19 ސެޕްޓެމްބަރ 2020 - 07:43
ވޮއިސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެމެޒޯންގެ އެލެކްސާގައި ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން އަޑު ހިމަނަން ނިންމައިފި އެވެ.
އެމެޒޯންގެ އިންޑިއާ ގޮފިން ބުނީ 77 އަހަރުގެ އެކްޓަރު އަޑު އެލެކްޒާ އަށް އަންނާނީ އަހަރުގެ ތެރޭގައި ކަމަށާއި އެއީ ވަރަށް ވެސް އުފާކުރާ ކަމެއް ކަމަށެވެ. މި ފުރުސަތަކާ އެކު އަމީތާބް ވެގެންދާނީ އެލެކްޒާ އަށް އަޑުދޭ އިންޑިއާގެ ފުރަތަމަ މީހާއަށެވެ. އަމީތާބުގެ ބަރު އަޑަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު އަޑެކެވެ. އެގޮތުން އޭނާ ވާހަކަ ދެއްކުމުގައި ގެންގުޅޭ ފާޑުވެރިކަމަކީ ފިލްމުތަކާއި ޝޯތަކުން ވެސް ވަރަށް ބޮޑަށް ގިނަ ބަޔަކު އަޅައިގަންނަ ކަމެކެވެ.
Amitabh Bachchan partners with Amazon to create a unique celebrity voice experience https://t.co/wSPRUcsoNB
— Adhushan (@Adhushan1) September 17, 2020
އަމީތާބު ބުނި އަނެއްކާ ވެސް އާ ކަމެއްގެ ތެރެއަށް ވަދެވުން ވަރަށް ހާއްސަ ކަމަށެވެ. އަދި އެ ފުރުސަތު އެމެޒޯނުން ދިން ކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
"ޓެކްނޮލޮޖީއާ ގުޅުން ހުންނަ ކޮންމެ ކަމަކީ އަބަދު ވެސް އަހަރެން ވަރަށް ގަޔާވާ ޝައުގުވެރިކާކަން. އެހެންވެ އެލެކްސާގައި މަސައްކަތްކުރަން ލިބުމަކި އަނެއްކާ ވެސް އެ ދާއިރާ އިން އާ މީޑިއަމެއް ތަޖުރިބާކޮށްލެވޭނެ ކަމެއް،" އަމީތާބް ބުންޏެވެ. "އަހަރެން ވަރަށް އުފާކުރަން ފިލްމާއި ޓީވީ ޝޯތަކާއި ޕޮޑްކާސްޓް ޝޯފަދަ އެއްޗެހީގައި މަސައްކަތް ކުރުމުގެ ނަސީބު ލިބިފައިވާތީ."
އޭނާ ބުނިގޮތުގައި ވޮއިސް އެސިސްޓަންޓަކީ މިހާރުގެ ޒަމާނީ ދިރިއުޅުމުގެ ތެރޭގައި ވަކި ހިއްޕައިލަމުން އަންނަ ކަމަކަށްވާތީ އެލެކްޒާ މެދުވެރިކޮށް އާންމުންނާ މުއާމަލާތްކުރެވޭ ގޮތް ވުމަކީ އެ މީހުންނާ އިތުރަށް ގާތްކޮށް ދޭނެ ކަމެކެވެ.
މީގެ ކުރިން ހުޅަނގުގެ މަޝްހޫރު ބައެއް ސެލެބްރިޓީން ވެސް އެކި ކުންފުނިތަކުގެ ވޮއިސް އެސިސްޓަންޑް ޑިވައިސްތަކަށް އަޑު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
19 September 2020
އަމީތާބަކީ ތަފާތު ހިނަރުތަކުގެ މާހިރެއް. އުމުރުން 70 އަށްވުރެ މައްޗަށް ދިޔައިރުވެސް ފަނޑުކަމެއް ނައައި ތަރިއެއް.