ފިލްމީ ކެރިއަރު ކާމިޔާބީސް ޒާތީ ދިރިއުޅުމުގައި ސަލްމާނަކީ ކާމިޔާބު މީހެއް ނޫން
ސަލްމާން.
28 ޑިސެމްބަރ 2021 - 06:50
ހޯމަ ދުވަހަކީ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ 56 ވަނަ އުފަން ދުވަހެވެ. އޭނަގެ އުފަން ދުވަހަކީ ފޭނުން އަބަދުވެސް ވަރަށް ފޯރި އާއި ޖޯޝާ އެކީގައި ފާހަގަކުރާ ދުވަހެއް ވެސް މެ އެވެ. އެކަމަކު މި ފަހަރު ސަލްމާންގެ އުފަން ދުވަހުގެ ސެލެބްރޭޝަންތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފަ އެވެ.
އޭނާ އުފަން ދުވަސް ފާހަގަކުރަން ޕޭންވާލް ފާމް ހައުސް އަށް ގޮސް އުޅެނިކޮށް، އާދީއްތަ ދުވަހު ހަރުފައެއް ދަތް އެޅުމުން އެޑްމިޓްކޮށް ފަރުވާ ވެސް ވެސް ދޭން ޖެހުނެވެ. އެ ހާދިސާގެ ސަބަބުން ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ދިމައެއް ނުވެ އެވެ. އެކަމަކު ސަލްމާން ހޮސްޕިޓަލްގައި ހައެއްކަ ގަޑިއިރު އޮންނަން ޖެހުނެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ބުނީ ހާލު ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެކަމަކު ޑޮކްޓަރު އޮތީ އަރާމުކުރަން ސަލްމާން އިރުޝާދު ދީފަ އެވެ.
ސަލްމާނަށް 56 އަހަރު ފުރުނަސް އޭނާ އަކީ އަދިވެސް ބޮލީވުޑްގެ އެންމެ "ޒުވާން" އެއް އެކްޓަރެވެ. އެންމެ ވަރުގަދަ ހަށިގަނޑު ލިބިފައިވާ އެއް އެކްޓަަރެވެ. އެންމެ ކާމިޔާބު އެކެކެވެ. ސަލްމާން މިހާރު ކުޅެން ފަށާފައި އޮތް ފިލްމަކީ "ޓައިގާ 3" އެވެ. އޭގެ ފަހު ޝޫޓިން ޝެޑިއުލް އަންނަ މަހުގެ ތެރޭގައި ނިއު ދިއްލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ. ސަލްމާން ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އާއި "ކިކް" ގެ ސީކްއެލް އާއި "ބަޖްރަންގީ ބައިޖާން" ގެ ސީކްއެލްގެ އިތުރުން "ނޯ އެންޓްރީ" ގެ ސީކްއެލް ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާގެ ކުރީގެ މަޝްހޫރު ޖާސޫސް "ބްލެކް ޓައިގާ" އަކީ ވެސް ސަލްމާން ކުޅޭނެ ފިލްމެކެވެ.
މި އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އާއި މެއިގައި ރިލީޒްކުރި "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެވެ. ކަލާޒްގެ "ބިގް ބޮސް" ސީޒަން 15 ހޯސްޓް ކުރަމުން އަންނަ ސަލްމާންގެ 56 ވަނަ އުފަން ދުވަސް ފޭނުން ފޯރީގައި ފާހަގަކުރާ އިރު، އޭނާ އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މީހެކެވެ. ސަލްމާން ސުޕަސްޓާރަކަށްވީ ކުޅުނު ދެވަނަ ފިލްމު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އިންނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 1988 ގެ "ބީވީ ހޯ ތޯ އޭސީ" އެވެ.
ބޮލީވުޑްގައި އެކްޓަރެއްގެ ގޮތުގައި ކާމިޔާބަސް ޒާތީ ދިރިއުޅުމުގައި ސަލްމާނަކީ ކާމިޔާބު މީހެއް ނޫނެވެ. އޭގެ އެއް ހެއްކަކީ އަދިވެސް ހުސްހަށިބަޔަށް ހުރުމެވެ. އޭނަ އެންމެ ފަހުން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ކެޓްރީނާ ކައިފް ވަނީ މި މަހުގެ 9 ގައި އެކްޓަރު ވިކީ ކޯޝަލް، އާ ކައިވެނިކޮށްފަ އެވެ.
ސަލްމާން ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނި އާއި ސޯމީ އަލީގެ އިތުރުން އައިޝްވާރިއާ ރާއީ ހިމެނެ އެވެ. ސަލްމާނާ ގުޅުވައިގެން މި ފަހުން އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެކަކީ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ. އެކަމަކު އެ ދެ މީހުންގެ މެދުގައި އޮތް ގުޅުމަކީ ކޮބައި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ. އޫލިއާ އަކީ ސަލްމާންގެ "ރާދޭ" ގެ ހިޓް ލަވަ "ސީޓީ މާރް" ގެ އަންހެން އަޑެވެ.
ސަލްމާންގެ ކެރިއަރަަށް މިހާރު 33 އަހަރުވެފައިވާތީ އެކަމާ ގުޅުވައިގެން އޭނައާ ބެހޭ ޑޮކިއުމަންޓަރީ ސީރީޒްއެއް "ސަލްމާން ޚާން: ބިޔޯންޑް ދަ ސްޓާ" ގެ ނަމުގައި ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޯބެބެ
28 December 2021
ކަސްރަތާއި ޑައެޓާއި ޒަމާނީ ފަރުވާ އިން ލޫކް އޭޖިންގ ވުން ކުޑަކޮށް ލަސް ކޮށްލެވުނަސް ލޯ ކައިރިއަށާއި މޫނަށް ކުދި ރޫތަށް ގިނަވަމުން ތިހިރަ ދަނީ. ގެޓް އަ ލައިފް ކަލޯ
ގުލްޒާރު
28 December 2021
ސައްލޫއަކީ މޭންއެއް.
އުދުހޭ
28 December 2021
ބަދަލެއްނުވޭ. މުސްކުޅިވަނީ ދޯ؟
ރަދީފްއޮފިޝިއަލް
28 December 2021
ލެޖެންޑެއް.
ގައިސް
28 December 2021
ފެންނަ ފެނުމަށް ބަދަލު ނުވިއަސް ވަރަަށް ގިނަކަންކަން މިހާރު ބަދަލުވެފަ އޮންނާނީ. ޒަމާންދިޔައީ