ޕްރިޔަންކާ ޗޯޕްޅާ.
16 ޖޫން 2019 - 07:35
މި މަހުގެ 5 ގައި ރިލީޒް ކުރި ފިލްމު "ބާރަތު" ގެ ޕްރޮމޯޝަންތަކުގައި ސަލްމާން ހާން ވަނީ އެކި ގޮތްގޮތަށް ޕްރިޔަންކާ ޗޯޕްޅާ އަށް ނިސްބަތްކޮށް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ. އޭނާ ހިތްހަމަނުޖެހިގެން އުޅެނީ އެ ފިލްމަށް ސޮއިކޮށްފައި، ކުއްލި ގޮތަކަށް ޕްރިޔަންކާ ފިލްމު ދޫކޮށްލުމުންނެވެ.
ބަދަލުގައި "ބާރަތު" ގެ ބަތަލާގެ ރޯލް ކުޅުނީ ސަލްމާން ބުނާ ގޮތުން މިހާރު ނެޝަނަލް އެވޯޑް ވެސް ހައްގުވާ ކެޓްރީނާ ކެއިފެވެ.
ސަލްމާން ދެއްކި އެއްވެސް ވާހަކައަކަށް މިހާތަނަކަށް ޕްރިޔަންކާ ރައްދެއް ނުދެ އެވެ. އެކަމަކު "ބާރަތު" ދޫކޮށްލާފައި އޭނާ ކުޅުނު ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތުގެ ނިމުން ފާހަގަ ކުރަން މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މުމްބާއީގައި ފިލްމުގެ ޓީމުން ބޭއްވި ޕާޓީއެއްގެ ތެރޭގައި ޕްރިޔަންކާ ވަނީ "ބާރަތު" އަކީ އެހާ އޮއްޓަރު ހުރި ވާހަކައެއް ނޫން ކަމަށް ދޭހަވާ ކަހަލަ ބަހުރުވައަކުން ވާހަކަ ދައްކައިފަ އެވެ.
އޭނާ އެ ވާހަކަ ދައްކާ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ދައުރުވެފައިވެ އެވެ.
އޭގައި ޕްރިޔަންކާ ބުނަނީ "ބާރަތު" ކަހަލަ ބޮލީވުޑްގެ ޓިޕިކަލް ކޮމާޝަލް "ޓެންޓް-ޕޯލް" އަދި "ޕޮޓްބޮއިލާ" ފިލްމެއް ދޫކޮށްލާފައި މައެއްގެ ރޯލް ކުޅެން ލިބުނު "ދަ ސްކައި އިޒް ޕިންކް" އަށް އެއްބަސްވުމުން ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލުކޮށްފައިވާ ކަމަށެވެ.
"ލަވަތަކާއި ނެށުން ވެސް ހިމެނޭ ފިލްމެއް ދޫކޮށްލާފައި މައެއްގެ ރޯލް ކުޅެން ނިންމީމަ ސުވާލު ކުރި މީހުންނަށް ދޭން އޮތް ޖަވާބަކީ ފިލްމަށް އެއްބަސްވި ސަބަބަކީ މީގެ ޑައިރެކްޓަރު [ޝޮނާލީ ބޯސް] އާއި އޭނާގެ ތަސައްވުރު ފިލްމާ ދޭތެރޭ އޮތްގޮތް އަހަންނަށް މާ ބޮޑަށް ވެސް ކަމުދިއުމޭ،" ބާރަތުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ 2014 ގެ "ގުންޑޭ" ކުޅުނު ބަތަލާ ބުންޏެވެ.
When the night sky turned all pink! Here's to the happy faces and a picture wrap! See you at the movies on 11th October! 🥳 @priyankachopra @FarOutAkhtar @ZairaWasimmm #RohitSaraf #ShonaliBose @RSVPMovies #SiddharthRoyKapur @RonnieScrewvala pic.twitter.com/Ng6Vk2NbZK
— Roy Kapur Films (@roykapurfilms) June 13, 2019
ޕްރިޔަންކާ ބުނީ ސްކްރީނުގައި މައެއްގެ ރޯލް ކުޅުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި އިސްކަން ދެނީ ކުޅެން ލިބޭ ކެރެކްޓާގެ މުހިއްމުކަމާއި ވަރުގަދަކަން ކަމަށް ބުންޏެވެ.
"ދަ ސްކައި އިޒް ޕިންކް" އަކީ އިންޑިިއާގެ ކުރީގެ ޒުވާން މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އެ ރޯލް ކުޅުނީ "ޑަންގަލް" އިން ވިދައިލި ޒުވާން ބަތަލާ ޒައިރާ ވަސީމެވެ. ޕްރިޔަންކާ އާއި ފަރުހާން އަހުތަރު ފިލްމުގައި ފެނިގެން ދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ރޯއި ފިލްމްސް އާއި ޕްރިޔަންކާ އަށް ނެޝަނަލް އެވޯޑް ލިބުނު 2008 ގެ ފިލްމު "ފެޝަން" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ކުންފުނި އާރްއެސްވީޕީ ގުޅިގެން ގެނެސްދޭ "ދަ ސްކައި އިޒް ޕިންކް" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 11 ގަ އެވެ.
އަދި މި ފިލްމަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު ޕްރިޔަންކާ ކުޅުނު ފުރަތަމަ ހިންދީ ފިލްމު ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
17 June 2019
މި ކޮމަންޓްސް ޕީސީ އާއި ސަލްލޭ ވ.ކިޔާކަމަށް ވަނީ..
އާމިރު ހާން
17 June 2019
ތިތަނުން ހަމައްމެ ރަނގަޅީ މަ.....މަށަކީ މީހުންގެ ކަންކަމާ ބެހޭ މީހެއްވެސް ނޫން...މީހުނައް އަނިޔާ ކުރާމީހެއްވެސްނޫން....މަގޭ ފިލްމުތައް މޮޅުވެސް ވާނެ ކުރޯޑުވެސް ހޯދާނެ...
ސަލްމާންގެ މަންމަ ސަލްމާ
17 June 2019
މި ސުނީތާ ތަ މި އުޅެނީ
އީމަން
16 June 2019
ރޯނުއެދުރު ވާހަކަ ނުދައްކަން އިލްތިމާޒް ކުރަމެވެ.
ޕީސީ ރޮކްސް
16 June 2019
ރަނގަޅު ޕްރިޔަންކާ! ސަލްމާނުވެސް އިރުކޮޅަކާ ޅަކުއްޖެއްހެން ޕްރިޔަންކާއަށް މަލާމަތް ކުރާއިރު ޕްރިޔަންކާވެސް ވަކި މަޑުން ހުންނަންވީ ކީއްވެ؟ ސަލްމާނުގެ ފިލްމުތައް ކުޅޭނެ ކަމެއް ނެތް! އޭނާގެ ފިލްމުތަކަކީ ތާކުން ތާކުން ނުޖެހޭ ހާދިސާތައް ހުންނަ ފިލްމުތަކެއް. އޭނާގެ ގާތައް އަންނަ ރުޅީގަ ގަމީސްވެސް ވީދައިގެން ގޮސްދާނެ އަދި ސަލްމާނުގެ އެކްޓިން އެހާ ފީކަޅާ ވާނެ!
ހަސަން ނުވަވަނަ
16 June 2019
މައްސަލައެއް ނެތްތާ އެއްމެ ގިނައިން ކްރޯޑް ލިބެނީ ސައްލޫގެ ފިލްމުތަކަށް ދޯ
ޕީސީ ރޮކްސް
16 June 2019
އަހަރެމެން ނުޖެހެ އޭނާގެ ފިލްމުތަކަށް ކޮންމެހެން އަހަރެމެންގެ ވަގުތު ބޭކާރު ކުރާކަށް
އީމަން
16 June 2019
ރޮކް ޕީސީ ފިލްމް ރޯނު އެދުރު
އަރްޕިތާ
16 June 2019
ސައްލޫ ބާއީއާ ޖެހިއްޖެ މީހަކު ބޮލީވުޑުގަ މާ ކުރިއަކަށް ނުދާނެ. ޝާޙުރުކަށްވެސް ޖެހުނީ އަމާންދީފަ ސައްލޫއާ ޕީސްވާން.