17 އޯގަސްޓް 2019 - 07:21
ސައިފް އަލީ ހާން ވަރަށް ތަފާތު ކެރެކްޓާއަކުން ފެންނަ ފިލްމު "ލާލު ކަޕްތާން" ރިލީޒްކުރާ ތާރީހަށް ބަދަލު ގެނެސް، ފިލްމު ޓީޒާއެއް ދައްކާލައިފި އެވެ.
މި ފިލްމަކީ ކުރިން އަންނަ މަހުގެ ހައެއްގައި ރިލީޒްކުރަން ތާވަލު ކުރި ފިލްމެކެވެ. އެކަމަކު އެ ތާރީހުގައި ނިތޭޝް ތިވާރީގެ "ޗިޗޯރް" އާ އެއް ދުވަހެއްގައި ރިލީޒް ނުކުރަން ފިލްމު ވަނީ އޮކްޓޯބަރު 11 އަށް ފަސްކޮށްފަ އެވެ.
"ލާލު ކަޕްތާން" އަކީ 2015 ވަނަ އަހަރު އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅުނު ފިލްމު "އެންއެޗް10" ގެ ޑައިރެކްޓަރު ނަވްދީޕް ސިންގް ހަދާފައިވާ ފިލްމެކެވެ.
Red has never looked better!
— AANAND L RAI (@aanandlrai) August 16, 2019
Happy Birthday #SaifAliKhan
Presenting #LaalKaptaan, 11th October ! Directed by Navdeep Singh @ErosNow | @nopisingh | @zyhssn | @deepakdobriyal | #ManavVij | @cypplOfficial @ErosIntlPlc pic.twitter.com/i7CkgYsMpm
އާނަންދު އެލް ރާއީގެ ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނާއި އިރޯސް ގުޅިގެން ގެނެސްދޭ ރިވެންޖް ޑްރާމާ "ލާލު ކަޕްތާން" ގެ އިތުރު ކާސްޓުންގެ ތެރޭގައި މާނަވް ވިޖް، ޒޯޔާ ހުސައިން، ދީޕަކް ދޮބްރިޔާލް އަދި ސޯރަބް ސަޗްދޭވާ ހިމެނެ އެވެ.
ޒީޓީވީން ކުރިން ގެނެސް ދިން ކާމިޔާބު ސިލްސިލާ "ޖަމާއީ ރާޖާ" ގެ ދެވަނަ ސީޒަން ވެބް ސީރީޒެއްގެ ގޮތުގައި "ޖަމާއީ 2.0" ގެ ނަމުގައި ހަދަމުން އަންނަ އިރު، އަންނަ މަހުގެ 10 ގައި އޭތި ސްޓްރީމް ކުރާ ގޮތަށް ނިންމައިފި އެވެ.
PRESENTING THE TEASER OF JAMAI2.0 .PLEASE SHOWER YOUR LOVE .This time Sid has a plan.
— Ravi Dubey (@_ravidubey) August 14, 2019
He will ensure everyone gets what they deserve.
atch the plan unfold on 10th September only on #ZEE5. #Jamai2Point0 #Jamai2 @Theniasharma @kaur_achint @ViniyardFilms @AshviniYardi @ZEE5Premium pic.twitter.com/KExwYhDTDK
ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން ސްޓްރީމް ކުރާ ވެބް ސީރީޒްގެ ޓީޒާ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މީގައި ވެސް ލީޑް ރޯލް ކުޅުނީ ސިލްސިލާގެ ދެ ތަރިންނެވެ. އެއީ ރަވީ ޑޫބޭ އާއި ނިއާ ޝަރުމާ އެވެ. މީގެ އިތުރުން "ޖަމާއީ ރާޖާ" އިން ފެނުނު ބައެއް ކާސްޓުން "ޖަމާއީ 2.0" އިން ވެސް ފެންނާނެ އެވެ.
އެކަމަކު ސިލްސިލާއާ ހިލާފަށް ވެބް ސީރީޒް ވަރަށް ބޮޑަށް ޒަމާނީވެފައި ސްޓައިލިޝް ވާނެ އެވެ. ޓީޒާ އިން އެކަން ދައްކުވައިދެ އެވެ.
ޝާހްރުކް ހާނާއި ކާޖޮލް އަދި ވަރުން ދަވަން އާއި ކްރިތީ ސެނަން ލީޑް ރޯލް ކުޅުނު 2015 ގެ ފިލްމު "ދިލްވާލޭ" ގެ ބޮޑު ބައެއް ބަލްގޭރިއާގައި ޝޫޓްކޮށް، އެކަމުން އެ ގައުމުގެ ޓޫރިޒަމް އިންޑިއާގެ މީހުންގެ މެދުގައި އިޝްތިހާރުވެފައިވާތީ ޑައިރެކްޓަރު ރޯހިތު ޝެޓީ އަށް ބަލްގޭރިއާ އިން ހާއްސަ ސެޓްފިކެޓެއް ދީފި އެވެ.
އެ ގައުމުގައި ހުންނަ އިންޑިއާ އެމްބަސީން ދިން ސެޓްފިކެޓް ރޯހިތާ ހަވާލު ކުރަން ބޭއްވި ހަފުލާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް އޭނާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. މި ވަގުތު ރޯހިތު އަންނަނީ ބަލްގޭރިއާގައި އޭނާ ހޯސްޓް ކުރާ ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން ވެސް ޝޫޓް ކުރަމުންނެވެ.
އިންޑިއާ އެމްބަސީއާ ހަވާލާދީ ރޯހިތު ބުނި ގޮތުގައި "ދިލްވާލޭ" އިން ފެނުނު ބަލްގޭރިއާ ރީތި މަންޒަރުތަކާ ހެދި މިދިޔަ އަހަރު އެ ގައުމަށް އިންޑިއާ އިން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވެސް 23 ޕަސެންޓަށް އިތުރުވެފައިވެ އެވެ. އަދި މިކަމުން އިންޑިއާގެ ސިނަމާގެ ބާރު ދައްކުވައިދޭ ކަމަށް ބުންޏެވެ.
ރަންބީރު ކަޕޫރާއި ވާނީ ކަޕޫރް ލީޑް ރޯލް ކުޅޭ ފިލްމު "ޝަމްޝޭރާ" ގެ މަންޒަރުތަކެއް އިންޑިއާގެ ލަޑަކްގައި ނަގަން ފަށައިފި އެވެ.
करम से डकैत,
— Yash Raj Films (@yrf) May 7, 2018
धरम से आज़ाद
Presenting #RanbirKapoor in a never seen before avatar in YRF's next action adventure #SHAMSHERA. Directed by @karanmalhotra21 | @ShamsheraMovie pic.twitter.com/5Dqg7GDOhQ
ފިލްމުގެ ޓީމް އެތަނަށް ދިޔައީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ. އެގޮތުން ލަޑަކްގައި ޓީމް 10 ދުވަހުގެ ޝޫޓިން ކުރިއަށް ގެންދާނެ އެވެ.
"ޝަމްޝޭރާ" އަކީ "އަގްނީޕަތު" އާއި "ބްރަދާޒް" ގެ ޑައިރެކްޓަރު ކަރަން މަލްއުތުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ޑައިރެކްޓްކޮށްދޭ އެކްޝަން-އެޑްވެންޗާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.
"ޝަމްޝޭރާ" ގައި ރަންވީރު ވަރަށް ތަފާތު ކެރެކްޓާތަކަކުން ފެނިގެންދާ އިރު، މިއީ އޭނާ ޑަބަލް ރޯލަކުން ވެސް ފެނިގެން ދާނެ ފިލްމެކެވެ. އެގޮތުން ރަންބީރުގެ ބައްޕަގެ ރޯލުން ވެސް ފިލްމުގައި ފެނިގެން ދާނީ އޭނަ އެވެ.
އަންނަ އަހަރުގެ ޖުލައި 30 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޝަމްޝޭރާ" ގެ ކާސްޓުންގެ ތެރޭގައި ރޯނިތު ރޯއި، އަޝުތޯޝް ރާނާ، ސޯރަބް ޝުކްލާ އަދި ޝަރަދު ސަކްސޭނާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy