16 ޖެނުއަރީ 2020 - 06:27
މިހާރު ސޮނީ ޓީވީން ދައްކާ އިންޑިއަން އައިޑޮލް ސީޒަން ފެށުނީއްސުރެ، އޭގެ ހޯސްޓް އަދި ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން އަންނަނީ، ޝޯގެ އަންހެން ޖަޖް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާ މައްލަވަކޮށް، އޭނާގެ ހިތް އަތުލެވޭތޯ މަސައްކަތްކުރަމުންނެވެ. މިކަހަލަ ކިތަންމެ ކަމެއް އައިޑޮލްގެ އެޕިސޯޑްތަކުން ބެލުންތެރިންނަށް ފެނިފައި ހުންނާނެ އެވެ.
އެކަމަކު މި ހަފުތާގެ އެޕިސޯޑްތައްވެގެން ދިޔައީ ވަރަށް ހާއްސަ އެޕިސޯޑްތަކަކަށެވެ. އެގޮތުން އަދިތިޔާގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނަރަޔަން އަންހެނުންނާއި އޭނާއާ އެކު ހިޓް އެތައް ލަވައެއް ކިޔާފައިވާ އަލްކާ ޔަގްނިކާ އެކު މެހުމާނެއްގެ ގޮތުގައި ޝޯގައި ބައިވެރި އިރު، ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ ނޭހާގެ މަންމަ އާއި ބައްޕަ ޝޯ އަށް ގޮސް ދަރިފުޅުގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.
Judge Neha Kakkar ke parents toh hai iss rishte ke liye raazi, par kya Neha bhi hogi taiyaar? Jaanne ke liye dekhiye #IndianIdol11 #AlkajiUditjiSpecial aaj raat 8 baje. #IndianIdol #EkDeshEkAwaaz. @iAmNehaKakkar @VishalDadlani #HimeshReshammiya #AdityaNarayan pic.twitter.com/s8cFmmxfB5
— Sony TV (@SonyTV) January 12, 2020
ނޭހާގެ މަންމަ ބުނި ގޮތުގައި އަދިތިޔާ އަކީ ނޭހާ ކައިވެނިކުރަން އާއިލާ ވަރަށް ރުހޭ ޒުވާނެކެވެ. އަދި އެކަން ކުރަން ބައްޕަ ވަކިން ބޮޑަށް ބޭނުންވާ ކަމަށާއި އެ ދެ މީހުންގެ ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ބުންޏެވެ. އަދި އެ ވާހަކަތަކަށް އުދިތު ވެސް ތާއީދުކޮށް، ދަރިފުޅުގެ ކައިވެންޏަށް ވަރަށް އިންތިޒާރު ކުރެވޭ ކަމަށާއި ނޭހާ އަކީ ވަރަށް ގަޔާވާ ކުއްޖެއް ކަމަށް ބުންޏެވެ.
Mummy Papa toh hai raazi, lekin kya banegi #Neha #TheNaryans ki bahurani? #IndianIdol #IndianIdol11 @iAmNehaKakkar @VishalDadlani #AlkaJiUditjiSpecial #AdityaNarayan pic.twitter.com/ZWzbeDxl3k
— Sony TV (@SonyTV) January 12, 2020
މި ވާހަކަތަކާ ގުޅިގެން ނޭހާ "ހައިރާންވެފައި" އިން އިރު، އަދިތިޔާ ގެންދިޔައީ މައިންބަފައިން ދެއްކި ވާހަތަކުން އުފާ ނަގަމުންނެވެ. ނޭހާ ވަނީ މިދިޔަ އަހަރުގެ އައިޑޮލްގެ ތެރޭގައި އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ހިމާންޝް ކޯލީއާ ވަކިވި ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. އެކަން ހިއްސާކުރީ ދެ މީހުން ހިތާވެގެން އުޅޭކަން އައިޑޮލްގެ އެޕިސޯޑެއްގައި އެކީގައި ބައިވެރި، ރަސްމީކޮށް އިއުލާންކުރިތާ ވެސް މާ ގިނަ ދުވަހެއް ނުވަނީހެވެ. އެ ގުޅުން ނިމުމަކަށް އައި އިރި، ނޭހާ އަށް ލިބުނު ހިތްދަތިކަމާ ހުރެ ޑިޕްރެޝަންގެ ވޭނު ވެސް ތަހައްމަލުކުރަން ޖެހުމެވެ.
Kya aapko lagta hain ki aaj lekar jayenge #TheNarayans @iAmNehaKakkar ko apni bahu banake? RT and tell us! #IndianIdol #IndianIdol11 @iAmNehaKakkar @VishalDadlani #AlkaJiUditjiSpecial #AdityaNarayan pic.twitter.com/OZruxDDLsb
— Sony TV (@SonyTV) January 12, 2020
ކޮންމެއަކަސް އަދިތިޔާ އާއި ނޭހާގެ ކައިވެނީގެ ވާހަކަ އައިޑޮލްގެ ތެރޭގައި ދައްކާލައިފައި ހުއްޓައިލިކީ ވެސް ނޫނެވެ. ކައިވެނިކުރާނެ ކަމަށް ބުނާ ތާރީހު ވެސް ސޮނީން ވަނީ ދައްކާލައިފަ އެވެ. އެ ތާރީހަކީ އަންނަ މަހުގެ 14 އެވެ. މިއާ އެކު ނޭހާއާ އެކު ޝޯގެ ޖަޖުންގެ ގޮތުގައި ތިބޭ ވިޝާލް ދަދުލާނީ އާއި ހިމޭޝް ރޭޝަމިއާ ވެސް ވަނީ ކައިވެންޏަށް ތައްޔާރުވާން އެ މީހުން ވެސް ރެޑީގައި ތިބި ކަމަށް ބުނެ މަޖާ ނަގައިފަ އެވެ. އަދި ހިމޭޝް ވަނީ ކައިވެނި ހަފުލާގެ ކުރިން ބާއްވާ ހީނާފަތް އެޅުމުގެ ހަފުލާ އަންނަ މަހު 1 ގައި ބާއްވަން ކިހިނެއްވާނެތޯ ވެސް އަހައިފަ އެވެ.
މިކަމާ ގުޅިގެން ފޭނުން ހަގީގަތުގައި މިހާރު ތިބީ ނޭހާ އާއި އަދިތިޔާގެ މައިންބަފައިން ދެއްކި ވާހަކަތަކާ ހެދި، އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ އަކީ ހަމަ ސީރިއަސް ވާހަކައެއްތޯ ބަލަން ބޭނުންވެފަ އެވެ.
އންޑިއާގެ ޓީވީ ޝޯތަކުގައި މިކަހަލަ ސަކަރާތްތައް ޖެހުމަކީ އާ ކަމަކަށް ނުވާތީ ފަހަރުގައި އަދިތިޔާ، 32، އާއި ނޭހާ، 31، ގެ ގުޅުމުގެ ވާހަކަ އަކީ ވެސް ސަކަރާތަކަށް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލޭ12
17 January 2020
އަލޭމެން އަދި ތިޔާ ކޮންތާކަށް ގޮއްސަ؟
ހަހަހަ
16 January 2020
އަދިތިޔާ ކައިވެނި ކުރަނީ؟