ފ. ފީއަލި: މި ރަށާއި ރަށާ ގުޅުން ހުރި ސަރަހައްދުގައި ފިލްމް ނެގުމާ ބެހޭ ގަވައިދެއް ވަނީ އެކުލަވާލައިފައި.
16 މާޗް 2017 - 21:36
ފ. ފީއައްޔާއި އެ ރަށް ހިމެނޭ ސަރަހައްދުގައި ކައުންސިލްގެ ހުއްދަ ނެތި ފިލްމް ނެގުން މަނާކުރާ ގަވައިދެއް ހަދައި އެއަށް އަމަލުކުރަން ފަށައިފި އެވެ.
ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މަޝްވަރާއާ އެކު ފީއަލީ ކައުސިލުން އެކުލަވައިލި "ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ފަޅުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާއި ފީ ނެގުމާ ބެހޭ ގަވައިދު" ގެ ނަމުގައި އެކުލަވާލައިވައިވާ ގަވައިދު މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
އެ ގަވައިދުގައި ބުނަނީ ފީއަލީ ކައުލްސިލްގެ އިހުތިސާސް ހިނގާ އެއްވެސް ސަރަހައްދެއްގައި ފިލްމެއް ނުވަތަ ފިލްމުގެ ބައެއް ނުވަތަ އިޝްތިހާރެއް ނަގަން ވާނީ ކައުންސިލްގެ ހުއްދަ ލިޔުމަކުން ހޯދައިގެން ކަމަށެވެ.
ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެއްޗެއް ޝޫޓް ކުރަމުންދާ އިރު ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން ނުވަތަ ފުލުހުން އެކަމާ ގުޅޭ ހުއްދަ އޮތް އޮތްތޯ ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ބެލޭނެ ކަމަށާއި ހުއްދަ ނެތްކަން އެނގިއްޖެ ނަމަ، އެ މަސައްކަތެއް ހުއްޓުވުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
ޝޫޓް ކުރާ ތަންތަނަށް ފީ ދައްކަން ޖެހޭނެ ކަމަށާއި ފިލްމެއްގެ މަންޒަރެއް ނަގަން ހުއްދަ ދޭނީ ކައުންސިލަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ކަމަށް ވެސް ގަވައިދުގައިވެ އެވެ. އޭގައި ބުނެފައި ވަނީ ފީ ނެގުމުގައި ރަށުގެ އެކި ތަންތަނަށް ތަފާތު އަގުތަކެއް ހަމަޖެއްސި ދާނެ ކަމަށެވެ.
މި ގަވައިދާ ހިލާފަށް އަމަލުކޮށްފި ނަމަ، ޖޫރިމަނާ ކުރާނެ އަގުތަކެއް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން 500ރ. އިން ފެށިގެން 5،000ރ. އާ ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ގަވައިދުގައި ކައުންސިލަށް ދީފައިވެ އެވެ.
މި ގަވައިދު ހެދި އިރު، ސައޫދީ އަރަބިއްޔާއަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ފ. އަތޮޅު ވިއްކާނުލާނެ ކަމަށާއި އެ އަތޮޅަށް އަންނާނީ ބިޔަ މަޝްރޫއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީވަލުގާނޫނު
17 March 2017
ތިޔަ ބުނާ ބަޔަކު އައިމާ ވާނެ ގޮތުގެ ހުލާސާއެއް މިއީ.
ދިވެހި
17 March 2017
މިހާ ދަށު ދަރަޖައަށް ވެއްޓެން ހެޔޮނުވާނެ
ކޮކޭ
17 March 2017
ތީ ދެން އެވަރުގެ ރަށެއްތަ! ހެހެ
ކައުންސިލް
17 March 2017
ތީ ކީއްކުރަން ފޮޓޯ ނުވަތަ ފިލްމު ނަގަން ދާ ރަށެއް؟ ތި އޮތީނު ތި ރަށް އޮންން ގޮތް.
ހެހެހެ
17 March 2017
ޙަމަ ސައުދީ އަރަބިއްޔާ! ޙެހެހެ
ގޫގުލްއާތު
17 March 2017
ގޫގުލް، ނާސާ އަދި އެނޫންވެސް ދުނިޔޭގެ ސާފަސް ފޮޓޯނަގާ އަދި އެފޮޓޯ ބޭނުންކުރާފަރާތްތަކުގެ އަތުން ފީނަގަން ދައުވާކުރަންވީނު. އެކަން ނުކުރެވެންޏާ 'އިހުތިސާސް' ފޯރާ ހިސާބުގައި ސަތަރިއަޅާ މަތިން ފޮޓޯ ނުނެގޭނެހެން ހަދާ. މި ހަބަރުގަ ޖަހާފަވެސް އޭނީ ހަމަ އެފަދަ ފޮޓޮއެއް. ތިގަވާއިދު ހެދިމީހުންވެސް ގޫގްލްއާތާއި، ގޫގުލް މެޕް ފަދަ އެޕް ބޭނުންނުކުރާނެކަމަށް އުއްމީދުކުރަން
ފާފު
16 March 2017
މީ ވިއްކާލަންއުޅޭހެން ހީވެސް ނުވާތީ ވާގޮތްކަންނޭނގެދޯ؟!؟
އުދުހޭ
16 March 2017
ފޮޓޯއާ ވީޑިއޯއަކީ ލޯކަލް ޓޫރިޒަމަށް ޕްރޮމޯޓްކުރުމަށް މަރަށް މުހިންމު އެއްޗެއް. އަރާ އިން ގަހުގެ ގޮފިގަނޑާލީމާ ބިންމައްޗަށް ވެއްޓި ގުޅަޔަކަށް ޖެހޭނީ.
އަޑީބް އެންޑް ބަދީއް
16 March 2017
ފީއަލި މީ ސިފައިންގެތަ ފޮޓޯނެގުން މަނާކުރަން.
ލޮލް
16 March 2017
ކުރުކޮށް ބުނާނަމަ މީގެ ފަހުން ފީއަލީގައި ފިލްމެ ނުވަތަ އެހެން އެއްޗެއްވެސް ޝޫޓްކުރާނަމަ އޭތި ޑައިރެކްޓް ކުރާނީ ފީއަލީ ކައުންސިލުންނޭ.