ކެޓްރީނާ: އޭނާ މިހާރު ހުރީ ހުސްކޮށް.
20 ފެބުރުއަރީ 2019 - 07:24
ބޮލީވުޑްގެ ވަރަށް ގިނަ ތަރިން މިހާރު ކައިވެނި ކުރަމުން އަންނައިރު ކެޓްރީނާ ކައިފް އަދި ހުރީ ހުސްކޮށެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރަންބީރު ކަޕޫރާ ވަކިވުމަށް ފަހު، ކެޓްރީނާގެ ލޯބިވެރިޔަކު ނެތެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ، 35، ބުނީ މި އަހަރު އެންމެ އުންމީދުކުރާ އެއް ކަމަކީ ބައިވެރިއެއް ލިބުން ކަމަށެވެ.
"މި އަހަރު އަހަރެން ބޭނުން ޕްރޮޑިއުސަރަކަށް ވެސް ވާން. އަނެއް ކަމަކީ ލޯބިވެރިއެއް ވެސް އަހަރެންގެ ހަޔާތަށް މި އަހަރު އަންނަން ބޭނުންވޭ،" ޑިސެމްބަރު މަހު ރިލީޒް ކުރި ފްލޮޕް ފިލްމު "ޒީރޯ" ގެ ބަތަލާ ބުންޏެވެ. "މިހާރު ބޭނުމެއް ނޫން ހުސްކޮށް ހުންނާކަށް."
ކެޓްރީނާ ބުނި ގޮތުގައި ހިތްއެދޭ ކަހަލަ ބައިވެރިޔަކު ލިބިއްޖެ ނަމަ އޭނާ މިހާރު ހުރީ ކައިވެނި ކުރަން ތައްޔާރަށެވެ.
ރަންބީރާ ގުޅުމުގެ ކުރިން ކެޓްރީނާ ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަލްމާން ހާނާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވެސް ސަލްމާނާ އެކު ފެނިގެން ދާނެ ފިލްމެކެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށްފައިވާ "ބާރަތު" އެވެ.
ރަންބީރު ކަޕޫރް މިހާރު އުޅެނީ ބަތަލާ އާލިއާ ބަޓާ ހިތާވެގެންނެވެ. ބެލެވޭ ގޮތުން މި ދެ ތަރިން އަންނަ އަހަރު ކައިވެނި ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަައައިމީ ނޫޑުލްސް
20 February 2019
ތީނަގެ ބައިވެރިޔާ ހުރީ ރާއްޖޭގަ ކަމައްވުންވެސް އެކަށީގެން ވޭ.. އޯލް ދަ ބޮއިސް ކަމޯން ޔޫކޭން ޑޫ ދިސް.. ???
ލަބީދު
20 February 2019
ވައިފް އެހާ ހިތްހަމަ ނުޖެހޭ މިކަހަލަ ހަބަރު ކިޔަންޔާ، އޭނައަށް ހީވާ ކަހަލަ ކެޓް ސެޓް ކުރަން މަ އުޅެނީއޭ
ސަރުމާ
20 February 2019
އާލިޔާ ބަޓު ހާދަ ގޯހޭދޯ! ކެޓްރީނާއަކީ އޭނާގެ ބެސްޓީއޭ ކިޔާފަ އެންމެ ފަހުން އޭނާގެ އެކްސް ބޯއިފްރެންޑާ އެ ރައްޓެހިވީ! އަޅެ ކެޓްރީނާ ކިހާ ދެރައެއް ވާނެ! ކެޓްރީނާގެ ބަދަލުގަ ކަންގަނާ ހުރިނަމަ މިހާރު ދާ ކޮންމެ ތާކު އާލިޔާ ދިމާލައް އެއްޗެހި ކީސް! އަހަރެންގެ ބެސްޓު ފްރެންޑް އަހަންނަށް އެގޮތައް ހެދިނަމަ އަހަރެން ބެސްޓްފްރެންގެ މޫނުދެކިލަންވެސް ނަފްރަތު ކުރާނަން! ޔޫ ޑިސާވް ސަމްވަން ބެޓާ ކެޓް
ކެޓް
20 February 2019
އޯހް ސަރުމާ ވަރަށްރ ބޮޑަށް ސުކުރިއްޔާ ތިބުނިރ ހެޔޮބަހަށް. މެސެޖް ރައްދުވީމަ މިރ ރިޕްލައިކޮށްލީ
ލަބީގު
20 February 2019
މަ އެބަ ވިސްނަން.ހުސްވެލަން އެކަމަކު ވެސް ކެޓުރީނާ އަކައް ފުރުސަތެއް ނެތް..
އަހުންނޭ
20 February 2019
މަވެސް