8 ވަނަ ދިވެހި ފިލްމް އެވޯޑްސް: މުހިއްމު، ގިނަ ނޮމިނޭޝަންތައް ޑާކް ރެއިންއަށް

އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ބާއްވާ އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ އިއުލާންކޮށްފި އެވެ. ނޮމިނޭޝަންތަކުގައި ކުރި ހޯދާފައި ވަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމުތަކެވެ.


ސަތާރަ ފީޗާ ފިލްމް ހުށަހަޅާފައިވާ އެވޯޑްސްގައި އެ ސްޓޫޑިއޯގެ ހަތަރު ފީޗާ ފިލްމެއް ވާދަ ކުރާ އިރު، އެއިން ކޮންމެ ފިލްމެއް ވަނީ އެންމެ މުހިއްމު އަދި ގިނަ ކެޓަގަރީތަކުން ޖާގަ ހޯދައިފަ އެވެ. އެ ފިލްމްތަކުގެ ތެރޭގައި ހުޅުދާން، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން އަދި ވާށޭ މަށާއެކީ ހިމެނެ އެވެ.

ދިރާގުން ޓައިޓްލް ސްޕޮންސަކޮށްފައިވާ އެވޯޑްސްގައި ކުރު ފިލްމް ކެޓަގަރީން ހަތް ފިލްމް ވާދަކުރާ އިރު، އެންމެ މޮޅު ފަސް ފިލްމަށް ވާދަކުރާ ފިލްމްތަކުގެ ތެރޭގައި ވެސް ޑާކް ރެއިންގެ ދެ ފިލްމެއް ހިމެނެ އެވެ. އެއީ "ކަޝްފް" އާއި "ވޫޑޫ" އެވެ. ކުރު ފިލްމްގެ ބައިން ވެސް މުހިއްމު އެވޯޑްތަކުގެ ނޮމިނޭޝަންތައް ލިބުނީ ޑާކް ރެއިންގެ ފިލްމްތަކަށެވެ.

މިފަހަރު ފިލްމް އެވޯޑްސް ބާއްވަނީ 2014-2016 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ.

އެންމެ މޮޅު ފިލްމް:

ވާށޭ މަށާއެކީ، ހުޅުދާން، އަހްޝަމް، އެންމެ ފަހު ވިންދާ ޖެހެންދެން، މިކޮއެ ބައްޕަ ބައޭބައޭ

އެންމެ މޮޅު ޑައިރެކްޓަރު:

އަލީ ޝިފާއު (ވާށޭ މަށާއެކީ)، އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)، ރަވީ ފާރޫގް (މިކޮއެ ބައްޕަ ބައޭބައޭ)، އަލީ ސީޒަން (އަހްޝަމް)، އަލީ ޝިފާއު (އެންމެ ފަހު ވިންދާ ޖެހެންދެން)

އެންމެ މޮޅު އެކްޓަރު:

ޖުމައްޔިލް ނިމާލް (ވާށޭ މަށާއެކީ)، ޖުމައްޔިލް (އެންމެ ފަހު ވިންދާ ޖެހެންދެން)، ހަސަން މަނިކު (ހުޅުދާން)، އަލީ ސީޒަން (ވަފާތެރި ކެހިވެރިޔާ)، އިބްރާހީމް ޖިހާދު (4426)

އެންމެ މޮޅު ބަތަލާ:

މަރިޔަމް މަޖުދާ (އެންމެ ފަހު ވިންދާ ޖެހެންދެން)، މަޖުދާ (ވާށޭ މަށާއެކީ)، މަޖުދާ (ހުޅުދާން)، ނިއުމާ މުހައްމަދު (އާދޭސް)، އައިޝަތު ރިޝްމީ (މިކޮއެ ބައްޕަ ބައޭބައޭ)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު:

މުހައްމަދު ފައިސަލް (ވާށޭ މަށާއެކީ)، އާދަމް ރިޒްވީ (ވާށޭ މަށާއެކީ)، ރަވީ (ހުޅުދާން)، އިސްމާއީލް ރަޝީދު (އަނިޔާ)، އަހުމަދު ސައީދު (އަހްޝަމް)

އެންމެ މޮޅި ސަޕޯޓިން ބަތަލާ:

ނިއުމާ (އަނިޔާ)، ޒީނަތު އައްބާސް (ވީބޭވަފާ)، އާމިރާ އިސްމާއީލް (އާދޭސް)، ފާތުމަތު އާޒިފާ (އާދޭސް)، ޒީނަތު (އަހްޝަމް)

އެންމެ މޮޅު އާ ބަތަލު:

އަބްދުﷲ ޝާފިއު (ވާށޭ މަށާއެކީ)، ޖުމައްޔިލް (އަނިޔާ)، އިސްމާއީލް ޖުމައިހް (ނޭނގި ޔާރު ވަކިވީ)، އަލީ އާޒިމް (އާދޭސް)، އިބްރާހީމް އަބްދުﷲ ނަސީރު (އާދޭސް)

އެންމެ މޮޅު އާ ބަތަލާ:

އައިމިނަތު ނޫރާ (ވާށޭ މަށާއެކީ)، މަޖުދާ (ހުޅުދާން)، މަލީހާ ވަހީދު (ނޭނގި ޔާރު ވަކިވީ)

އެންމެ މޮޅު ސިނަމަޓޮގްރަފީ:

އަލީ ޝިފާއު/އަހުމަދު ޝިނާން (ވަށޭ މަށާއެކީ)، ޝިފާއު/ޝިނާން (ހުޅުދާން)، ޝިވާޒް އަބްދުﷲ (އަހްޝަމް)، ޝިފާއު/ޝިނާން (އެންމެ ފަހު ވިންދާ ޖެހެންދެން)، ޝިފާއު (މިކޮއެ ބައްޕަ ބައޭބައޭ)

އެންމެ މޮޅު ސްކްރީންޕްލޭ:

މަހުދި އަހުމަދު (ވަށޭ މަށާއެކީ)، އައިޝަތު ފުއާދު ތައުފީގް (ހުޅުދާން)، އަހުމަދު ނިމާލް (އަނިޔާ)، މަހުދީ/އަހުމަދު ޒަރީރު (އަހްޝަމް)، މަހުދީ (މިކޮއެ ބައްޕަ ބައޭބައޭ)

ބެސްޓް އެޑިޓިން:

ޝިފާއު (ވާށޭ މަށާއެކީ)، ޝިފާއު (އެންމެ ފަހު ވިންދާ ޖެހެންދެން)، ރަވީ (މިކޮއެ ބައްޕަ ބައޭބައޭ)، ސީޒަން، އަހުމަދު ގިޔާސް (އަހްޝަމް)، އަހުމަދު ޝާކިރް/ރަވީ،ފައިސަލް/ސިނާން (ހުޅުދާން)

އެންމެ މޮޅު ބެކްސްކޯ:

މުހައްމަދު އިކްރާމް (ވާށޭ މަށާއެކީ)، އިކްރާމް (އިންސާނާ)، އިކްރާމް (އެންމެ ފަހު ވިންދާ ޖެހެންދެން)، އައްޔުމަން ޝަރީފް (އަނިޔާ)، އިބްރާހީމް ނިފާރް (ވަފާތެރި ކެހިވެރިޔާ)

އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ:

ހަދީޖާ މުހައްމަދު (ވާށޭ މަށާއެކީ)، ޝިފާ ތައުފީގް (އަނިޔާ)، މަރިޔަމް އުނޫޝާ (24 ގަޑިއިރު)، މަރިޔަމް އަޝްފާ (ވަފާތެރި ކެހިވެރިޔާ)، މީރާ މުހައްމަދު މާޖިދު (އަހްޝަމް)

އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ:

އަހުމަދު ފުރްގާން (ވާށޭ މަށާއެކީ)، އަހުމަދު ނާޝިދު (ހުޅުދާން)، ތޭރަވާ (ވަފާތެރި ކެހިވެރިޔާ)، އަހުމަދު އިބްރާހީމް (އަހްޝަމް)، ޝައްމޫން މުހައްމަދު (އެންމެ ފަހު ވިންދާ ޖެހެންދެން)

އެންމެ މޮޅު އޮރިޖިނަލް ލަވަ:

ތަކުރަށް (ހުޅުދާން)، ފޯއެވާ އިން ލަވް (24 ގަޑިއިރު)، ވާ ލޯބި ދުލުން (ވަފާތެރި ކެހިވެރިޔާ)، ގަންދީ ހުވާ (އަހްޝަމް)، ގެއްލިފާ (އެންމެ ފަހު ވިންދާ ޖެހެންދެން)

އެންމެ މޮޅު ޅެން:

ނޫން ނޫން ނުދޭ (ވާށޭ މަށާއެކީ/ފުރްގާން)، ޒީރޯ ޑިގްރީ (ހުޅުދާން)، އާދޭސް (އާދޭސް/ތޭރަވާ)، އުންމީދު (ވަފާތެރި ކެހިވެރިޔާ/ތޭރަވާ)، ގަންދީ ހުވާ (އަހްޝަމް/ތޭރަވާ)

ފިލްމް އެވޯޑްސް އަށް ހުށަހެޅި ފިލްމްތައް ޖަޖްކޮށްފައި ވަނީ ފަސް މެމްބަރުން ހިމެނޭ ޕެނަލަކުންނެވެ. ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕީއެސްއެމް ގުޅިގެން ބާއްވާ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.