05 ޖޫން 2019 - 08:01
އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ދަ ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި، 36 އަހަރުގެ ބަތަލާ ބުނީ ސިޔާސީ ކަންކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށެވެ. އެކަމަކު ހެޔޮ ބަދަލަކާ ދޭތެރޭ ވިސްނާ އިރު، ބޮޑުވަޒީރުގެ މަގާމަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް ބުންޏެވެ.
"އަހަރެން އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވާދަކޮށްފައި ނިކް ޖޯނަސް [ފިރިމީހާ] އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމަކީ ބަދަލަށް ކުރެވިދާނެ ކަމެއް ކަމަށް ފެނޭ،" 2000 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީ ބުންޏެވެ. "އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ނޫނެކޭ ނުބުނާނަން."
I had the honor of meeting Madam President Sahle-Work Zewde, the first female president of Ethiopia. Her fierce commitment to the empowerment and advancement of women is unprecedented. https://t.co/oqbwtDpzLA@UNICEF @UNICEFEthiopia #AChildIsAChild #ForEveryChild pic.twitter.com/I4E3oJaStj
— PRIYANKA (@priyankachopra) May 22, 2019
އޭނާ ބުނި ގޮތުގައި މިހާތަނަށް ވެސް އިންސާނިއްޔަތަކަށްޓަކައި އަދި ދުނިޔެ މިހާރަށް ވުރެ ރަނގަޅު ތަނަކަށް ހަދަން ކުރާ މަސައްކަތުގައި ހިއްސާވާން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެކެވެ. ޕްރިޔަންކާ އަކީ ޔުނިސެފް އެމްބެސެޑަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަރިއެކެވެ.
Day time.. play time 💙 @nickjonas #Cannes2019 pic.twitter.com/qb2LjPyU00
— PRIYANKA (@priyankachopra) May 17, 2019
"ސިޔާސީ ކަންކަމާ ދުރުގައި މިހާތަނަށް ހުއްޓަސް، ހެޔޮ ބަދަލުތަކަށް ކުރެވޭ މަސައްކަތުގައި އަހަންނަށް ހިއްސާވެވޭކަން ގަބޫލު ކުރަން. އަދި އެއީ ވަރަށް އުފާވެ، ފަހަރުވެރި ވެސް ވާ ކަމެއް،" ކާމިޔާބު ބަތަލާ ބުންޏެވެ.
ޕްރިޔަންކާ ބުނި ގޮތުގައި ފިރިމީހާ ނިކް އަކީ ވެސް ރަނގަޅު ލީޑަރަކަށް ވާނެ އެވެ.
"އަހަރެންގެ އެންމެ ބޮޑު ހިތްވަރަކީ އެއީ. ކަންކަން ކުރަން އެންމެ ބޮޑަށް ހިތްވަރު ދޭ މީހަކީ ވެސް އެއީ. އަހަރެން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ އިހުތިޔާރު ނިކް އަބަދު ވެސް ދޭނެ،" އޭނާ ބުންޏެވެ. "އޭނައަކީ ވަރަށް ސްމާޓް އަދި ކަންކަމަށް ވަރަށް ބޮޑަށް ލޯހުޅުވިފައިވާ މީހެއް."
އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ޕްރިޔަންކާ ޝައުގުވެރިކަން ފާޅުކުރި އިރު، މިހާތަނަށް އެ ގައުމުގައި ބޮޑުވަޒީރުކަން ކުރީ އެންމެ އަންހެން ކަނބެލެކެވެ. އެއީ އިންދިރާ ގާންދީ އެވެ.
އެކަމާ ވަނީ ދެ ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 1966-1977 އަށް އަދި 1980-1984 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ބުއްދި
05 June 2019
ރަގަޅު ކަމެއް.. ލިބިވެސް ދާނެ ހަމަ..
ޝިމްލާ
05 June 2019
ކޮބާ މިގައުމުގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ސުނީތާ ބޮޑުވަޒީރުކަމަަށް ގެންނަން ކެމްޕޭނުފަށަންވީ ނޫންތޯ؟
ފޫހިވޭ
05 June 2019
ކޮންމެ ކަމެއްގެ ތެރެއަށް ރާއްޖެ ނުގެނެބަލަ!
ސެޓީ
05 June 2019
މި ޤައުމުގެ ކަންކަމާ އެ ޤައުމު ބެހެނީ ކީއްވ3؟