17 ޖެނުއަރީ 2020 - 09:35
ކަލާޒް އިން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުގައި އަނެއްކާ ވެސް ދެ ބައިވެރިއެއްގެ ބޮޑެތި ކޯޅުންތަކެއްގައި މާރާމާރީ ހިންގައިފި އެވެ.
ވައިލްޑްކާޑްގެ ދަށުން ފުރުސަތު ލިބުނު ކުރީގެ ދެ ލޯބިވެރިން ކަމަށްވާ އެކްޓަރު ވިޝާލް އަދިތިޔާ ސިންގް އާއި ބަތަލާ މަދުރިމާ ތުލީގެ މެދުގައި ހުތުރު ގޮތްގޮތަށް ކުރިމަތިލުން ހިންގައި، ބިގް ބޮސް އާއި ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް އެތައް ފަހަރަކު އެ ދެ މީހުންނަށް އިންޒާރު ދީފައި ވަނިކޮށް، ބުދަ ދުވަހުގެ ރޭ ދެއްކި އެޕިސޯޑުން އަނެއްކާ ވެސް ވަނީ އެ ވިޝާލާއި މަދުރިމާގެ ފަރާތުން ހުތުރު އަމަލުތަކެއް ފެނިފަ އެވެ.
މިކަން ފެށުނީ ޒުވާބުނގަޑެއް ހޫނުވެ، މަދުރިމާ، ވިޝާލާ ދިމާއަށް "ބެހެންޖީ" އޭ ގޮވައި، ރަޖާއެއް އަޅައިގެން ސޯފާއެއްގައި ރަޝްމީ ދެސާއީއާ އެކު އޮށޯވެގެގެން އޮއްވައި، ވިޝާލް ރުޅި ކޮންޓްރޯލުން ނައްޓައި އަތުގައި އޮތް ފުންފުޅި މަދުރިމާގެ ގަޔަށް އޮއްސައިލުމާ އެކީގަ އެވެ. އޭގެ ފަހުން ދެ މީހުން އެކަކު އަނެކަކު ގަޔަށް ފެން ޖަހައި މަދުރިމާ އެންމެ ފަހުން ވަނީ ތެއްޔަކުން ވިޝާލަށް ހަމަލާ ދީފަ އެވެ.
Gusse mein aa kar #MadhurimaTuli kar rahi hai @vishalsingh713 par frying pan se vaar! @Vivo_India @BeingSalmanKhan #BiggBoss13 #BB13 pic.twitter.com/k7MHgI6kwj
— COLORS (@ColorsTV) January 15, 2020
އެހެން ބައިވެރިންތަކެއްގެ ހާޒިރުގައި ހިނގި މި ހާދިސާގައި ވިޝާލް ޑިސްޕެންސަރުން ފުޅި އަށް ފެން އަޅަން ގުދުވެގެން އޮއްވައި މަދުރިމާ ވަނީ ބަދިގޭގެ ކަބަޑުމަތީގައި ހުރި ތަވައެއް ނަގައި، ވިޝާލްގެ ފޫކޮޅުގައި އެއިން އެތައް ފަހަރަކު ޖަހައިފަ އެވެ. މިކަން އެންމެ ފަހުން ހުއްޓުވީ އެހެން ބައިވެރިންނެވެ. އަދި އޭގެ ފަހުން ވެސް ޒުވާބުގަނޑު ހޫނުވެ، ތެއްޔަކުން ވިޝާލަށް ހަމަލާދޭން މަދުރިމާ މަސައްކަތްކުރި އެވެ. އެ ފަހަރު ވެސް އެކަން ހުއްޓުވީ ގޭގެ އެހެން ބައިވެރިންތަކެކެވެ.
#BiggBoss ke mana karne ke baad bhi @vishalsingh713 ne #MadhurimaTuli par ek bottle bhar ke paani phenka! @Vivo_India @BeingSalmanKhan #BiggBoss13 #BB13 pic.twitter.com/S4y4m1Adz6
— COLORS (@ColorsTV) January 15, 2020
މަދުރިމާ ދިން ހަމަލާއާ ގުޅިގެން ވިޝާލަށް ރަނގަޅަކަށް ނުވެސް ހިނގެ އެވެ. ބުދަ ދުވަހުގެ ރޭގެ އެޕިސޯޑްގައި އޭނާ ފެނުނީ ކޮރެއް ޖަހަމުން ހިނގާ ތަނެވެ.
#MadhurimaTuli ne @vishalsingh713 ko behenji kaha aur gusse mein Vishal unn par paani phenk rahe hai! @Vivo_India @BeingSalmanKhan #BiggBoss13 #BB13 pic.twitter.com/t7OekmYrR8
— COLORS (@ColorsTV) January 15, 2020
މި ހޫނުގަނޑާ އެކު ބިގް ބޮސް ވަނީ މަދުރިމާ އާއި ވިޝާލްގެ ފަރާތުން ތަކުރާރުކޮށް މިފަދަ ކަންކަން ފެންނަމުންދާކަން ފާހަގަކޮށް އެ ދެ މީހުން ވަކިވަކި ޖަލު ގޮޅިތަކެއްގައި ބަންދުކޮށް، އަދަބުދޭން ނިންމިކަމަށް ވެސް ބުނެފަ އެވެ. އަދި މަދުރިމާ ގެއިން ނެރެން ކުރިއަށް ދެ ހަފުތާ އަށް ނޮމިނޭޓް ވެސް ކުރި އެވެ.
#ViRima ka jhagda ab ek level aur serious ho chuka hai! @vishalsingh713 aur #MadhurimaTuli ki iss harkat par kya dand denge #BiggBoss?
— COLORS (@ColorsTV) January 14, 2020
Dekhiye aaj raat 10:30 baje.
Anytime on @justvoot.@Vivo_India @AmlaDaburIndia @bharatpeindia #BiggBoss13 #BiggBoss #BB13 #SalmanKhan pic.twitter.com/sj3ZBrb2lK
ނަމަވެސް ވިޝާލް ވަނީ އަދަބު ބަލައި ނުނަގެ، އޭނާ ގެއިން ނެރެދިނުމަށް އެތައް ފަހަރަކު އެދިފަ އެވެ. އަދި އެއީ ފަހުގެ ނިންމުންތޯ ތަކުރާރުކޮށް ބިގް ބޮސް އަހަމުން ދިޔަ އިރު، ޝޯގެ މި ހިސާބަށް ދަތުރުކޮށްފައި ވިޝާލް ޝޯ ދޫކޮށްނުލަން ރަޝްމީ އާއި އާސިމް ރިއާޒް ފެންކަޅިވެ ކުރި އާދޭސްތަކާ އެކު، ވިޝާލް އެންމެ ފަހުން ވަނީ ގެއިން ދާން ނިންމި ނިންމުން ބަދަލުކޮށް، ޖަލު ގޮޅީގެ އަބަދު ލިބިގެންފަ އެވެ. ހަފުތާ ބަންދާ ހަމައަށް ވިޝާލާއި މަދުރިމާ ތިބެން ޖެހޭނީ ގޮޅިތަކުގަ އެވެ.
Mazaak mazaak mein phir #ViRima kar rahe hai ek doosre ko insult! @Vivo_India @BeingSalmanKhan #BiggBoss13 #BB13 pic.twitter.com/LVogMoScVO
— COLORS (@ColorsTV) January 15, 2020
މި ދެ މީހުންގެ ކޯޅުންތައް ހައްދުން ނެއްޓި، ގަޔަށްބޮލަށް އަރައި އަވަގުރާނަ ގޮވުން ބިގް ބޮސްގެ ގެއިން މި ފަހަރު ފެންނަ އާންމު މަންޒަރަކަށްށްވެފައިވާ އިރު، މަދުރިމާ ވަނީ އެތައް ފަހަރެއްގެ މަތިން ވިޝާލަށް ވަރަށް ހުތުރުކޮށް ބަވައިފަ އެވެ. އަދި ކުރިން ވެސް އަރައިގެން އިން ފައިވާން އަތެއް ނަގައި ވިޝާލްގެ ގައިގައި އޭނާ ތަޅާފައިވެ އެވެ.
.@VishalSingh713 aur #MadhurimaTuli ke beech fir hui ann bann, par kya iss baar #BiggBoss nahi karenge inhe maaf?
— COLORS (@ColorsTV) January 15, 2020
Dekhiye yeh drama aur fight, tonight at 10.30 PM!
Anytime on @justvoot.@Vivo_India @BeingSalmanKhan #BiggBoss13 #BB13 #SalmanKhan pic.twitter.com/iSybCotOEh
ބުދަ ދުވަހުގެ ރޭގެ މަދުރިމާ ވިޝާލަށް ގޮވި އެއްޗެހީގެ ތެރޭގައި އޭނާ އަކީ ފިރިހެނެއް ނޫން ކަމަށް ތަކުރާރުކޮށް ގޮވައި، މިހާތަނަށް ވިޝާލަށް ދިރިއުޅުމުގައި ހާސިލުކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ. އަދި ވި ކަމެއް ވިއްޔާ ވެފައި އޮތީ މަދުރިމާގެ އެހީގައި ކަމަށާއި ވިޝާލަކީ އެއްވެސް ތާކުންތާކު ޖެހޭ މީހެއް ނޫން ކަމަށް ބުންޏެވެ.
އުމުރުން 31 އަހަރުގެ ވިޝާލަކީ ޓީވީ ސިލްސިލާތަކުން ބެލުންތެރިންގެ ސަމާލުކަން ހޯދި އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސްގެ "ކުލްފީ ކުމާރު ބަޖެވާލާ" އެވެ. މަދުރިމާ، 34، އަކީ ސިލްސިލަތަކާއި ފިލްމުތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާ އެކު 2015 ގައި ކުޅުނު "ބޭބީ" އާއި 2017 ގައި ނެރުނު އެ ފިލްމުގެ ދެވަނަ ބައި "ނާމް ޝަބާނާ" ހިމެނެ އެވެ.
ވިޝާލާއި މަދުރިމާ އަށް "ބިގް ބޮސް 13" އިން ފުރުސަތު ލިބުނީ ދެ މީހުން ޖޯޑެއްގެ ގޮތުގައި ވާދަކުރި ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ 9" ގެ ތެރޭގައި ވެސް އެތައް ކޯޅުންގަނޑެއް ހިންގިތާ ދުވަސްކޮޅެއް ފަހުންނެވެ.
މަދުރިމާ އަށް ވުރެ ކުރިން ބިގް ބޮސް އިން ފުރުސަތު ލިބުނީ ވިޝާލަށެވެ.
މަދުރިމާ އަށް ފުރުސަަތު ލިބުނީ ވިޝާލް ގެއަށް ވަންތާ ދެ ހަފުތާއެއްހާ ދުވަސްފަހުންނެވެ. އަދި މަދުރިމާ އަށް ފުރުސަތު ދިނުމުން ވިޝާލް ވަނީ ހިތްހަމަނުޖެހުން ވެސް އެތައް ފަހަރަކު ފާޅުކޮށްފަ އެވެ.
ކޮންމެއަކަސް ވިޝާލާއި މަދުރިމާގެ ފަރާތުން ފެނުނު ކަންކަމާ ގުޅިގެން ސަލްމާނާ އެކު އަންނަ ހަފުތާގައި ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ވެގެން ދާނީ ވަރަށް ހޫނު އެޕިސޯޑްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއެއްޗިހި
19 January 2020
ދޭން މި އެއްޗިހިން ބަލާފަ ވަރަށް ރީއްޗަށް އުޅެން ފަށާނެ މި ޒުވާން ކުދިން ކޮޅު
ނަސަންދުރާ
17 January 2020
ޢަހަރުމެނައް ކޮންބަލާއެއް
ސުމޯލު
17 January 2020
ދުނިޔެމަތީގައި ކުރާނެ ކަމެއް ނޭންގިގެން އުޅޭ ބައެއް.