މުނިފޫހިފިލުވުން / ބޮލީވުޑް

ޕްރިޔަންކާ ޗޯޕްޅާގެ ދެމަފިރިން 20 މިލިއަން ޑޮލަރަށް އާ ގެއެއް ގަންނަނީ

ޕްރިޔަންކާ އާއި ނިކް.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ކައިވެނި ކުރުމުގެ ކުރިން އޭނާ އަށް ފިރިމީހާ ނިކް ޖޯނަސް މިދިޔަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސް އިން ގަނެދިން އަގުބޮޑު ލަގްޒަރީ ވިލާ ވިއްކާލައި، ދެ ތަރިން އާ ގެއެއް ގަތުމުގެ މަސައްކަތް ފަށައިފި އެވެ.

ޓީއެމްއެންޒީން ބުނި ގޮތުގައި ކެލިފޯނިއާގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދު ކަމަށްވާ ބެވަލީ ހިލްސް އިން ގަތް ފަސް ކޮޓަރީގެ ގެ ވިއްކާލާފައި ވަނީ އެ ގެ ގަތް އަގު ކަމަށްވާ 6.5 މިލިއަން ޑޮލަރަށެވެ.

އެ ނޫހުން ބުނި ގޮތުގައި ގެ ވިއްކައިލުމަށް ފަހު ޕްރިޔަންކާ އާއި ނިކް މި ފަހަރު ވެސް ގެއެއް ގަންނަން ނިންމާފައި ވަނީ ލޮސް އެންޖެލިސްއިންނެވެ. އަދި އެކަމަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ގަ އެވެ.

އިންޑިއާގެ ބަތަލާއިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ އަކީ ވަރަށް ޕޮޝް ދިރިއުޅުމެއް އުޅޭ ތަރިއެކެވެ. އަދި އޭނާއަކީ ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާއެކެވެ. ހޮލީވުޑާއި ބޮލީވުޑް ފިލްމުތައް ކުޅުމުގެ އިތުރަށް، ފިލްމު ޕްރޮޑިއުސްކޮށް އަދި އެ ނޫން ވެސް އެކި ކަހަލަ ވިޔަފާރިތަކަށް އޭނާ އިންވެސްޓްކޮށްފައިވެ އެވެ.

Priyanka Chopra ah Nick Jonas agu bodu ge eh ganedheefi

Priyanka Chopra ah Nick Jonas agu bodu ge eh ganedheefi

The most trusted news source in the Maldives

Mihaaru

ނިކް ޕްރިޔަންކާ އަށް ލަގްޒަރީ ވިލާއެއް ގަނެދިނީ މިދިޔަ އަހަރު.

ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒް ކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.

2 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުންއަސަރު

08 August 2019

އާޓިކަލް ކިޔާލައިފިން. މަމެންނަށް މިދުނިޔޭގަ ތިކަހަލަ އުފަލެއް ނެތް. އިރާދަކުރެއްވިއްޔާ އަދި ލިބޭނެ ދުވަހެއް އަންނާނެ.

The name is already taken The name is available. Register?

ކުނބު

09 August 2019

ތިޔޭ އެއްކަލަ، ތިސަކަރާތްވިއްޔޭ. މާތްﷲ އަންގަވަނީ ތިމާމީހާގެ މުޅި ހިތް އެކަލާނގެއަށްޓަކާ ބަހައްޓަން، އެފަދަ ހިތެއްގެ އަހުލުވެރިޔަކަށްވުން އެއީ އަޅުކަމުގެ ހިގީގީ މަގްސަދަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454