22 މެއި 2019 - 08:32
އިންޑިއާގެ ޖޯދުޕޫރްގައި ހިމާޔަތްކޮށްފައިވާ ފުއްލާއެއް މީގެ 21 އަހަރު ކުރިން ޝިކާރަކުރި ކަމަށް ބުނެ ސަލްމާން ހާނާ އެކު ދައުވާ ލިބުނު ހަތަރު ތަރިއެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖޯދްޕޫރް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އެ ސްޓޭޓްގެ ސަރުކާރުން އިސްތިއުނާފު ކުރުމުން، އެ ތަރިންނަށް ޖޯދުޕޫރް ހައި ކޯޓުން އަނެއްކާ ވެސް ނޯޓިސް ފޮނުވައިފި އެވެ.
އެ ހަތަރު ތަރިންނަކީ ސައިފް އަލީ ހާނާއި ތައްބޫ އާއި މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ސޮނާލީ ބެންޑްރޭގެ އިތުރުން ކުރީގެ ބަތަލާ ނީލަމް ކޮތާރީ އެވެ.
އެ ތަރިންނަށް މި މައްސަލާގައި އެންމެ ފުރަތަމަ ނޯޓިސް ފޮނުވީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ. އެކަމަކު ބަތަލާ ނީލަމް ފިޔަވައި އަނެއް ތިން ތަރިންނަށް ނޯޓިސް ރައްދު ނުވާތީ އަލުން ނޯޓިސް ފޮނުވީ މިދިޔަ ހޯދަ ދުވަހު އެވެ.
މިކަމާ ބެހޭ ގޮތުން ޖޯދުޕޫރް ހައި ކޯޓްގެ ފަނޑިޔާރު މަނޯޖް ގަރްގް ވިދާޅުވީ އަލުން ނޯޓިސް ފޮނުވުމަށް ފަހު، އެއަށް ޖަވާބު ދޭން 8 ހަފުތާގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ސައިފާ އާއި ތައްބޫ އާއި ސޮނާލީގެ އިތުރުން ނީމަލްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖޯދުޕޫރް ކޯޓުން ހުކުމް ކުރީ، ޝިކާރަ ކުރި މައްސަލާގައި ސަލްމާންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވި އެޕްރީލް، 5، 2018 ގަ އެވެ. ކުށް ސާބިތު ނުވި ތަރިންގެ މައްސަލަ އަހެއްރާ ދުވަސް ފަހުން އިސްތިއުނާފުކުރީ އެ ނިންމުމާ ދޭތެރޭ ޖޯދުޕޫރުގެ ސަރުކާރުން ހިތްހަމަނުޖެހިގެންނެވެ. ސަލްމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ޖަލުގައި ބަންދު ކުރިތާ ދެ ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލީ އެޕްރީލް، 7، 2018 ގަ އެވެ.
Salman Khan aa eku dhauvaa kurin tharinge hukum isthiunaafah
The most trusted news source in the Maldives
Mihaaru
އިސްތިއުނާފުގެ ނޯޓިސް ފުރަތަމަ ފޮނުވީ މިދިޔަ މާޗް މަހުގެ 11 ގައި.
ސަލްމާނާއި އިތުރު ތަރިންތަކެއްގެ މައްޗަށް ދައުވާ އުފުލީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ 1999 ގެ ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް 1998 ގައި ޖޯދްޕޫރުގައި ނެގި އިރު ފުއްލާ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy