09 އޮކްޓޯބަރ 2019 - 06:18
އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމުގެ ރެކޯޑް އޮތް މާވެލްގެ "އެވެންޖާޒް: އެންޑްގޭމް" އިން އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ރޮބަޓް ޑައުނީ ޖޫނިއާ އަށް، އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީ އަށް ނޮމިނޭޓްކުރަން ގޮވާލައި ފޭނުންތަކެއް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އަށް ހުށަހަޅަން ސޮއިކުރާ ޕެޓިޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
I’m all for this but if Robert Downey Jr. if not listed for best actor then Imma start a riot https://t.co/YtrAy0cXGI
— Anthony Miranda (@TonyMiranda01) October 3, 2019
އެ ޕެޓިޝަނުގައި ބުނީ ރޮޓަޑް ޑައުނީ ޖޫނިއާ އަށް "އެންޑްގޭމް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވުން ހައްގުވާ ކަމަށާއި އެ ފިލްމުގައި އޭނާ ވަަރަށް ފުރިހަމަ އެކްޓިންއެއް ދައްކާފައިވާ ކަމަށެވެ.
އެ ރޯލަކީ މީގެ 10 އަހަރު ކުރިން ފެށިގެން ޑައުނީ ކުޅެމުން އަންނަ ޓޯނީ ސްޓާކް ނުވަތަ އަޔަން މޭންގެ ކެރެކްޓާ އެވެ.
"އަހަރެމެން ޑައުނީ އަށް ނޮމިނޭޝަނެއް ދޭން ގޮވާލަނީ އެކެޑެމީގެ މަސައްކަތްތަކަށް ނުފޫޒުފޯރުވުމުގެ ބޭނުމުގައެއް ނޫން. މި މަސައްކަތަކީ ޑައުނީ އަށް ހައްގުވާ މަގާމެއް ހޯދައިދޭން ކުރާ މަސައްކަތެއް. އޭނާ ވަނީ ފިލްމުގައި ވަރަށް ވެސް ފުރިހަމަ އެކްޓިންއެއް ދައްކުވައި ދީފައި،" ޕެޓިޝަނުގައި ބުންޏެވެ.
I’m all for this but if Robert Downey Jr. if not listed for best actor then Imma start a riot https://t.co/YtrAy0cXGI
— Anthony Miranda (@TonyMiranda01) October 3, 2019
"އެވެންޖާޒް: އެންޑްގޭމް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯއި ރުޒޯ ވެސް ބުނީ އަންނަ އަހަރުގެ އޮސްކާގައި ޑައުނީ އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓްވުމަކީ އެ މީހުން ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.
"އެއީ ހަގީގަތުގައި ވެސް އެތައް ބަޔަކު ގަޔާވި ކެރެކްޓާއެއް. އަހަރެމެން ދުވަހަކު ވެސް ނުދެކެން ގްލޯބަލް އޯޑިއަންސުން ވެސް ތަރިއަކު ދައްކުވައި ދިން ކެރެކްޓާއަކަށް ޑައުނީގެ އެންޑްގޭމްގެ ރޯލަށް ރިއެކްޓްކުރިހާ ވަރަށް ރިއެކްޓްކުރި ތަނެއް،" ރުޒޯ ދެބޭން ބުންޏެވެ.
މި އަހަރުގެ އެޕްރީލް މަހު ރިލީޒްކުރި "އެޖެންޖާޒް: އެންޑްގޭމް" އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ހޯދި އިރު، އެ ފިލްމަކީ "އެވެންޖާޒް" ގެ ހަތަރު ވަނަ ފިލްމު އަދި ފަހު ފިލްމެވެ.
މަޝްހޫރު އެތައް ތަރިންނެއް ސުޕަހީރޯ ކެރެކްޓާތަކުން ފެނިގެން ދިޔަ ފިލްމަށް އަންނަ އަހަރުގެ އޮސްކާގައި ނޮމިނޭޓްވާން ޖެހޭނެ ކަމަށް ބުނާ ކެޓަގަރީތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމޮޓޯގްރަފީ އަދި އެންމެ މޮޅު ވީއެފްއެކްސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކަރ
09 October 2019
އެންމެ މޮޅު އެކްޓަރ ގެންދާނީ ޖޯކަރ، ހަމަ ޔަޤީން.
ހައްވަތު
09 October 2019
ޔެސް. ވެރީ ވެލް ޑިޒާރވިންގް.
ކަރީމުއްދީން ބާޝާ
09 October 2019
މިހާރު މިކަންވެސް ކުރަންމިޖެހެނީ ޕެޓިޝަނުންތަ؟