ދީޕިކާ އަދި އައިޝްވާރިޔާ: ޝާހްރުކްގެ "ސެލިއުޓް" އިން ކޮންމެވެސް އެއް ބަތަލާއަކު ފެންނާނެ.
21 މެއި 2018 - 08:11
ސެޕްޓެމްބަރު މަހު ޝޫޓިން ފަށާ، ޝާހްރުކް ހާން ކުޅޭ ފުރަތަމަ ބައޮޕިކްގެ ބަތަލާގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ އައިޝަވާރިޔާ ރާއީ ނުވަތަ ދީޕިކާ ޕަދްކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމް އެންމެ ފުރަތަމަ އިއުލާން ކުރީ އާމިރް ހާން ހިމަނައިގެންނެވެ. އޭރު ބަތަލާއަކަށް ގެންނަން ވާހަކަ ދެކެވުނީ ޕްރިޔަންކާ ޗޯޕްޅާއާ އެވެ.
އެކަމަކު މަހޭޝް މަތާއީ ޑައިރެކްޓް ކުރާ ފިލްމްގެ ލީޑް ރޯލަށް ޝާހްރުކަށް ގެނައުމާ އެކު، "ސެލިއުޓް" އަށް އެހެން ބަތަލާއަކު ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވަރަށް އަވަހަށް ފިލްމްގެ ބަތަލާއަކީ ކާކުކަން އިއުލާން ކުރާނެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އައިޝްވާރިޔާ އާއި ދީޕިކާ އަކީ ވެސް ކުރިން ޝާހްރުކާ އެކު ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ދެ ބަތަލާއިންކަމެވެ.
ޝާހްރުކާ އެކު "މުހައްބަތޭން" އާއި "ދޭވްދާސް" ކުޅުނު އައިޝްވާރިޔާ އެންމެ ފަހުން ފެނުނީ ޝާހްރުކްއާ އެކު ފެނުނީ އޭނާ ހާއްސަ ފެނިލުމަކުން ފެނިގެން ދިޔަ 2016 ގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" އިންނެވެ.
ފިލްމް "އޯމް ޝާންތީ އޯމް" އިން ޝާހްރުކާ އެކު ބޮލީވުޑަށް ނުކުތް ދީޕިކާ އެންމެ ފަހުން ޝާހްރުކާ އެކު ކުޅުނީ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. އެކަމަކު މި އަހަރު ޑިސެމްބަރު 21 ގައި ރިލީޒް ކުރާ އާނަންދް އެލް ރާއީގެ ފިލްމް "ޒީރޯ" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކާ އެކު ދީޕިކާ ފެނިގެން ދާނެ އެވެ.
"Zero" ah fahu Shah Rukh Khan "Salute" ah
The most trusted news source in the Maldives
Mihaaru
"ސެލިއުޓް" ގެ ޝޫޓިން ފަށާނީ ސެޕްޓެމްބަރު މަހު.
ދީޕިކާ އާއި އިރްފާން ހާން ކުޅެން އޮތް ފިލްމެއް، އިރްފާނަށް ބޮޑު ބައްޔެއް ޖެހިގެން ފަސްކޮށްފައިވާ އިރު، މި ވަގުތު ދީޕީކާ ކުޅޭނެ އެއްވެސް އިތުރު ފިލްމެއް އިއުލާންކޮށްފައެއް ނެތެވެ.
އައިޝްވާރިޔާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ޖުލައި 13 ގައި ރިލީޒް ކުރާ "ފެނީ ހާން" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
21 May 2018
މަށައް ތިޔަފިލްމުން ޖާގައެއް ދީބަލަ