އާރް ބަލްކީ.
25 ނޮވެމްބަރ 2018 - 07:27
އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހަދާ ފިލްމު "މިޝަން މަންގަލް" އަކީ އޮރިޖިނަލް ސްކްރިޕްޓެއް ކަމަށާއި އެއަށް އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވާ ކޯ-ޕްރޮޑިއުސަރު އާރް ބަލްކީ ބުނެފި އެވެ.
އަކްޝޭ ކުމާރުގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "މިޝަން މަންގަލް" އާ ބެހޭ ގޮތުން ބަލްކީ ބުނީ ފިލްމުގެ ސްކްރީންޕްލޭއަކީ އޭގެ ޑައިރެކްޓަރު ޖަގަން ޝަކްތީ 2015 އިން ފެށިގެން މަސައްކަތް ފަށާފައި އޮތް އެއްޗެއް ކަމަށެވެ. އަދި އޭނާގެ ސްކްރިޕްޓް ފުރިހަމަ ކުރަން އަމިއްލަ ގޮތުން ހިއްސާވެފައި ވާނެ ކަމަށް ބަލްކީ ބުންޏެވެ.
މިހާރު ޝޫޓިން ވެސް ފަށާފައިވާ ފިލްމަކީ އެއްވެސް މީހެއްގެ ސްކްރިޕްޓެއް ކޮޕީކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއް ނޫން ކަމަށް ބަލްކީ ބުނެފައި މި ވަނީ "މިޝަން މަންގަލް" ހަދަނީ ކޮޕީރައިޓް ގާނޫނާ ހިލާފަށް އެހެން ބައެއްގެ ސްކްރިޕްޓެއް ކޮޕީކޮށްގެން ކަމަށް އެމެރިކާގައި ދިރިއުޅޭ ރާދާ ބަރަދުވާޖް ކިޔާ މީހަކު ބޮމްބޭ ހައިކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެންނެވެ.
Proud and excited to bring the story of India’s Mars Mission, #MissionMangal to you. Coincidentally the mission was launched on this very date, 5th Nov. 2013. Meet the team and do share your best wishes for our shubh mangal journey. Shoot begins soon 🙏🏻 @foxstarhindi pic.twitter.com/SYfSmoZEdb
— Akshay Kumar (@akshaykumar) November 5, 2018
އަކް
މިކަމާ ބެހޭ ގޮތުން ބަލްކީ މިޑް-ޑޭ އަށް ބުނީ "މިޝަން މަންގަލް" ގެ ސްކްރިޕްޓަށް ރާދާ ދައުވާ ކުރާ ނަމަ، އެ ފިލްމުގެ ސްކްރިޕްޓް ކިޔައިލަން އަންނަން އޭނާ އަށް މަރުހަބާ ވެސް ކިޔާ ކަމަށެވެ.
"އަހަރެމެން މިތިބީ އޭނާ އަށް ސްކްރިޕްޓް ކިޔާލަން ދޭން ތައްޔާރަށް. އޮފީހަށް ހަމަ އަންނަންވީ. އަހަންނަށް ހަމަ ޔަގީން މި ސްކްރިޕްޓް ކިޔާލީމަ ރާދާ އަށް ކަށަވަރު ވާނެ އޭނާ އެ ދައުވާ ކުރާ ސްކްރިޕްޓަކާއި މިޝަން މަންގަލްގެ ސްކްރިޕްޓަކާ އެއްވެސް ގުޅުމެއް ނެތްކަން،" ޕާ އާއި ކީ އެންޑް ކާ ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"އިންގްލިޝް ވިންގްލިޝް" ގެ ޑައިރެކްޓަރު ގޯރީ ޝިންޑޭގެ ފިރިމީހާ ބުނި ގޮތުގައި ކަމުގެ ހަގީގަތް ނުބަލައި ރާދާ ދައުވާ ކުރަން ކޯޓަށް ދިއުމަކީ ސުވާލު ވެސް އުފެދޭ ކަމެކެވެ.
"އަހަރެމެންނަށް މިކަހަލަ ކަންކަން އަލެއް ވެސް ނޫން. ވަރަށް ގިނަ ފަހަރަށް ހަގީގީ ހާދިސާއަކަށް ފިލްމެއް ހަދާ ނަމަ ކޮންމެވެސް ދިމާލަކުން ކޮންމެ ވެސް ބަޔަކު ދައުވާއެއް ކުރަން ކޯޓަށް ދާނެ. އަހަރެން ބުނަން އޮތްހާ ވެސް ވާހަކައަކީ އެއް ހާދިސާއަކަށް އެތައް އެންގަލަކުން ވެސް ސްކްރިޕްޓެއް ހެދިދާނޭ،" އޭނާ ބުންޏެވެ. "އެހެންވެ އަހަރެމެން ވަރަށް ސާބިތުކަމާ އެކު މި ބުނަނީ މިޝަން މަންގަލްއަކީ އަހަރެމެންގެ އޮރިޖިނަލް ސްކްރީންޕްލޭއެކޭ. މިއީ ކޮޕީކޮށްފައި އޮތް އެއްޗެއް ނޫން."
"މިޝަން މަންގަލް" އަކީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ޖައްވީ ފިލްމެކެވެ. މި މިއީ އިންޑިއާގެ އަންހެން ސައިންސްޓިންތުންތަކެއް ވަރަށް ބޮޑު ހިއްސާއަކާ އެކު ކުރިއަށް ގެންދާ މަޝޫރޫއެކެވެ.
"މިއަށް ދައުވާއެއް ކުރެވޭނެ ބަޔަކު ތިބި ނަމަ އެކަން ކުރެވޭނެ ހަމައެކަނި ބަޔަކީ އިސްރޯ. އެ މީހުންގެ މަސައްކަތަކަށް ބިނާކޮށްވިއްޔާ އަހަރެމެން މި ފިލްމު މި ހަދަނީ،" މި އަހަރު "ޕެޑްމޭން" ގެނެސް ދިން ބަލްކީ ބުންޏެވެ.
ތާޕްސީ "މިޝަން މަންގަލް" ގެ ސެޓްގައި.
އޭނާ ބުނި ގޮތުގައި "މިޝަން މަންގަލް" ގެ ވާހަކަ ޝައުގުވެރި ކުރުމުގެ ގޮތުން ފިލްމަށް ވާނީ ހިޔާލީ ބައެއް ކެރެކްޓާތައް ވެސް އިތުރުކޮށްފަ އެވެ.
އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ފިލްމުގެ ކާސްޓުންނަކީ އަކްޝޭ، ވިދިޔާ ބަލަން، ޝަރުމަން ޖޯޝީ، ސޮނާކްޝީ ސިންހާ، ސަންޖޭ ކަޕޫރު، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި ސައުތުން ބޮލީވުޑަށް ތައާރަފުވާ ނިތިޔާ މެނެން އެވެ.
ރާދާ ބުނި ގޮތުގައި އަންހެން އިންޖިނިއަރުންތަކެއް އިސްކޮށް ތިބެގެން އިންޑިއާ އިން މާސް އަށް ދާން ކުރާ ދަތުރަށް ބިނާކޮށް އޭނާ ލިޔެފައިވާ ސްކްރިޕްޓަކީ 2016 ގައި ޔޫއެސް ކޮޕީރައިޓް އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ އެއްޗެކެވެ.
"Mission Mangal" ge script ah meehaku dhauvaa kurany
The most trusted news source in the Maldives
Mihaaru
"މިޝަން މަންގަލް" ގެ ސްކްރިޕްޓްގެ މައްސަލަ އޮތީ ކޯޓަށް ހުށަޙަޅާފއި.
އަދި އެއަށް ފިލްމެއް ހަދަން ޕްރޮޑިއުސަރު އަތުލް ކަސްބޭރުގެ ފިލްމު ކުންފުނި އެލިޕްސިސް އެންޓަޓައިންމަންޓާއި ބަތަލާ ވިދިޔާ ބާލަންއާ ސްކްރިޕްޓް ހިއްސާކޮށް އޭގެ މަސައްކަތްތަތަކެއް ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި "މިޝަން މަންގަލް" އަކީ އޭނާގެ ސްކްރިޕްޓްގެ މައިގަނޑު ޕްލޮޓް "ވީދައިގެން" ހަދާ ފިލްމެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރާދާ ބުނީ އެކަން ސާބިތު ކުރެވޭނެ ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy