ސުޝްމިތާ އާއި ރަހުމާން ރައްޓެހިވީ 2018 ގައި
ސުޝްމިތާ އާއި ރަހުމާން.
25 ޑިސެމްބަރ 2021 - 07:13
އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން ލޯބީގެ ގޮތުން ގުޅުނު ރަހުމާން ޝޯލްއާ އާ ވަކިވެއްޖެ އެވެ.
ކުރޯގެ މިސް ޔުނިވާސް އަށް ވުރެ 15 އަހަރު ހަގު ރަހުމާންއާ އޮތް ތިން އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައި ވާހަކަ ސުޝްމިތާ އިންސްޓަގްރާމްގެ ޕޯސްޓެއްފައި ހާމަކުރީ އެ ދެ މީހުން ރުޅިވެއްޖެ ކަމަށް މިދިޔަ ހަފުތާގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ދާދި ފަހުން ބޮޑު ސާޖަރީއެއް ވެސް ހެދި އެކަމަކު އެއާ އެއްވެސް ތަފުސީލެއް ނުދޭ ސުޝްމިތާ އާއި ރަހުމާން އެކުގައި ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ސުޝްމިތާ ބުނީ އެ ދެ މީހުންގެ "ލޯބީގެ ގުޅުން ނިމުނުތާ ދުވަސްތަކެއް ވެއްޖެ" ކަމަށެވެ.
"މި ގުޅުން ފެށުނީ ވެސް އެކުވެރިކަމަކުން. [އެހެންވީމަ] އެކުވެރިންގެ ގޮތުގައި ދެމިތިބޭނަން،" ސުޝްމިތާ ބުންޏެވެ. "[ލޯބީގެ] ގުޅުން ނިމުނުތާ ދުވަސްތަކެއް ވެއްޖެ. އެކަމަކު [އެކުވެރިންގެ ގޮތުގައި] ލޯބި ދެމިއޮންނާނެ."
ސުޝްމިތާ، 46، އާއި ރަހުމާން، 31، ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ. އޭގެ ފަހުން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މި ގުޅުމާ އެކު ސުޝްމިތާ ކައިވެންޏަކާ ހަމައަށް ދާނެ ކަމަށް ވެސް ބެލެވުނެވެ. ސުޝްމިތާ އަކީ އެޑޮޕްޓް ދެ އަންހެން ދަރިން ވެސް ގެންގުޅޭ މީހެކެވެ. އެއީ ރެނީ ސެން، 21، އާއި އަލީސާ ސެން، 12، އެވެ. ސުޝްމިތާ އާއި ރަހުމާން ގުޅުނު ފަހުން އެ ކުދިންނާއި ރަހުމާނާ ދޭތެރޭ ވެސް ވަރަށް ގާތް ގުޅުމެއް އޮތެވެ.
އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން ސުޝްމިތާ އަލުން އެކްޓިން އަށް ނުކުތީ މިދިޔަ އަހަރުގެ ވެބް ސީރީޒް "އާރިއާ" އިންނެވެ. އޭގެ ކާމިޔާބީ އަށް ފަހު ދެވަނަ ސީޒަން ޑިޒްނީ ޕްލަަސް ހޮޓްސްޓާ އިން ޕްރީމިއާކުރީ މި މަހުގެ 10 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy