމެން ސަދާރން ޕްރޮވިންސްގެ ވެރިންވެސް އިންޑިޔާ ސަރުކާރަށް ދަންނަވައިގެން Bombay - Gan އަދި ޑެއްލީއާއި ގަމާއި ދޭތެރޭ Low cost Flight އިންޑިގޯގެ ޝެޑިއުލް ދަތުރު ފައްޓާ އަދި ދެކުނުގެ ޓްއަރިޒަމްގެ ޙިއްސާގައި އިންޑިގޯ ބައިވެރިކޮށް ގަމާއި އޮސްޓްރޭލިއާ އަދި ގަމާއި ސައުތުއެފުރިކާގެ އިތުރުން ގަމާއި ހޮންގކޮންގް އަށް ޝެޑިއުލް ދަތުރު ފެއްޓޭތޯ ބަލާންޖެހޭ.
ޓިނު
10 September 2020
ފުލައިޓް ދަތުރު އޯކޭ ފެރީ އޯކޭއެއްނޫ. ؟ ކިހެނެއް މިވަނީ
ފުސް.
10 September 2020
ކުޅުދުއްފުށީ ކުދިންނާއި އުތުރުގެ ކުދިންނަށް ލިބުނު ރަނުގެ ފުރުޞަތެއް ތީ. މާލެއަށްވުރެވެސް ތަކެތި އަގުހެޔޮވެގެންދާނެކަމަށް އުންމީދުކުރަން.
ދުންދަނޑި
10 September 2020
ވިޔަފާރި މުދާ އުފުލާ ކޮންޓޭނާ ބޯޓުފަހަރަށް ކިޔާނަމެއްތަ ކާގޯ ފެރީއަކީ. އެމްޕީއެލް ޕޯޓަށް ކޮންމެދުވަހަކު ކައިރިކުރަނީވެސް ކާގޯފެރީއެއްނޫންތަ.
އިބްޝާ .
10 September 2020
އާސަންދަ. އެކަނިވެރި މައިން އަދި ކާފަ މާމައަށް ދިންއެލަވަންސް ގޯސްވި ބަޔަކަށް މިކަން ކަމުދާނެތަ.. ހަގީގަތުގަ މިއީ އުތުރުގެ ތަރައްގީއަށް އެޅުނު މުހިއްމު ބިންގަލެއް...
މުޑަހަންޖާ
10 September 2020
އުތުރުގެ ތަރައްގީއަށް އެތައް ބިލިއަން ރުފިޔާއަކަށް މާލޭމީހުން އައިހެވަން އެހަދަނީ ގުޅިފަޅުގަ، ހެހެހެހެ، ކަލޭމެނަށް ފުދޭނެ ދެދުވަހަކު ފެރީއެއްބާއްވާފަ ސުވިމިން ހަންބުރިކޮޅެއް ފަޅުތެރޭ އަޅާދެނިކޮށް. ކަލޭމެން އުތުރުމީހުންގެ ސާހިބުން އެމީހުނަކީ، ރަށުން އަކިރިކޮޅެއް ފޮނުވާ މަސައްކަތު ސައިޓަށް، ހެޔޮބަހެއްވެސް ބުނެފާނެ.
ވިސްނާލުމަށް އެދެމޭ
10 September 2020
ކޮންޗިން ފެރީ ބާއްވަން #އަހަރެން ދެކޮޅު# ކޮއް މެ ދިވެއްސަކީވެސް ދިވެހި ގައު މުގެ މިފަދަ ނިން މުންތަކުގަ ބަސްބުނެވެންޖެހޭނެ މީހެއް. މިއީ މުޅި ދިވެހި އުއް މަތާ ގުޅިފަހުރި މައްސަލައެއް.. މިކަ މުގަ އެއް މެހާ ދިވެހިންގެ ބަސްއޮންނަންޖެހޭ...އަހަރެން ނެތިދިތު މަށްފަހުވެސް އަހަރެންގެ ދަރިފަސްކޮޅުގެ ހައްގުތައް ރައްކާތެރިކޮށް ބޭއްވު މަށް އަހަރެން މަސައްކަތްކުރަންޖެހޭ. މިއީ ކޮއް މެ ދިވެއްސެގެ ވާޖިބު..އަހަރެން.ތިބޭފުޅާ. މިޖީލުގަތިބި ކޮއް މެ ދިވެއްސެގެ ވާޖިބު...
ރަބަރު
10 September 2020
އެހެން ވެއްޖެއްޔާ މަތިންދާ ބޯޓުވެސް ބާއްވާނެކަމެއް ނެތް
އާންސީސް
10 September 2020
ކޮން މެ ފުލައިޓެއް ފަށަން ވެސް ތިބޭފުޅާ ކައިރީ އަހަން ޖެހޭ ގޮތަށް ހަދާ
ވިސްނާލުމަށް އެދެމޭ
10 September 2020
ހަދިޔާއެއް ދިނު މަށްފަހު ހަދިޔާ ބެލެހެއްޓު މަށް ހަދިޔާ ދެވުނު މީހާގެ ގޭގަ ތިބެނީ ކޮންބައެއް..އެގޭގެ އަހުލުވެރިން ދެކޮޅުވިޔަސް..ހަދިޔާއަކީ ގަދަބާރުން މުށަށް ލައިދޭ އެއްޗެތަ..ބޭސްފަރުވާއަށް އިންޑިއާއަށްދާ ދިވެހިންނަ ވިސާއާ ހިލާފުވެ އެއް މެ ދުވަހެއްވިޔަސް ނުތިބެވޭ..ހިޖުރަކޮއްގެން ދިރިއުޅޭ ދިވެހިންނަ ވިޔަފާރިނުކުރެވޭ.ވަޒީފާއަދާނުކުރެވޭ.ކުރެވޭއެއްކަ މެ އެބައޮތް ބިރިޔާނިކެވޭ ކަސޯޓީބެލޭނެ.މިތާތިއްބަސް އެތާތިއްބަސް..ކޮޗިންފެރީގަ ގެންނާނީ ދިވެހިންގެ މުދާތޯ.
ރާއްޖެ
10 September 2020
ވޯރާ ވިޔަފާރިވެރިންގެ ޒަމާން އިއާދަ ވީއެވެ.
ރަބަރު
10 September 2020
ދަތުރުކުރާ މީހުނަށްވެސް ފެރީ ބާއްވަބަލަ.
ޤައުމީ މަސްލަޙަތު
10 September 2020
އާނ ދެން ކޮޗިނަށް ދިވެހިންގޮސް ގޭގޭގަ މަސައްކަތްކޮށްދީފަ ލިބޭ އެތިކޮޅުން ފިޔާ ބަސްތާއެއް ރާއްޖޭގަ ޑޮލަރު ނެތުމުން ހައިހޫނުކަމުގަ ތިބި އާއިލާއަށް ފޮނުވިދާނެ ރަނގަޅު ގޮތެއް ތިހެދީ. އެކަމަކު އޭތި ވެއްދޭނީވެސް އިންޑިއާ ސިފައިން އޭތިޗެކުކުރުމަށްފަހު ނަގާ ޗަންދާއެއް ނަގާފަ. މިބުނީ ރާއްޖެ ކޮޅުން. ވިސްނަވާ ލޮބުވެތި ރައްޔިތުންނޭ. #އިންޑިއާއައުޓް.
ކާގޯ ފެރީ
11 September 2020
މިއީ ކަގޯ ފެރީ...މީހުން އުފުލާ ފެރީ އެއްނޫން...އެމްޕީއެލް އަށް ވަންނަ ވައްތަރުގެ ކާގޯ ބޯޓެއް
ނުފެންނަ ތަރައްޤީ
10 September 2020
ތަރައްޤީ ބޭނުމެވެ. ނަމަވެސް އަޅޫވެތިކަން ބޭނުމެއްނޫނެވެ. ބޭނުމީ އަމާން ކަމާއެކު އަމިއްލަ ވަޒަނުގައި ތިބެވުމެވެ. ވާނުވާ ނޭނގި ބަދިގެއަށް ކާޅު ވަންނަ އުޞޫލުން އިންޑިޔާ ސިފައިން އައިސް ގޮސް އެމީހުން ގެންނަނީ ގެންދަނީ ކޮންއެއްޗެއްކަން ނޭނގޭ ގޮތަށް މުޅިރާއްޖެ ހުޅުވިފައި އޮތުމަކީ ކިހާ ބިރުވެރި ކަމެއް ކަމާމެދު ވިސްނާލާފައި ކޮމެންޓް ކުރާށެވެ. ރާއްޖޭގެ ސަރަހައްދު ބެލުމުގެ މާނައިގަވެސް ކަންކުރެވޭނެ ޙުދޫދެއް އިންތަކެއް އޮންނަން ވާނެކަމަށް ގަބޫލު ކުރާށެވެ.