ޑރ. މައުސޫމް "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު
15 އޮކްޓޯބަރ 2020 - 12:53
ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް ޗައިނާއާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އުންމީދަކީ ޗައިނާގެ ޓޫރިސްޓުން ދަތުރުތައް ފަށާއިރު އޭގެ ތެރޭގައި ރާއްޖެ ހިމެނުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ޗައިނާ އެވެ. އެ ގައުމުން މިދިޔަ އަހަރުގެ ތެރޭގައި 284،000 ޓޫރިސްޓުން ރާއްޖެ އައެވެ. އެއީ އޭގެ ކުރީ އަަހަރަށް ވުރެ ވެސް އިތުރު އަދަދެކެވެ. އަދި އެއީ ލަންކާ އަށް އަހަރަކު ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދަށް ވުރެ ވެސް މަތީ އަދަދެެކެވެ. އެކަމަކު، ކޮވިޑާ ގުޅިގެން ޗައިނާ ރައްޔިތުން އެކި ތަންތަނަށް ދަތުރުކުރުން މަނާކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާއިރު، އެންމެ ފުރަތަމަ އިސްކަން ދޭ ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނޭ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އެއް ނުހިމެނެ އެވެ.
އެެހެން އެވީ ކީއްވެގެންތޯ ދެންނެވުމުން، މައުސޫމް މިއަދު "މިހާރު" އަށް ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން އެކި ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭއިރު، އޭގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި ލަންކާ އަށް ދާއިރު، ރާއްޖެ އަށް ވެސް ޓޫރިސްޓުން އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ދެ ގޮތަކަށް އަޅުގަނޑުމެން އެބަ ބަލަން. އެއް ގޮތަކީ ލަންކާ އަށް ދާ ޓޫރިސްޓުންގެ ތެރެއިން މިކޮޅަށް އަންނަން ބޭނުންވާ މީހުން ލަންކާ އިން އަޅުގަނޑުމެންގެ ފްލައިޓެއްގައި މިކޮޅަށް ގެނައުން. އެކަމަކު މީގައި އެންމެ ރަނގަޅު ގޮތަކީ ސީދާ ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން ގެނައުން،" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ޓޫރިޒަމްގައި އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. އެހެންވެ، ރާއްޖެ އިން އެދޭ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
15 October 2020
ނޫނޭ. ނަޝީދު ނުރުހޭނެ. މިސަރުކާރަށް އޯކޭވާނެ އިންޑިއާ ޓޫރިސްޓުން އައުމުން. އިންޑިއާއިން ވެސް އެއޮތީ އިންޑިއާއާއިގުޅިގެން ރާއްޖޭގަ ޓޫރިޒަމް ކުރިއަށް ގެންދެވޭނެކަމަށް. މިސަރުކާރަށް ޗައިނާވެސް އެގައުމުގެ ޓޫރިސްޓންވެސް މުހިއްމެއްނުވާނެ ޗައިނާއިން މިރާއްޖެ އަށް މިވެރިކަމުގާ ޓޫރިސްޓުން ނުފޮނުވާ ތި އަންނި ކޯފާވާނެ.
ޙަމީމް77
15 October 2020
ލަދުހަޔާއްވެސްނެތްބައެއްމީ ހިތެއްވެސްނެތީތަހަމަ އެވަރައް ޗައިނާއަށް ބަވާފަ އަދިތިބުނަނީ ގެސްޓުން ފޮނުވާށޯ!!!!!!!
ކުރުކުރު
15 October 2020
ޗައިނާއަށް އެތެރެކުރާ ބާދަގަނޑުވެސް މިހާރު އެތެރެކުރަނީ ކޮވިޑަށް ޓެސްޓުކޮށްފަ، އެމީހުނެއްނޫޅެއޭ ކޮވިޑު ހާއްޔެއްގެތެރެއަށް ރައްޔިތުން ނުފޮނުވިގެނެއް.
ޢަބުދުލް ޤާދިރު
15 October 2020
ލަދުގެ ކަންފުޅެއް ވެސް ނެތީވިއްޔާ.
ފޫހި
15 October 2020
ވަރަށް މޮޅު ހިޔާލެއް އެބައޮތް. ޢިންޑިޔާއިން ބޮޑު ލޯނެއް ނަގާނީ. ދެން އެލޯނުގެ ދަށުން އިންޑިޔާ އެމްބަސީން އިންޑިޔާގެ ފަތުރުވެރިން ގެންނާނީ. ދެން ފޮރިން މިނިސްޓަރ ލައްވާ އެކަމަށް ޝުކިރުއަދާކޮށްފަ ޓެކްސް ފައިސާއިން ލޯނު ދައްކާނީ.
ފޫހި
15 October 2020
ބަލަ އިންޑިއާ ފަސްޓް ޕޮލިސީ ކޮބާ? ޗައިނާ އާ ނުލައި އުޅެވެންވާނެދޯ އިންޑިޔާއާހެދި އަހަރެމެންނަށް އެލިބުނީ ކޮންފަދަ ދެރަކަމެއް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
15 October 2020
މާ ސްލޯ ބްރޯ ތިޔަހެންޔާ. މިއަދު އޮންނަންވާނީ ތިޔަ މަސްވަރާ ނިމިފަ ފައްކާވެފަ. ގެސްޓްހައުސް ހުޅުވާލި އިރު
ގޮތަށޭކުރަނީކަންކަން
15 October 2020
ޓޫރިސްޓުން ގެންނަން ޗައިނާއާ އެކު މަޝްވަރާ އެބަ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު ބުނެ އެމަގުން މަސައްކަތް ކުރަމުން ދަނިކޮށް އެއަށް ސީދާ ހުރަސް އެޅޭ ގޮތަށް މަޖްލީހުގެ ރައީސް ނިކުމެ ބުނަން ފަސްވެސް ނުޖެހޭނެއޭ ޗައިނާ ގެސްޓުން އައުމުން ރާއްޖޭގެ އިގްތިސާދަށް ވަނީ ގެއްލުން ކަމަށޭ މިވަރަށް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ބޮޑުވެ ކަޓުން ކަޓް ނަގައިގެން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ ކޮންޓްރޯލް ދަށަށް ގޮސްގެން އެއިން އެމްޑީޕީގެ ބޮޑުންނަށް ކަޓްލިބޭ
އޮވިޑް
15 October 2020
ޗައިނާ މީހުންނަށް އާދެވޭނީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްވާނަމައެއްނު. ރާއްޖޭގަ ކިރިޔާ އަދަދުތައް ތިރިވެލާއިރަށް އެހެން ދިމާލަކުން އެއަށްވުރެ ގިނަވޭ އެބަ. ޗައިނާއިން މިހާރު އެންމެ ބޮޑަށް ބަލަނީ ކޮވިޑް އަނބުރާ ގައުމަށް ނުދާނެ ގޮތަކަށް ކަންކަން ކުރަން.
ޙިނި
15 October 2020
ޓުރަންޕު ހޮވުނީމަ ޗައިނާގެ ބޮކި ފަޅައިގެންދާނެ، ޗައިނާ މީ ކާންދޭ އަތުގައި ދަތްއަޅާބަޔެއް. ގައުމު ތިވަނަދުނިޔެން ނަގައިދިނީމަ ޝުކުރު އަދާ ކުރަން ނޭންގުނު