ކަރީނާ: އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކަ ދޮގު ކުރޭ.
25 ޖެނުއަރީ 2019 - 09:14
ބަތަލާ ކަރީނާ ކަޕޫރް ސިޔާސީ ދާއިރާ އަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށާއި މި އަހަރު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާ އިންތިހާބުގައި ވެސް އޭނާ ވާދަކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކަރީނާ ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ސައިފް އަލީ ހާންގެ އަންހެނުން ލޯކް ސަބާ އަށް ވާދަކުރަން ނިންމާފައި ވަނީ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ޓިކެޓްގައި ބޯޕާލް ދާއިރާގެ ގޮނޑިއަކަށެވެ.
ނަމަވެސް އެކަން ދޮގުކުރަމުން ޕިންކްވިލާ އަށް ކަރީނާ ބުނީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް. އަހަރެންގެ ވިސްނުމުގައެއް ވެސް ނެތް ސިޔާސީ ދާއިރާ އަށް ނުކުންނާކަށް،" އަލަތު ދަރިފުޅަށް ފަހު، މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" ކުޅުނު ބަތަލާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފޯކަސް މުޅިން ވެސް އޮތީ ފިލްމީ ދާއިރާއަށެވެ.
ކަރީނާ ދަރިފުޅާއި ފިރިމީހާއާ އެެކު.
އިންޑިއާގެ ފުރަތަމަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރް ހާންދާނަށް ނިސްބަތްވާ ކަރީނާ، 38، މި ވަގުތު އަންނަނީ އަކްޝޭ ކުމާރާ އެކު ކުޅޭ ފިލްމު "ގުޑް ނިއުސް" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. އަދި މި އަހަރުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" ގެ މަސައްކަތް ވެސް އޭނާ ފަށާނެ އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.
ދާދި ފަހުން މީޑިއާތަކުން މަދޫރީ ޑިކްސިޓް ވެސް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި ވާދަ ކުރަން ނިންމާފައިވާ ކަމަށް ބުނެ ފެތުރި ވާހަކަތައް ދޮގުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދު އަލީ
25 January 2019
ނިކުތަސް ދާނީ ޗޮކުން، ނަމަނަމަ ނުނިކުންނާތި
ކަޕޫރު
25 January 2019
ގްރޭޑް 10 ނިންމާފަ ތިބޭ މީހުންނަށް އިންޑިއާގެ ސިޔާސީ މައިދާނުން ވަރަށް ފުރުސަތު ނުދޭ. ރާއްޖެގަ އަސާސީ ތައުލީމުން މައްސަލައަކަށް ނުވިއަސް!
ެއެންދެރި
25 January 2019
ދެން އެވަރަކުން ދައްތައާ އެކީ ކަރިޝްމާ ޕާޓީ އުފައްދާގެން މެދު ހެންވޭރަށް ކުރިމަތިލާން އުޅުނީ ކީކުރަން،،،،،، ސޮއެ ހަމަނުވީމަ ދެން ކޮންހާ ބަހަނާއެއް ދައްކާކަށް.
ކާސިމާ ސޭޓު
25 January 2019
ކަރީނާ ޖޭޕީ އަށް ސޮއި ކުރަނީ!