10 ސެޕްޓެމްބަރ 2019 - 07:54
އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ވާހަކަ ކިޔައިދޭ ފިލްމު އަކްޝޭ ކުމާރު ކުޅޭކަން ކަށަވަރުކޮށް ދިނުމަށް ފަހު، ފިލްމު ޓީޒާއާ އެކު، އެ ފިލްމު އަންނަ އަހަރުގެ ދިވާލީގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޕްރިތުވީރާޖް" ރަސްމީކޮށް އިއުލާންކޮށްފައި މި ވަނީ ހޯމަ ދުވަހު ފާހަގަކުރި އަކްޝޭގެ 52 ވަނަ އުފަން ދުވަހާ ވެސް ގުޅުވައިގެންނެވެ. ފިލްމުގެ ޓީޒާއާ އެކު އޭނާ ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ވަރުގަދަ ރަސްކަލެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމަށް ވާނެ ކަމަށް ވެސް ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ބުންޏެވެ.
ޕްރިތުވީރާޖަކީ 1178-1192 އަށް އިންޑިއާގައި ރަސްކަން ކުރި ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ. އަދި އޭނާ ފާހަގަކުރެވިފައި ވަނީ ވަރަށް މޮޅު ހަނގުރާމަވެރިއެއްގެ ގޮތުގަ އެވެ.
Elated to share about my 1st historical film on my birthday!Humbled to have the opportunity to play a hero I look up to for his valor & values- Samrat Prithviraj Chauhan in one of my biggest films #Prithviraj.
— Akshay Kumar (@akshaykumar) September 9, 2019
Producer @yrf,director #DrChandraprakashDwivedi, releasing Diwali 2020 pic.twitter.com/Q2nD5KE3KR
"ޕްރިތުވީރާޖް" ޑައިރެކްޓްކުރަނީ ޑރ. ޗަންދުރަޕްރަކާޝް ދިވެދީ އެވެ. އޭނާއަކީ މިދިޔަ އަހަރު ސަނީ ޑިއޯލް އާއި ޓީވީ ބަތަލާ ސާކްޝީ ތަންވަރާ އެކު "މޮހައްލާ އައްސީ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ. ޗަންދުރަޕްރަކާޝް ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2014 ގެ "ޒެޑް ޕްލަސް" އާއި 2003 ގެ "ޕިންޖަރު" ހިމެނެ އެވެ.
ވައިއާރްއެފުން ބުނިގޮތުގައި "ޕްރިތުވީރާޖް" ވެގެން ދާނީ އެ ސްޓޫޑިއޯ އިން ގެނެސްދޭ ފުރަތަމަ ތާރީހީ ފިލްމަށެވެެ. އަދި މިއީ ވަރަށް ވެސް އުންމީދު ބޮޑު ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.
އަކްޝޭ ވައިއާރްއެފްގެ ފިލްމަކަށް ސޮއިކޮށްފައި މި ވަނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭނާ އެންމެ ފަހުން ކުޅުނު އެ ސްޓޫޑިއޯގެ ފިލްމަކީ 2008 ގެ "ތަޝަން" އެވެ. އަކްޝޭ ކުޅުނު ވައިއާރްއެފްގެ ފިލްމުތަކުގެ ތެރޭގައި 1994 ގެ "ޔޭ ދިއްލަގީ" އަދި 1997 ގެ "ދިލް ތޯ ޕާގަލް ހޭ" ހިމެނެ އެވެ.
"ޕްރިތުވީރާޖް" ގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. އަދި މި ފިލްމުގެ ބަތަލާއަކީ ވެސް ކާކު ކަމެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން 2017 ގެ މިސް ވޯލްޑް ތާޖް ހާސިލުކުރި މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުވާނީ އަކްޝޭއާ އެކު "ޕްރިތުވީރާޖް" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަތު
10 September 2019
ކަސްޓަމް ވަނީ ވަރައް ބޮޑައް ފޭލްވެފަ.ބައެއް މުއައްޒަފުން މުއްސަދިކަމުން އަތް ނުފޯރާ ފަށުގަ