ނަހުލާ އާއި ބިންމާ އިބްރާހިމް ވަހީދު.
01 އޮކްޓޯބަރ 2019 - 14:22
ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިން ކަމަށްވާ ބިންމާ އިބްރާހީމް ވަހީދާއި ފާތުމަތު ނަހުލާ ގުޅިގެން ވެބް ސީރީޒެއް ގެނެސްދޭން ނިންމައިފި އެވެ.
ނަހުލާ ބައިސްކޯފާ ގުޅިގެން ގެނެސްދިން ވެބް ސީރީޒްގެ "ހުވާ" އަށް ފަހު ބިންމާއާ ގުޅިގެން ވެސް ވެބް ސީރީޒް ހަދަނީ ބައިސްކޯފަށެވެ. "ދަޅަ" ގެ ނަމުގައި ހަދާ 56 އެޕިސޯޑްގެ ސީރީޒްގެ ސްކްރިޕްޓް ލިޔަން ބިންމާއާ އެކު މިހާރު ވަނީ އެއްވަސްވުމެއް ހަދައިފަ އެވެ.
ކިޔުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ވާހަކައެއް ލިޔެފައިވާ ބިންމާ އަކީ މީގެ ކުރިން ވެސް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދި ޑްރާމާ ސިލްސިލާއެއް ލިޔުނު މީހެކެވެ. އެއީ އަބްދުލް ފައްހާތް ޑައިރެކްޓްކުރި "ތިއޭ މި ހިތުގެ ވިންދަކީ" އެވެ. އަދި އޭނާގެ ބައެއް ވާހަކަތަކަށް ފިލްމު ވެސް ހަދާފައިވެ އެވެ. އޭގެ ތެރޭގައި "މަލިކާ"، "ޖިންނި"، "14 ވިލޭރޭ"، "ލަވް ސްޓޯރީ"، "ވެހޭ ވާރޭ ތެރެއިން" އަދި "ހިތް ހެޔޮކުރާތީ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ނަހުލާ ބުނި ގޮތުގައި "ދަޅަ" ވެގެން ދާނީ ހުރިހާ ރަހައެއް ހެޔޮވަރު ފުރިހަމަ އެއްޗަކަށެވެ. އަދި ވަކިން ހާއްސަކޮށް ބިންމާ ކަހަލަ ތަޖުރިބާކާރު މޮޅު އަދި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ލިޔުންތެރިޔަކާ އެކު ގެނެސްދޭ އެއްޗެއް މާ ފުރިހަމަވާނެ ކަމަށް ބުންޏެވެ.
މި ދެ މީހުން މީގެ ކުރިން ވެސް އެކީގައި ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 90 ގެ ތެރޭގައި ޓީވީއެމުން ގެނެސްދިން ޑްރާމާ ސިލްސިލާ "ކައްތިރި" އެވެ. އިޖިތުމާއި ވަރަށް ގިނަ މައްސަލަތަކަށް އަލިއަޅުވާލައިގެން ގެނެސްސިން އެ ސިލްސިލާގެ ވަރަށް ގިނަ އެޕިސޯޑްތައް ލިޔުނީ ނަހުލާ އާއި ބިންމާ އެވެ.
"ދަޅަ" ގެ މަސައްކަތްތަކަށް ތައްޔާރުވާން ފަށާފައިވާ އިރު، މި ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނަ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ނަހުލާ އާ ވެބް ސީރީޒެއް ގެނެސްދޭން ނިންމި އިރު، ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީއެއް ފަހު، އޭގެ ދެވަނަ ސީޒަނެއް އަންނަ އަހަރުގެ ފަހުކޮޅު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
އަންނަ އަހަރު "ސޮރީ" ކިޔާ ފިލްމެއް ވެސް ނަހުލާ ގެނެސްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރަ ކަކުނި
02 October 2019
ނަހޫ، ހެޔޮނުވާނެ ތި އައްޒަ ނުލާ މަސައްކަތް ކޮށްބަލަ، އޭނަގެ އެކްޓިންއެއް ނެތްކަން އެންމެ ރަނގަޅަށް އިނގޭނީ ހަމަ ނަހޫއަށް
ނޮޓް ބޭޑް
01 October 2019
ޓެކްނިކަލީ މާރަގަޅު ޑައިރެކްޓަރުންތަށް ވުޖޫދަށް އަންނާތީ ނަހުލާ ބޮޑްސްކިރީނުން އެކަހެރިވަނީތަ؟
ޫމަހީމާ
01 October 2019
ކުރިން ފަހަރު ބޮސް ކުޅެން ޔުނާން ފައިނަލް ކޮއްފަ ފިލްމު ޕްރޮމޯޓު ކުރަން އޮޑިސަނެއް ބޭއްވީ ދަޅަ ދައްކަން.މިފަހަރު ދަޅަ ދައްކާލަން ޗާންސެއް ލިބުނު ވަގުތު ނެއްތަ ދަޅަ ދައްކާލަން އޮޑިސަނެއް
ފާރިހް
01 October 2019
ނަހުލާ ގެންނަން ބުނި ކިސް،ސޮރީ ކޮބާތަ؟ފައްތާހު އޮއްބާލާފަ ފައްތާހުގެ ބައިސާތައް މިހާރު ތިކަނޑަނީ ނަހުލާ
ކަރަމް
01 October 2019
ކަރުން ހަން ދާވަރައް އަޑު ހަރުކޮއް މޮޅު މޮޅޭ ކިޔައިގެން މައްސޫރުކުރި ޔުނާން އަަށް ތި ސީރީޒުން ފުރުސަތެއް ނެއްތަ
ކުލްސުމް
01 October 2019
ނަހޫ ތީ ތަރިންނައް ފުރުސަތު ދިނުމުގަ ތަފާތު ނުކުރާ މީހެއްނަމަ ރިސްފާ އާއި އައްޒަ ގެ ބަދަލުގަ ނުުޒުހަތު އިރުފާނާ ކަހަލަ ހުނަރުވެރި ތަރިންނައް ލީޑު ރޯލު ދީބަލަ
ބަދޫރާ
01 October 2019
ބާ ތަރިންނައް ލީޑު ދީފަ އާ ތަރިންނައް ސައިޑު ރޯލުދީފަ ދެން މިކިޔަނީ ނަހޫގެ އުފެއްދުން ތަކުން ފުރުުސަތު ދެމޭ
ޖަލީލާ
01 October 2019
ދަޅާ ގަވެސް އުޅޭނީ ހުވާގަ އުޅޭ މީހުން.އެހެންވީމަ ހުވާ ސީޒަން2 އައުމުގެ ކުރިން ހުވާގެ އެކްސްޓުރާ ސީޒަން އެއް ބަލަން ލިބޭނެ.
ޖަމްބޯ
01 October 2019
ނަހުލާ މެން މާބޮޑަށް ހިންދީ ކަންތައްގަނޑު ކޮޕީ ކުރަނީ. މިހާރު އަމިއްލަ ވަންތަކަމެއް ނުހުރޭ. މުއުމިން ފޫއާދު، ރަވީ ފާރޫޖް، ޗިއްޕެ، މޮގަރ މެން ހަދާ ފިލްމުތައް ރަނގަޅު.
ތުއްތޫ
01 October 2019
އެކަމު ނަހްލާގެ ފިލްމްތަކާއި ޑްރާމާތަކަކީ އެއްމެގިނަ މީހުން ބަލާ އެއްޗެހި..ހުވާ ގެ ފަހު އެޕިސޯޑްވެސް ބައިސްކޯފް ޑައުން އަރުވާލާފައޮތީ..ނަހްލާ ފިލްމެއްވިއްޔާ ސިނަމާފުރާލާ އެތައް ޝޯވްއެއް ދައްކާ..
އިސްމާލްކަލޭފާނު
01 October 2019
ބިންމާ ތީ ފިސާރި ގޮލައެއް. ގުޑްލަކް ބިންމާ.